Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ތިލަފުށީ ބަނދަރު މަޝްރޫޢުގެ އަމަލީ މަސައްކަތަށް ފަޅުތެރެ ހުސްކުރަން އަންގައިފި

ތިލަފުށީ ބަނދަރު މަޝްރޫޢުގެ އަމަލީ މަސައްކަތަށް ފަޅުތެރެ ހުސްކުރަން އަންގައިފި

ހުސައިން އިސްމާއިލް
12 ގަޑިއިރު ކުރިން - 6 އޯގަސްޓް 2026 13:08
ތިލަފުށި.
ތިލަފުށި.
ޚުލާސާ

އެޗްޑީސީން އިޢުލާންކޮށްފައިވާ ގޮތުގައި، ތިލަފުށީ ފަޅުގައި އަޅާފައިވާ އުޅަނދުތަކާއި، ދޫކޮށްލާފައިވާ ތަކެތީގެ އިތުރުން އަޑިއަށް ގޮސްފައިވާ އުޅަނދުތައް 7 ދުވަހުގެ ތެރޭގައި ނަގައި ހުސްކުރަންޖެހޭނެ. މި މުއްދަތުގައި ނުނަގާ ހުންނަ އުޅަނދުތަކާއި ތަކެއްޗާ މެދު ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދީފައިވޭ.

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، ތިލަފުށީގެ މެދަށްވާ ގޮތަށް އޮންނަ ފަޅުތެރޭގައި ހުރި ހުރިހާ އުޅަނދުތަކާއި ތަކެތި ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ. މިއީ މާލޭ ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ އަދި ޒަމާނީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

އެޗްޑީސީން އިޢުލާންކޮށްފައިވާ ގޮތުގައި، ތިލަފުށީ ފަޅުގައި އަޅާފައިވާ އުޅަނދުތަކާއި، ދޫކޮށްލާފައިވާ ތަކެތީގެ އިތުރުން އަޑިއަށް ގޮސްފައިވާ އުޅަނދުތައް 7 ދުވަހުގެ ތެރޭގައި ނަގައި ހުސްކުރަންޖެހޭނެއެވެ. އަދި މި މުއްދަތުގައި ނުނަގާ ހުންނަ އުޅަނދުތަކާއި ތަކެއްޗާ މެދު ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އެ ކޯޕަރޭޝަނުން ވަނީ ދީފައެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މައިގަނޑު މަސައްކަތްތައް ސަރުކާރުން ހަވާލުކޮށްފައިވަނީ ދުނިޔޭގެ ފެންވަރުގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީއާއެވެ. މި މަޝްރޫޢުގެ ދަށުން 1,000 މީޓަރަށްވުރެ ދިގު ބައިނަލްއަޤުވާމީ ކީ-ވޯލްއަކާއި، މާލޭގެ އުތުރު އަދި ހުޅަނގު ދެކުނު ބަނދަރު ބޭނުންކުރާ އުޅަނދުތަކަށް ޚާއްޞަ 2,000 މީޓަރުގެ ޑޮމެސްޓިކް ޓާމިނަލެއް ބިނާކުރާނެއެވެ.

Advertisement

Advertisement 1

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް، މި އައު ބަނދަރު 11 ނޮވެންބަރު 2027 ގެ ނިޔަލަށް އެއްކޮށް ނިންމާ، ފުރިހަމައަށް އޮޕަރޭޝަނަށް ގެނައުމަށް ވަނީ އަމާޒު ހިފާފައެވެ. ޒަމާނީ، ފުރިހަމައަށް ޑިޖިޓަލްކުރެވިފައިވާ ޕޯޓް މެނޭޖްމަންޓް ސިސްޓަމަކާއެކު ހިންގާ މި ބަނދަރު ނިމުމުން، މާލޭ ވިޔަފާރި ބަނދަރުގެ 80 އިންސައްތަ އޮޕަރޭޝަން ތިލަފުށްޓަށް ބަދަލުވާނެއެވެ. ބާކީ 20 އިންސައްތަ ޚިދުމަތް ދޭނީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖުންނެވެ.

މި މަޝްރޫޢު ނިމުމުން އިގުތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެއެވެ. އެގޮތުން މިހާރު މާލޭ ބަނދަރުން މުދާ ހުސްކުރަން 7 ދުވަސް ހޭދަވާއިރު، ތިލަފުށީގެ އައު ބަނދަރުން އެންމެ 48 ގަޑިއިރު ތެރޭގައި މުދާ ހުސްކުރެވޭނެއެވެ. މީގެ ސަބަބުން ވިޔަފާރިވެރިންނަށް ކުރާ ޚަރަދު ކުޑަވެ، މުދަލުގެ އަގުތައް ހެޔޮވުމަށް ބޮޑު މަގުފަހިވެގެންދާނެއެވެ.

ކ. ތިލަފުށި
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ލޭންޑިންގ ކްރާފްޓުން ގެއްލުނު ދެ ބިދޭސީން ހޯދުމުގެ މަސައްކަތް ފަށައިފި

ލޭންޑިންގ ކްރާފްޓުން ގެއްލުނު ދެ ބިދޭސީން ހޯދުމުގެ މަސައްކަތް ފަށައިފި

6 ދުވަސް ކުރިން - 14:41

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ސްޓޭކްހޯލްޑަރުންނާއި އެމް.ޕީ.އެލް އިން މަޝްވަރާކޮށްފި

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްފި

7 ދުވަސް ކުރިން - 01:05

ޕޯޓުގެ އޮޕަރޭޝަނުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުވެގެންދާނެ: ރައީސް

ޕޯޓުގެ އޮޕަރޭޝަނުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުވެގެންދާނެ: ރައީސް

7 ދުވަސް ކުރިން - 11:07

ތިލަފުށީގައި ޕޯޓު ތަރައްގީކުރުން: ކުރީ ސަރުކާރުތަކުން ދެއްކީ ހުސް ވާހަކަ، އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ޕޯޓު ހުޅުވާނަން: ރައީސް

އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ގާއިމްކުރާ ޕޯޓު ހުޅުވާނަން: ރައީސް

11 ދުވަސް ކުރިން - 12:47

ތިލަފުށީގައި ތަރައްގީކުރާ އާ ވިޔަފާރި ބަނދަރުގެ ޑީޓެއިލް ޑިޒައިންތައް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

ވިޔަފާރި ބަނދަރުގެ ޑިޒައިންތައް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

148 ދުވަސް ކުރިން - 14:32

ބިދޭސީ މީހާގެ މަރު: ލަންކާ ޑްރައިވަރުގެ ބަންދަށް 45 ދުވަސް އިތުރުކޮށްފި

ބިދޭސީ މީހާގެ މަރު: ޑްރައިވަރުގެ ބަންދަށް 45ދުވަސް

168 ދުވަސް ކުރިން - 15:41