Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޖޫންމަހާ އަޅާބަލާއިރު ޖުލައި މަހު އެމްއެމްއޭއިން ޑޮލަރު ވިއްކި އަދަދު ބޮޑުތަނުން އިތުރުވެއްޖެ

ޖޫންމަހާ އަޅާބަލާއިރު ޖުލައި މަހު އެމްއެމްއޭއިން ޑޮލަރު ވިއްކި އަދަދު ބޮޑުތަނުން އިތުރުވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
5 ގަޑިއިރު ކުރިން - 14 އޯގަސްޓް 2026 16:59
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) / ފޮޓޯ: ޚުލާސާ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) / ފޮޓޯ: ޚުލާސާ
ޚުލާސާ

މީގެ ސަބަބަކީ ފަތުރުވެރިކަމުގެ އޯފް-ސީޒަނާ ދިމާވުމާއި، ޗުއްޓީއާ ގުޅިގެން ދަތުރުފަތުރާއި ބޭސްފަރުވާއަށް ޑޮލަރު ބޭނުންވި މިންވަރު %172 އިތުރުވުން. މި ބަދަލާއެކު ރަސްމީ ރިޒާވް %7 ދަށްވެފައިވާއިރު، އިމްޕޯޓް މުދަލަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް ބޭންކުތަކަށް ވިއްކާ ޑޮލަރު %51 އިތުރުކުރުމަށް އެމްއެމްއޭއިން ވަނީ ނިންމާފަ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު އެ އޮތޯރިޓީން ޑޮލަރު ވިއްކި އަދަދު ބޮޑުތަނުން އިތުރުވެފައިވާކަން ހާމަވެއްޖެއެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ޖުލައި މަހަކީ އެމްއެމްއޭއަށް ބޭރުފައިސާ ލިބުނު ޖުމްލަ އަދަދަށްވުރެ، އެ އޮތޯރިޓީން ބޭރުފައިސާ ވިއްކި ޖުމްލަ އަދަދު އިތުރުވި މަހެކެވެ. މި ބަދަލު އައުމުގެ މައިގަނޑު ސަބަބަކީ ފާއިތުވި ޖުލައި މަހަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އޯފް-ސީޒަން ކަމަށް ވުމާއެކު، އެމްއެމްއޭއަށް ލިބުނު ބޭރުފައިސާގެ އަދަދު ދަށްވުމެވެ. މީގެ އިތުރުން، ޖުލައި މަހަކީ ސްކޫލް ބަންދާ ދިމާކޮށް ގިނަ ބަޔަކު ރާއްޖޭއިން ބޭރަށް ދަތުރުކުރުމުގެ ސަބަބުން ޑޮލަރަށް އޮންނަ ޑިމާންޑް އާދަޔާ ހިލާފަށް ބޮޑުވެގެން ދިޔަ މަހެކެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ދަތުރުފަތުރާއި، ބޭސްފަރުވާއާއި، އުމްރާގެ ދަތުރުތަކަށް އެމްއެމްއޭއިން ޖުލައި މަހު ޑޮލަރު ވިއްކި މިންވަރު ވަނީ ޖޫން މަހާ އަޅާބަލާއިރު %172 އަށް އިތުރުވެފައެވެ.

Advertisement

Advertisement 1

ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން ފަސޭހަކޮށްދިނުމަށާއި ބާޒާރަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށްޓަކައި، ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު އިތުރުކުރުމަށް އެމްއެމްއޭއިން ވަނީ މި އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ނިންމާފައެވެ. މި ނިންމުމުގެ ދަށުން، މި ހަފްތާއިން ފެށިގެން ކުރިއަށް އޮތް ތިން ހަފްތާގެ މުއްދަތަށް ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު %51 އިތުރުކުރެވޭނެއެވެ. މީގެ މައިގަނޑު ބޭނުމަކީ ވިޔަފާރިތަކުން މުދާ އިމްޕޯޓްކުރުމަށް ބޭނުންވާ ޓީޓީ އަދި އެލްސީ ހުޅުވުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުން ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ނަމަވެސް، ޑޮލަރު ވިއްކި މިންވަރު އިތުރުވުމާ ގުޅިގެން ރާއްޖޭގެ ރަސްމީ ރިޒާވަށް ވަނީ އޭގެ އަސަރުކޮށްފައެވެ. އެމްއެމްއޭގެ ހިސާބުތަކުން ދައްކާގޮތުގައި ޖުލައި މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ 686.8 މިލިއަން ޑޮލަރުން 638.0 މިލިއަން ޑޮލަރަށް ދަށްވެފައެވެ. މިއީ ގާތްގަނޑަކަށް %7 ގެ ދަށްވުމެކެވެ.

އެމްއެމްއޭޑޮލަރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބޭންކް އޮފް މޯލްޑިވްސްއިން އިރުޝާދު ދީފި

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބީއެމްއެލްއިން އިރުޝާދު ދީފި

1 ގަޑިއިރު ކުރިން - 20:27

އިންޝުއަރެންސްގެ އާންމު މާއްދާތަކާއި ރިސްކުތަކާ ބެހޭ ގަވާއިދަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފި

އިންޝުއަރެންސްގެ އާންމު މާއްދާތަކާއި ރިސްކުތަކާ ބެހޭ ގަވާއިދަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފި

2 ގަޑިއިރު ކުރިން - 20:00

ރަސްމީ ރޭޓުގައި ޑޮލަރުގެ މުއާމަލާތްތައް ކުރާ މިންވަރު އެތައް ގުނައެއް އިތުރުވެއްޖެ: ސައީދު

"ރަސްމީ ރޭޓުގައި ޑޮލަރުގެ މުއާމަލާތްތައް ކުރާ މިންވަރު އެތައް ގުނައެއް އިތުރުވެއްޖެ"

1 ދުވަސް ކުރިން - 10:15

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

24 ދުވަސް ކުރިން - 18:38

ޑޮލަރުގެ އަގު ރެކޯޑު މިންވަރަށް ބޮޑުކޮށްލީ ދަނޑިވަޅުގައި ބޮޑު ފައިދާ ނަގަން ވެގެން

ޑޮލަރުގެ އަގު ރެކޯޑު މިންވަރަށް ބޮޑުކޮށްލީ ދަނޑިވަޅުގައި ބޮޑު ފައިދާ ނަގަން

27 ދުވަސް ކުރިން - 10:21

ޖޫން މަހު ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ނަމަވެސް، ކުރު މުއްދަތުގެ ދަރަނިތައް އަދާކުރުމާ އެކު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

29 ދުވަސް ކުރިން - 10:27