Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އާ ބޯޓާއެކު ޗައިނާއިން އަހަރަކު 40,000 ފަތުރުވެރިން ގެންނަން އަމާޒު ހިފައިފި

އާ ބޯޓާއެކު ޗައިނާއިން އަހަރަކު 40,000 ފަތުރުވެރިން ގެންނަން އަމާޒު ހިފައިފި

އައިޝަތު ރުވާ ރިފްޢަތު
575 ދުވަސް ކުރިން - 15 ޖެނުއަރީ 2025 14:12
ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނައުން. / ފޮޓޯ: ޚުލާސާ
ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނައުން. / ފޮޓޯ: ޚުލާސާ
ޚުލާސާ

ކޮންމެ ޤައުމެއްގެވެސް ޤައުމީ އެއަރލައިން ވަރުގަދަވެގެން ދިއުމަކީ އެ ޤައުމަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ވަޒީރު ވިދާޅުވި.

ޤައުމީ އެއަރލައިން، މޯލްޑިވިއަން އިން އަލަށް ގެނައި ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތަކާއެކު ޗައިނާއިން އަހަރަކު 40،000 ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް އަމާޒު ހިފައިފިއެވެ.

މޯލްޑިވިއަންގެ ޚިދުމަތަށް ފުރަތަމަ ފަހަރަށް ގެނައި ވައިޑް-ބޮޑީ މަތިންދާ ބޯޓަކީ 264 މީހުންގެ ޖާގައިގެ އެއަރބަސް އޭ330ގެ 200 ވޭރިއަންޓްގެ މަތިންދާބޯޓެކެވެ. މި ބޯޓު ރާއްޖެ ގެނެސްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

ދައުލަތުގެ މީޑިއާ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު ފައިޞަލް ވިދާޅުވީ، މޯލްޑިވިއަންގެ ޚިދުމަތައް ވައިޑް-ބޮޑީ މަތިންދާބޯޓު ގެނައުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ކޮންމެ ޤައުމެއްގެވެސް ޤައުމީ އެއަރލައިން ވަރުގަދަވެގެން ދިއުމަކީ އެ ޤައުމަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Advertisement

Advertisement 1

މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ފުރަތަމަ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21ވަނަ ދުވަހު ޗައިނާގެ ޗެންޑޫއަށެވެ. ވަޒީރު ވިދާޅުވީ، މި ދަތުރުތަކާއެކު ޗައިނާއިން އަހަރެއްގެ މައްޗަށް 40،000 ފަތުރުވެރިން ރާއްޖެ ގެނެވޭނެކަމަށް ލަފާކުރެވޭކަމަށެވެ.

"މިހާރު މި ގެނެވުނު އެއަރކްރާފްޓްއިން 40،000 ފަތުރުވެރިން ޗައިނާއިން ގެނެވޭނެ. އެއީ ވަރަށް ބޮޑު ކުރިއެރުމެއް. މި ރިސްކު ނެގުން އެއީ މީގެ ކާމިޔާބީއަކީ." ވަޒީރު ވިދާޅުވިއެވެ.

މޯލްޑިވިއަނުން ވައިޑް ބޮޑީގެ ދަތުރުތައް ޗައިނާގެ ތިން ސިޓީއަކަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ބެއިޖިންގ، ޝެންހާއީ އަދި ޗެންޑޫއެވެ. މި ބޯޓުގައި ތިން ކެޓަގަރީގެ ފަސިންޖަރުންނަށް ޚިދުމަތްދެވޭނެއެވެ. އެއީ އިކޮނޮމީ ކްލާސް، ބިޒްނަސް ކްލާސްގެ އިތުރުން ޕްރިމިއަމް ކްލާސްއެވެ.

ޗައިނާއަކީ މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އައި ޤައުމެވެ. މިދިޔަ އަހަރު ޗައިނާއިން ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.        

ފައިސަލް އިބްރާހިމް (ކުރީގެ މިނިސްޓަރ)ޗައިނާމޯލްޑިވިއަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމް.އެން.ޔޫ. އިން ހިލޭ ޗައިނާ ބަސް ދަސްކޮށްދެނީ

އެމް.އެން.ޔޫ. އިން ހިލޭ ޗައިނާ ބަސް ދަސްކޮށްދެނީ

14 ދުވަސް ކުރިން - 09:44

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

27 ދުވަސް ކުރިން - 16:01

މޯލްޑިވިއަންގެ ފްލީޓް އައުކުރުމުގެ މަޝްރޫޢުގެ ދަށުން، ގިނަ ދުވަސްވީ "ޑޭޝް-8" މަތިންދާބޯޓަކަށް އަލްވަދާޢު ކިޔައިފި

ގިނަ ދުވަސްވީ "ޑޭޝް-8" މަތިންދާބޯޓަކަށް މޯލްޑިވިއަނުން އަލްވަދާޢު ކިޔައިފި

28 ދުވަސް ކުރިން - 00:07

ތޫފާން ބާވީ ޗައިނާއަށް އަރައި، 1.7 މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

ޗައިނާއަށް ތޫފާނެއް އަރައި، މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

33 ދުވަސް ކުރިން - 23:28

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

42 ދުވަސް ކުރިން - 21:31

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން  ހައި ޓެކް ޑްރޯނެއް ދައްކާލައިފި

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން ޑްރޯނެއް ދައްކާލައިފި

70 ދުވަސް ކުރިން - 23:06