މޯލްޑިވްސް ޕްރިމިއަރ ބޭންކަކީ އެމްއެމްއޭ އިން ލައިސެންސް ލިބިގެން ދިވެހިރާއްޖޭގައި ރަސްމީކޮށް ބޭންކިންގް ޚިދުމަތް ދޭންފެށި 9 ވަނަ ބޭންކް. މި ބޭންކުގެ މައިގަނޑު ހިއްސާދަރަކީ މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ޢަލީ ޖަނާޙް. ޗެއާޕާސަނީ އޭނާގެ ދަރިކަނބަލުން ޢާއިޝާ ނޫރްޢައިން ޖަނާޙް.
66 ދުވަސް ކުރިން - 05:28
މިއީ ޖޫން މަހާ އަޅާބަލާއިރު ރަސްމީ ރިޒާވުން 48.8 މިލިއަން ޑޮލަރުގެ ދަށްވުމެއް. މައިގަނޑު ސަބަބަކީ ދަތުރުފަތުރާއި ބޭސްފަރުވާއަށް ޑޮލަރު ވިއްކި މިންވަރު އިތުރުވެ، އެތެރެވި ފައިސާ މަދުވުމެވެ. މީގެއިތުރުން ބޮޑެތި ދަރަނިތައް ދެއްކުމާ ގުޅިގެން މާޗް މަހުން ފެށިގެން ރިޒާވް ވަނީ ބޮޑުތަނުން ދަށްވެފަ.
67 ދުވަސް ކުރިން - 13:11
މި ބިލުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން މަޝްރޫއު ތަކުގެ ކޮންޓްރެކްޓް ތަކަށް ވާދަކުރުމުގައި ދިވެހި ކޮންޓްރެކްޓަރުންނާއި ބޭރުގެ ކޮންޓްރެކްޓަރުންނާއި ދެމެދު ހަމަހަމަ ވާދަވެރި މާހައުލެއް އުފެއްދުން.
67 ދުވަސް ކުރިން - 13:01
މީގެ ސަބަބަކީ ފަތުރުވެރިކަމުގެ އޯފް-ސީޒަނާ ދިމާވުމާއި، ޗުއްޓީއާ ގުޅިގެން ދަތުރުފަތުރާއި ބޭސްފަރުވާއަށް ޑޮލަރު ބޭނުންވި މިންވަރު %172 އިތުރުވުން. މި ބަދަލާއެކު ރަސްމީ ރިޒާވް %7 ދަށްވެފައިވާއިރު، އިމްޕޯޓް މުދަލަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް ބޭންކުތަކަށް ވިއްކާ ޑޮލަރު %51 އިތުރުކުރުމަށް އެމްއެމްއޭއިން ވަނީ ނިންމާފަ.
69 ދުވަސް ކުރިން - 16:59
ދަރަނި އަނބުރާ ދައްކަންޖެހޭ ދުވަހު ގައުމުގެ މާލީ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓުމަށްޓަކައި، ބޭރުގެ މާލީ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ވަރުގަދަކުރުމާއެކު، ސަރުކާރުން މިހާރުވެސް އަޅަމުންދާ ފަދަ ރިޒާވް ވަރުގަދަކުރުމުގެ މުހިންމު ސިޔާސަތުތަކުގެ ބޭނުން ހިފުން ބުއްދިވެރި ކަމަށް ޝަރުވަސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި.
71 ދުވަސް ކުރިން - 12:40
މިނިސްޓަރު ވިދާޅުވީ 2021 އާ އަޅާބަލާއިރު ބޭންކް ކާޑުތަކާއި، އިމްޕޯޓް ޓީޓީ، ތައުލީމު އަދި ބޭސްފަރުވާއަށް ދޫކުރާ ޑޮލަރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް. ޑޮލަރުގެ މުއާމަލާތްތައް ހުއްޓިފައިވާ ކަމަށް ބުނެ އިދިކޮޅުން ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި.
71 ދުވަސް ކުރިން - 10:15
މިއަދުވެސް ސްރީލަންކާގައި ޕެޓްރޯލް ލީޓަރެއްގެ އަގު ގާތްގަނޑަކަށް 24 ރުފިޔާއަށް އަދި ޕާކިސްތާނާއި އިންޑިއާ ފަދަ ގައުމުތަކުގައި ވެސް ތެލުގެ އަގުތައް މަތީގައި ހުރިއިރު، ދިވެހިރާއްޖޭގައި ޕެޓްރޯލް ލީޓަރެއް ކޮންޓްރޯލް ކުރެވިފައިވަނީ އެންމެ 16.01 ރުފިޔާގަ.
73 ދުވަސް ކުރިން - 10:46
އައު ބަނދަރުގައި 1400 މީޓަރުގެ މަގަތު ފާލަމަކާއި ޒަމާނީ ކްރޭންތައް ހުރުމުން، އަހަރަކު ހޭންޑަލްކުރާ ކޮންޓެއިނަރުގެ އަދަދު 80,000 އިން 390,000 އަށް އިތުރުވާނެ. ސައްތައިން ސައްތަ ދިވެހިން ހިންގާ މި ބަނދަރުގެ ސަބަބުން މުދާ ލިބުން އަވަސްވެ، އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ސަރުކާރުން ޔަގީންކަންދޭ.
73 ދުވަސް ކުރިން - 08:29
މީގެ ސަބަބުން ވިޔަފާރިކުރުމުގައި ހާމަކަންބޮޑުވެ، ދިރިއުޅުމުގެ ހަރަދުތައް މެނޭޖްކުރުމަށް ރައްޔިތުންނަށް ފަސޭހަވާނެ. އެޕަލް އަދި އެންޑްރޮއިޑް ފޯނުތަކަށް ހިލޭ ލިބޭ މި އެޕްގައި އަގުތަކުގެ ބަދަލާއި ޝޮޕިންގ ލިސްޓް ހެދުން ފަދަ ބޭނުންތެރި ފީޗާތައް ހިމެނޭ. މިއީ ރައްޔިތުން ބާރުވެރިކުރުވުމަށް އެޅި މުހިންމު ފިޔަވަޅެއް.
76 ދުވަސް ކުރިން - 17:43
އެޗްޑީސީން އިޢުލާންކޮށްފައިވާ ގޮތުގައި، ތިލަފުށީ ފަޅުގައި އަޅާފައިވާ އުޅަނދުތަކާއި، ދޫކޮށްލާފައިވާ ތަކެތީގެ އިތުރުން އަޑިއަށް ގޮސްފައިވާ އުޅަނދުތައް 7 ދުވަހުގެ ތެރޭގައި ނަގައި ހުސްކުރަންޖެހޭނެ. މި މުއްދަތުގައި ނުނަގާ ހުންނަ އުޅަނދުތަކާއި ތަކެއްޗާ މެދު ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދީފައިވޭ.
78 ދުވަސް ކުރިން - 13:08
އެމްޑީޕީގެ ހަގީގީ މަގްސަދަކީ އާންމުންގެ ތެރޭގައި ހަމަނުޖެހުން އުފައްދައި، މީހުންނަށް އޮޅުވާލުމުގެ ނިޔަތުގައި ގަސްދުގައި ތަކެތީގެ އަގުތަކާ ގުޅޭގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަ ފެތުރުން. މި ސަރަހައްދުގައި ވެސް ޕެޓްރޯލް އެންމެ އަގުހެވީ ރާއްޖޭގަ.
79 ދުވަސް ކުރިން - 13:54
ބީއެމްއެލް އަދި އެމްއައިބީ އެޕް މެދުވެރިކޮށް މިހާރު ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ. ފުރަތަމަ ފިޔަވަހީގައި އަމިއްލަ ފަރުދުންނަށް މަހަކު 24,000 ރުޕީސްއާ ހަމައަށް ފޮނުވޭއިރު، މިއީ ރާއްޖޭގެ ޕޭމަންޓް ނިޒާމު ބައިނަލްއަގްވާމީ މާކެޓާ ގުޅާލެވުނު ފުރަތަމަ ފަހަރު.
84 ދުވަސް ކުރިން - 13:43