ރިސޯޓް ތަކުންނާއި އެނޫންވެސް ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން މިހާރު އަމަލު ކުރަމުންދާ އުސޫލު ބަދަލު ކުރުމަށް މަޖުބޫރު ކުރުވައި އެފަރާތްތަކުގެ ޑޮލަރުތައް ބޭންކުން މާރުކުރުމަށް މަޖުބޫރު ކުރާވެނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ،މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސްގެ ހަރުގެ ޖަ؛ލްސާގައި ރައީސް މިހެން ވިދާޅުވީ، ޒަމާނުއްސުރެ ރާއްޖޭގެ ރިސޯޓުތައް ފަދަ ތަންތަނުން ދިވެހި ބޭންކަށް ޑޮލަރު ނުލާތީ އެކަމުގެ ސަބަބުން ފްލޯގައި ޑޮލަރު ރޯލްވުން އިންތިހާއަށް މަދުވެފައިވާތީއެވެ.
ރައީސް ވިދާޅުވީ އެކަންތައްތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ގުޅިގެން ވަރަށް އަވަހަށް ފެށޭނެއެވެ. އަދި މިކަމަކީ ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ބުލެކް މާކެޓް ނައްތާލުމަށްޓަކައި ކުރަން ވަރަށް މުހިއްމު ކަމެކެވެ.
މި ދެއަހަރަކީ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ލޯނުތައް ދެއްކުމަށް ސަރުކާރަށް ގިނަ އަދަދަކަށް ޑޮލަރު ބޭނުންވާ ދެއަހަރު ކަމަށް ވާތީ، ޑޮލަރުގެ އިންފްލޯ އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެވެ.
ޑޮލަރު ރާއްޖޭގައި ލިބެނީ ވަރަށް ދަތި އުނދަގުލުންނެވެ. ބުލެކް މާކެޓުގައި މިވަގުތު ޑޮލަރު އުޅެނީ 18 ރުފިޔާއިން މަތީގައެވެ. ބޭންކުން ޑޮލަރު ވިއްކަން ހަމަޖެހިފައިވާ ރޭޓަކީ 15.42 އެވެ.



