ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތަޢާރަފުކުރުމަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ.

މިނިސްޓަރ އޮފް އެކެނޮމިކް ޑެވެލޮޕްމެންޓްގެ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ ރާއްޖެއަށް ޕޭޕަލްގެ އެކްސެސް ހޯދުމަށް ޕްރޮޕޯސަލެއް ހުށަހަޅާފައިވާ ކަމަށެވެ. ވަޒީރު ވިދާޅުވި ގޮތުގައި ސަރުކާރުން ޒުވާނުންގެ ކުރިމަގަށް އިސްކަންދޭ ކަމަށާއި، ޕޭޕަލް ރާއްޖެއަށް ގެނައުމުން ޒުވާނުންނަށް ފައިދާވާނެއެވެ. ރާއްޖޭގެ ޑިޖިޓަލް އީ-ކޮމާސް ވިޔަފާރީގައި ހުރި ގޮންޖެހުންތައް ކުޑަކުރުމަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފުކުރަން މަސައްކަތްކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ޕޭޕަލްއަށް ދިވެހި ސަރުކާރުގެ ޕްރޮޕޯޒަލް ހުށަހެޅީ ތިން ދުވަސް ކުރިންނެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ކުރު މުއްދަތެއްގައި އެއްބަސްވުމަކަށް ވާސިލުވެވޭނެކަމަށް އުންމީދުކުރާ ކަމަށާއި، ނަމަވެސް ޚިދުމަތް ފެށޭނެ ސީދާ ތާރީޚެއް ނޭނގޭ ކަމަށެވެ. ދެ ދުވަސް ކުރިން ޕޭޕަލްއަށް ރާއްޖޭގެ ފުލް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ޕޭޕަލްއަކީ ބައިނަލްއަޤްވާމީ ފައިސާ ފޮނުވުމާއި ލިބިގަތުމަށް ބޭނުންކުރާ އެމެރިކާގެ ޕޭމަންޓް ސިސްޓަމެކެވެ. ސަރުކާރުން ޕޭޕަލްގެ އެކްސެސް ހޯދުމުގެ މަސައްކަތް ފެށީ ޖެނުއަރީ މަހުއެވެ. ރާއްޖޭގެ އީ-ކޮމާސްގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ޕޭޕަލްގެ ޕްރެޒިޑެންޓް ފޮރ ގްލޯބަލް މާކެޓިންއާއެކު މުހިންމު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.