Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޑޮލަރު މާރުކުރުމުގެ ސިޔާސަތަކީ ރިޒާވް މަތިކުރަން އެޅި ވަރަށް މުހިންމު ފިޔަވަޅެއް: ސަރުވަޝް

ޑޮލަރު މާރުކުރުމުގެ ސިޔާސަތަކީ ރިޒާވް މަތިކުރަން އެޅި ވަރަށް މުހިންމު ފިޔަވަޅެއް: ސަރުވަޝް

ހުސައިން އިސްމާއިލް
9 ގަޑިއިރު ކުރިން - 13 އޯގަސްޓް 2026 12:40
ކުރީގެ ޗީފް ބަޖެޓު އެގްޒެކެޓިވް އަދި އިގުތިސާދީ ތަޖުރިބާކާރު އަހުމަދު ޝަރުވަސް އާދަމް.
ކުރީގެ ޗީފް ބަޖެޓު އެގްޒެކެޓިވް އަދި އިގުތިސާދީ ތަޖުރިބާކާރު އަހުމަދު ޝަރުވަސް އާދަމް.
ޚުލާސާ

ދަރަނި އަނބުރާ ދައްކަންޖެހޭ ދުވަހު ގައުމުގެ މާލީ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓުމަށްޓަކައި، ބޭރުގެ މާލީ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ވަރުގަދަކުރުމާއެކު، ސަރުކާރުން މިހާރުވެސް އަޅަމުންދާ ފަދަ ރިޒާވް ވަރުގަދަކުރުމުގެ މުހިންމު ސިޔާސަތުތަކުގެ ބޭނުން ހިފުން ބުއްދިވެރި ކަމަށް ޝަރުވަސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި.

މާލީ ގޮންޖެހުންތަކާއެކު ރާއްޖޭގެ ރިޒާވް ދެމެހެއްޓުމަށްޓަކައި ސަރުކާރުން އެކަށައަޅާފައިވާ ޑޮލަރު މާރުކުރުމުގެ ސިޔާސަތަކީ އެވަގުތުގެ ބޭނުމަށް ބަލާއިރު ވަރަށް މުހިންމު އަދި ރަނގަޅު ސިޔާސަތެއް ކަމަށް ކުރީގެ ޗީފް ބަޖެޓު އެގްޒެކެޓިވް އަދި އިގުތިސާދީ ތަޖުރިބާކާރު އަހުމަދު ޝަރުވަސް އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ދެމީޑިއާއެއް ގުޅިގެން ކުރިއަށްގެންދިޔަ ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝަރުވަސް ވިދާޅުވީ، ނެގެޓިވް ރިޒާވެއްގައި ގައުމެއް ނުހިފެހެއްޓޭނެ ކަމަށާއި، ބާޒާރުގައި ހުރި ޑޮލަރު މަރުކަޒީ ބޭންކަށް ގެނެސްގެން، ރިޒާވް މަތިކުރުމަށް ސަރުކާރުން އެޅި އެ ފިޔަވަޅަކީ ވަރަށް ބޭނުންތެރި ފިޔަވަޅެއް ކަމަށެވެ. އަދި މި ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ރިޒާވް ވަރުގަދަވެގެން ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަރުވަސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ނުވަތަ ގްރޯތު އެބަހުއްޓެވެ. ނަމަވެސް ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމަށްޓަކައި ޓީޖީއެސްޓީއާއި، ޖީއެސްޓީ އަދި އެއާޕޯޓް ފީތައް ބޮޑުކުރުމަށް ފެށި ސިޔާސަތުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަންޖެހޭ ކަމަށް އޭނާ ބަޔާންކުރެއްވިއެވެ.

Advertisement

Advertisement 1

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ފިޒްކަލް ސައިޑުން ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވުމުގެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ބޭރުގެ ގައުމުތަކާއި އައިއެމްއެފް ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކާއެކު އޮންނަ މުއާމަލާތްތަކާއި ޑައިލޮގްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ މިފަދަ ދަނޑިވަޅެއްގައި ބޭނުންތެރި ކަމެއްކަމަށް ޝަރުވަސް އިރުޝާދު ދެއްވިއެވެ.

ބޭރުގެ މަގުތަކުން މާލީ އެހީތެރިކަން ހޯދުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތްކުރާއިރު، ދިމާވާ ހާލަތްތަކުގައި ރާއްޖޭގެ އެތެރޭގެ މާކެޓަށް ބަރޯސާވެގެން ބޭރުގެ ދަރަނިތައް އަދާކުރަން ޖެހުމުން، އެތެރޭގެ ބާޒާރުގައި ބޭރުފައިސާ (ޑޮލަރު) މަދުވުމުގެ ފުރުސަތު އޮންނަކަން ޝަރުވަސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ދަރަނި އަނބުރާ ދައްކަންޖެހޭ ދުވަހު ގައުމުގެ މާލީ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓުމަށްޓަކައި، ބޭރުގެ މާލީ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ވަރުގަދަކުރުމާއެކު، ސަރުކާރުން މިހާރުވެސް އަޅަމުންދާ ފަދަ ރިޒާވް ވަރުގަދަކުރުމުގެ މުހިންމު ސިޔާސަތުތަކުގެ ބޭނުން ހިފުން ބުއްދިވެރި ކަމަށް ޝަރުވަސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އިގްތިސޯދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

18 ދުވަސް ކުރިން - 12:27

ދަރަނި މެނޭޖުކުރަން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފި

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފި

71 ދުވަސް ކުރިން - 20:30

ބަންކަރިން ހިދުމަތުން ބިލިއަނަކާ ގާތްކުރާ އާމްދަނީއެއް ލިބިއްޖެ: މިނިސްޓަރު ސައީދު

"ބަންކަރިން ހިދުމަތުން ބިލިއަނަކާ ގާތްކުރާ އާމްދަނީއެއް ލިބިއްޖެ"

98 ދުވަސް ކުރިން - 12:44

ރިޕޯޓު: ދަރަންޏާއި އިގުތިސާދީ ކުއްލި ނުރައްކަލުން ގައުމު ސަލާމަތްކުރެއްވުމުގައި ރައީސް މުއިއްޒުގެ ދައުރު

އަނދަވަޅުން ގައުމު ސަލާމަތްކުރެއްވުމުގައި ރައީސް މުއިއްޒުގެ ދައުރު

110 ދުވަސް ކުރިން - 13:23

ތެލުގެ ޝިޕްމަންޓްތައް ކުރިއަށް އޮތް ތިން މަހަށް ޝެޑިއުލް ކުރެވިއްޖެ: މިނިސްޓަރު ސައީދު

"ތެލުގެ ޝިޕްމަންޓްތައް ކުރިއަށްއޮތް 3މަހަށް ޝެޑިއުލް ކުރެވިއްޖެ"

121 ދުވަސް ކުރިން - 12:16

ހަނގުރާމައާ އެކު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން މަޑުޖެހޭނެ ކަމަށް އޭޑީބީން ލަފާކޮށްފި

ރާއްޖޭގެ އިގުތިސާދީ ކުރިއެރުން މަޑުޖެހޭނެ ކަމަށް ލަފާކޮށްފި

124 ދުވަސް ކުރިން - 15:17