Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ތިލަފުށި ޕޯޓާއެކު މުދާ އުފުލާ ބޯޓުތައް 2 ދުވަހުން ފުރުވާލެވޭނެ: އިގްތިސާދަށް ބޮޑު އިންގިލާބެއް

ތިލަފުށި ޕޯޓާއެކު މުދާ އުފުލާ ބޯޓުތައް 2 ދުވަހުން ފުރުވާލެވޭނެ: އިގްތިސާދަށް ބޮޑު އިންގިލާބެއް

އައިޝަތު ރުވާ ރިފްޢަތު
7 ގަޑިއިރު ކުރިން - 11 އޯގަސްޓް 2026 08:29
ތިލަފުށި ބަނދަރު. / ފޮތޯ: އެމްޕީއެލް
ތިލަފުށި ބަނދަރު. / ފޮތޯ: އެމްޕީއެލް
ޚުލާސާ

އައު ބަނދަރުގައި 1400 މީޓަރުގެ މަގަތު ފާލަމަކާއި ޒަމާނީ ކްރޭންތައް ހުރުމުން، އަހަރަކު ހޭންޑަލްކުރާ ކޮންޓެއިނަރުގެ އަދަދު 80,000 އިން 390,000 އަށް އިތުރުވާނެ. ސައްތައިން ސައްތަ ދިވެހިން ހިންގާ މި ބަނދަރުގެ ސަބަބުން މުދާ ލިބުން އަވަސްވެ، އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ސަރުކާރުން ޔަގީންކަންދޭ.

ރާއްޖޭގެ އިޤްތިޞާދީ މައި ދޮރާށި، މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫއުގެ މަސައްކަތް ސަރުކާރުން މިވަނީ ހަލުވިކަމާއެކު ފަށާފައެވެ. މި ބަދަލާއެކު ރާއްޖެއަށް މުދާ އެތެރެކުރުމުގައި މިހާރު ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ މުދާ ހުސްކުރުމުގެ ލަސްކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

ރާއްޖެއަކީ ބޭނުންކުރާ މުދަލުގެ ގާތްގަނޑަކަށް 90 އިންސައްތަ ބޭރުން އެތެރެކުރާ ގައުމެކެވެ. މިހާރު 90,000 އަށްވުރެ ގިނަ ބާވަތުގެ މުދާ ރާއްޖެއަށް އެތެރެކުރާއިރު، މީގެ ތެރެއިން ގިނަ މުދާ ބާލަނީ މާލޭ ވިޔަފާރި ބަނދަރަށެވެ. ނަމަވެސް މާލޭ ބަނދަރުގެ ޖާގައިގެ ދަތިކަމާއި، މަގަތު ފާލަމުގެ ކުޑަކަމުގެ ސަބަބުން މުދާ ބޭލުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

މިހާރު މާލޭ ބަނދަރުގައި އޮންނަނީ އެންމެ 100 މީޓަރުގެ މަގަތު ފާލަމެކެވެ. އަދި އޭގެ ފުންމިނަކީ 9 މީޓަރެވެ. މީގެ ސަބަބުން ބޮޑެތި ބޯޓުތަކަށް ކައިރިނުކުރެވޭތީ، ބޭރުގައި ބޯޓު ބާއްވައިގެން މުދާ ބާލަންޖެހޭ 'އައުޓަރ އެންކަރޭޖް' އޮޕަރޭޝަންތައް ކުރިއަށްގެންދަން ޖެހެއެވެ. ނަތީޖާއެއްގެ ގޮތުން، އެވަރެޖްކޮށް ރާއްޖެ އަންނަ ކާގޯ ބޯޓެއް ހުސްކޮށް، ބަރުކޮށްގެން ފުރުވާލުމަށް މިހާރު 10 ދުވަހާއި 14 ދުވަހާއި ދެމެދުގެ މުއްދަތެއް ހޭދަވެއެވެ.

Advertisement

Advertisement 1

ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިލަފުށީގައި ތަރައްޤީކުރާ އައު ބަނދަރާއެކު މި ހާލަތު މުޅިން ބަދަލުވެގެންދާނެއެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މި އަހަރުގެ ނިޔަލަށް 100 މީޓަރުގެ މަގަތު ފާލަމެއް ބޭނުންކުރަން ފެށުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދަނީ އަމާޒު ހިފަމުންނެވެ. މުޅި މަޝްރޫޢު ނިމޭއިރު 1,400 މީޓަރުގެ ދިގު މަގަތު ފާލަމެއް ޤާއިމްކުރެވޭނެއެވެ.

ތިލަފުށީ ބަނދަރުގެ އެންމެ ބޮޑު އެއް ތަފާތަކީ އެ ތަނުގެ ފުންމިނެވެ. 14 މީޓަރުގެ ފުންމިނާއެކު، ބޮޑެތި ބޯޓުތަކަށް ފަސޭހަކަމާއެކު ކައިރިކުރެވޭނެއެވެ. އަދި ބޯޓުތަކުގައި ހުންނަ ކްރޭންތަކުގެ ބަދަލުގައި، ބަނދަރުގައި ދާއިމީކޮށް ހުންނަ 'ސީ-ޓު-ޝޯ' ކްރޭންތަކާއި 'މޯބައިލް ހާބަރ' ކްރޭންތައް ބޭނުންކުރަން ފެށުމުން، މުދާ ބޭލުމުގެ ސްޕީޑް އެތައް ގުނައެއް އަވަސްވާނެއެވެ. މީގެ ސަބަބުން މިހާރު 10 ދުވަހުން ކުރާ މަސައްކަތް، އެންމެ 2 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ.

އަދަދުތަކަށް ބަލާއިރު، މިހާރު އަހަރަކު ހޭންޑަލް ކުރެވޭ 80,000 ޓީއީޔޫ (ކޮންޓެއިނަރު) ގެ ބަދަލުގައި، އައު ބަނދަރާއެކު 390,000 ޓީއީޔޫ ހޭންޑަލް ކުރުމުގެ ގާބިލްކަން ލިބިގެންދާނެއެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މި ބަނދަރަކީ ސައްތައިން ސައްތަ ދިވެހިންގެ ބެލުމުގެ ދަށުން ހިންގާނެ ދިވެހި ބަނދަރެކެވެ. މި ބަދަލާއެކު މުދަލުގެ އަގުތަކަށް ހެޔޮ ބަދަލެއް އައުމުގެ އިތުރުން، ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވިވެ، ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.

އެމްޕީއެލްރާއްޖޭގެ ވިޔަފާރި ބަނދަރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ސްޓޭކްހޯލްޑަރުންނާއި އެމް.ޕީ.އެލް އިން މަޝްވަރާކޮށްފި

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްފި

11 ދުވަސް ކުރިން - 01:05

ޕޯޓުގެ އޮޕަރޭޝަނުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުވެގެންދާނެ: ރައީސް

ޕޯޓުގެ އޮޕަރޭޝަނުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުވެގެންދާނެ: ރައީސް

12 ދުވަސް ކުރިން - 11:07

ވޭތުވެދިޔަ ހަފުތާގައި 42،000 އަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއަރ ކޮށްފި

42،000 އަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއަރ އެމްޕީއެލުން ކްލިއަރކޮށްފި

15 ދުވަސް ކުރިން - 18:06

ޕޯޓުގެ މައްސަލައަށް ރައީސް މުއިއްޒުގެ ސަރުކާރުން ދާއިމީ ހައްލެއް ހޯދައިދޭނެ: މިނިސްޓަރު ސައީދު

ޕޯޓުގެ މައްސަލައަށް ރައީސް މުއިއްޒުގެ ސަރުކާރުން ދާއިމީ ހައްލެއް ހޯދައިދޭނެ: ސައީދު

28 ދުވަސް ކުރިން - 21:20

މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" އިން ފެނާއި ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފި

ނޯތު ހާބަރުގެ "އޭ ޒޯން"އިން ފެނާއި ކަރަންޓުގެ ހިދުމަތް ފަށައިފި

34 ދުވަސް ކުރިން - 18:45

ތިލަފުށީގައި ތަރައްގީކުރާ ޕޯޓުގެ އަމަލީ މަސައްކަތް މިމަހު ފަށަނީ

ތިލަފުށީގައި ތަރައްގީކުރާ ޕޯޓުގެ އަމަލީ މަސައްކަތް މިމަހު ފަށަނީ

41 ދުވަސް ކުރިން - 12:10