އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަނެއް ގާއިމު ކުރަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ، ސްޓެލްކޯ އިން ނިންމާފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ ވިދާޅުވީ މިއީ އިލެކްޓްރިކް ވެހިކަލް ގެންގުޅުމަށް ހިތްވަރު ދިނުމަށް ކުރާ މަސައްކަތެއް ކަމަށާ އެގޮތުން ދޮންއަދަރާދަ މަގުގައި މި ޗާޖިންގ ޕޮއިންޓް ގާއިމް ކުރާނެ ކަމަށާ މިއީ ތިމާވެއްޓަށްވެސް ރައްކާތެރ ގޮތެއް ކަމަށް ވިދާޅުވިއެވެ..

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފަހުމީ ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުގެ ދަށުން އެކުންފުނިން ފެށި ވެހިކަލްތަކަށް ޗާޖު ކުރެވޭ ސްޓޭޝަނެއް ގާއިމު ކުރުމުގެ މި މަސައްކަތަކީ ސާފު ހަކަތައާއި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ވަސީލަތްތަކަށް ގައުމު ބަދަލު ކުރުމުގައި ރައީސް މުއިއްޒު ދައްކަވާ ލީޑަޝިޕްގެ ހެއްކެކެވެ.