ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިޞަލް މަޤާމުން ވަކިކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު | 312 ދުވަސް ކުރިން - 28 ޖެނުއަރީ 2025 09:54
ޚުލާސާ

ރައީސް ވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް ވަގުތީގޮތުން ހިންގެވުމުގެ މަސްއޫލިއްޔަތު މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދާއި ހަވާލުކުރައްވާފައި.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިޞަލް، އެ މަގާމުން ވަކިކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެމަނިކުފާނު ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް ވަގުތީގޮތުން ހިންގެވުމުގެ މަސްއޫލިއްޔަތު މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދާއި ހަވާލުކުރައްވާފައިވާ ކަމަށެވެ.

އިބްރާހީމް ފައިޞަލް މަގާމުން ވަކިކުރެއްވި ސަބަބެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ޓޫރިޒަމް މިނިސްޓަރަކަށް ފައިސަލް އައްޔަން ކުރެއްވީ، ރައީސް މުޢިއްޒު ވެރިކަމުގެ ހުވައި ކުރެއްވުމަށްފަހު 17 ނޮވެންބަރު 2023 ގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%