ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތަޢާރަފުކުރުމަށް ސަރުކާރުން މަސައްކަތް ފަށައިފި. މިނިސްޓަރ އޮފް އެކެނޮމިކް ޑެވެލޮޕްމެންޓްގެ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ޕޭޕަލްއަށް ރާއްޖޭގެ ފުލް ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ދާދި ފަހުންކަމަށް، މި މަސައްކަތުގެ މަޤްޞަދަކީ ރާއްޖޭގެ ޑިޖިޓަލް އީ-ކޮމާސް ވިޔަފާރީގައި ހުރި ގޮންޖެހުންތައް ކުޑަކުރުމާއި ޒުވާނުންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުން.
785 ދުވަސް ކުރިން - 23:51
އެމްއެމްއޭ އިން ބުނީ މާލީ ނިޒާމަށް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ ކަމާގުޅުންހުރި ވުޒާރާތަކާއި މާލީ ހުރިހާ އިދާރާތައް އެކުވެގެން ކުރާ މަސައްކަތުން އެދެވޭ ނަތީޖާއަކަށް ވާސިލްވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް.
788 ދުވަސް ކުރިން - 15:53
ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ ރިސޯޓު ތަރައްޤީކުރުމަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ކުރެވުނު ޢިއުލާނުގެ ދަށުން ޝާއިޢުކުރެވިފައިވާ ރަށްރަށާއި ފަޅުތަކުގެ ލިސްޓުން ތިން ތަނެއް އުނިކޮށްފައިވާ ކަމަށާއި، އެ ލިސްޓަށް ރ. ޅާނބުގަލި އިތުރުކޮށްފައިވާ ކަމަށް.
788 ދުވަސް ކުރިން - 15:21
މި ބަދަލަށް ޢަމަލުކުރަން ފަށާފައިވަނީ 25 އޯގަސްޓް 2023 އިން ފެށިގެން. މީގެ ސަބަބުން ފެނަކައިގެ އެންމެ ބޮޑު ވިޔަފާރީގެ ޚަރަދު ކަމުގައިވާ ތެލުގެ ޚަރަދު ކުޑަކުރުމަށް މަގުފަހިވެގެންދާނެ
789 ދުވަސް ކުރިން - 18:50
މިއަހަރު މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފި. އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ ޗައިނާއިން. ސަރުކާރުގެ އަމާޒަކީ މި އަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުން.
789 ދުވަސް ކުރިން - 13:33
މި މަޝްރޫޢުގެ ދަށުން 150 މެގަވޮޓްގެ ކަރަންޓް އުފެއްދުމުގެ ގާބިލްކަން ލިބިގެންވާ ފްލޯޓިން ސޯލާ ޕެނަލް ހަރުކޮށް ލީ އޯން ބެޓެރި ސިސްޓަމަކާއި އެނާޖީ މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި. މި މަޝްރޫޢަށް ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވޭ.
789 ދުވަސް ކުރިން - 11:02
މަޓާޓޯއިން ބުނީ މާލީ ސިޔާސަތުތުތަކަށް އިސްލާހު ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އިސްލާހީ ފިޔަވަޅުތައް އެޅުމުގައި އެ ޖަމިއްޔާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް. އަދި ރާއްޖޭގެ މާލީ ޙާލަތު ރަނގަޅުކުރުމަށް ރައީސް އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކަށް ފުރިހަމައަށް ތާޢީދުކުރާނެ ކަމަށް އެ ޖަމިއްޔާއިން ބުނި.
789 ދުވަސް ކުރިން - 10:47
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ޑެއިލީ އަޕްޓޭޑްސް ރިޕޯޓުގައިވާގޮތުން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އިޓަލީން 100082 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައި. އިޓަލީއަކީ މިހާރު 4 ވަނައަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމު.
789 ދުވަސް ކުރިން - 10:23
އަންނަ މަހު 21 ގައި މި ޖަލްސާ ބޭއްވުމަށް ނިންމާފައިވާއިރު، މި ޖަލްސާގައި ބޭންކުން ހުސްވެފައިވާ ޑިރެކްޓަރުންގެ މަޤާމަށް ބޭފުޅުން އައްޔަންކުރާނެ ކަމަށް ބީއެމްއެލް އިން ބުނި. މި ޖަލްސާގައި ބައިވެރިވެވޭނީ 10 ސެޕްޓެމްބަރު 2024 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ބޭންކުގެ ޙިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ޙިއްސާދާރުންނަށް.
789 ދުވަސް ކުރިން - 09:43
އެސްޓީއޯއިން ފެނަކަ ހިންގުމާ ހަވާލުވުމަކީ، ދަތިތަކާ ކުރިމަތިލަމުންދާ މި ސަރުކާރު ކުންފުނި އިތުރަށް ހަރުދަނާވެ، ފައިދާ ލިބޭ ވިޔަފާރިއަކަށް ބަދަލުވެގެން ދިއުމުގެ ފުރުސަތެއް. އެސްޓީއޯގެ ވަރުގަދަ ހިންގުންތެރިކަމާއި ތަޖުރިބާގެ ސަބަބުން، ފެނަކައަށް މާލީ ގޮންޖެހުންތަކުން އަރައިގަނެ، ޚަރަދުތައް ކުޑަކޮށް، އަދި އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުމުގެ ފުރުސަތު ލިބިގެންދާނެ.
790 ދުވަސް ކުރިން - 23:17
ސޯޓުތައް ފަދަ ތަންތަނުން ދިވެހި ބޭންކަށް ޑޮލަރު ނުލާތީ ޑޮލަރު ރޯލްވުން އިންތިހާއަށް މަދު, ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން މިހާރު އަމަލު ކުރަމުންދާ އުސޫލު ބަދަލު ކުރުވާނަން
790 ދުވަސް ކުރިން - 14:57
ރައީސްގެ ތިމާވެށި ސިޔާސަތުގެ ތެރެއިން އެކަން އަސްލަކަށް ބަލައިގެން ހިންގާ މި ޕްރޮޖެކްޓުގައި މި ޗާޖިންގ ސްޓޭޝަން ބަހައްޓަނީ ދޮޮންއަދަރާދަ މަގުގައި
791 ދުވަސް ކުރިން - 07:11