މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ސަފާރީ އުޅަނދުފަހަރު ގަތުމަށާއި، އަލަށް ބަނުމަށާއި، އިންޖީނު އެޅުމުގެ އިތުރުން މަރާމާތުކުރުމަށް. ފައިސާ އަނބުރާ ދައްކަންޖެހޭނީ ޕީކް ސީޒަނާއި އޮފް-ޕީކް ސީޒަނަށް ބަލައިގެން، އާމްދަނީ ލިބޭ ގޮތަށް ރިއާޔަތްކޮށްގެން. އަދި ފައިސާ އަނބުރާ ދައްކަންޖެހޭނީ ޑޮލަރުން.
85 ދުވަސް ކުރިން - 18:31
ކޮންޓެއިނަރު އުޅަނދުފަހަރުން 41,929.04 ފްރައިޓް ޓަނުގެ މުދާ ވަނީ ކްލިއަރ ކޮށްފައިވޭ. އަވަހަށް ހަލާކުވާ ފަދަ ކާބޯތަކެތީގެ ބާވަތްތަކަށް ބަލާއިރު، ޖުމްލަ 62,915 ޕެކޭޖު ވަނީ ކްލިއަރ ކޮށްފައިވޭ.
88 ދުވަސް ކުރިން - 18:06
ބޭރުގެ ރިއަލް އެސްޓޭޓް ކުންގުނިތަކާއި އޮންލައިން ބުކިން ހަދާ ބޭރުގެ ޓްރެވެލް އެޖެންޓުން އަހަރަކު ގާތްގަނޑަކަށް 800 މިލިއަނެއްހާ ޑޮލަރު ރާއްޖޭގެ ބޭންކަށް ނުވައްދައި ސާފު ފައިދާގެ ގޮތުގައި އެބަ ގެންދޭ. މިކަން ހައްލު ކުރެވޭނީ އުސޫލުތައް ހަރުދަނާ ކޮށްގެން.
93 ދުވަސް ކުރިން - 18:38
ޑޮލަރުގެ އަގު ތާރީހުގައި ފުރަތަމަ ފަހަރަށް 22 ރ. އަށް އަރުވައިފި. މިކަން މި ކުރީ ޑޮލަރު ނެރިގެނެއް ނޫން. އާންމު ރައްޔިތުން ފެލައިލުމަށްފަހު އަމިއްލަ ޖީބު ބޮޑުކުރަން ކަޅު ބާޒާރުގެ ނުފޫޒުގަދަ ވިޔަފާރިވެރިން ގަސްތުގައި ހިންގާ ޖަރީމާއެ.
97 ދުވަސް ކުރިން - 10:21
މިއީ މޭ މަހާ އަޅާބަލާއިރު 18 މިލިއަން ޑޮލަރުގެ ދަށްވުމެއް ނަމަވެސް، ބޭނުންކުރެވޭ ރިޒާވް ވަނީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 23 އިންސައްތަ އިތުރުވެ، 248.9 މިލިއަން ޑޮލަރަށް އަރާފަ. ރިޒާވް ޖުމްލަކޮށް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވުން.
99 ދުވަސް ކުރިން - 10:27
މިއީ ޖީ.އެސް.ޓީ އާއި ކޯޕަރޭޓް އިންކަމް ޓެކްސް އިތުރުވުމުން އައި 10.4 އިންސައްތައިގެ ކުރިއެރުމެއް. ޚަރަދުތައް 23.4 ބިލިއަނަށް އުފުލުނީ މުސާރަ އާއި ސަބްސިޑީއަށް ކުރި ޚަރަދު އިތުރުވުމުން. ޚަރަދު އިތުރުވި ނަމަވެސް، 1.7 ބިލިއަން ރުފިޔާގެ ޕްރައިމަރީ ސާޕްލަސްއެއް ވަނީ ރެކޯޑުކުރެވިފަ.
99 ދުވަސް ކުރިން - 10:22
18-30 އަހަރާ ދެމެދުގެ ޒުވާނުންނަށް ރަހުނަކާ ނުލައި 150,000 ރުފިޔާއާ ހަމައަށް ލޯނު ލިބޭ މި ސްކީމަކީ 24 ގަޑިއިރު ތެރޭގައި ގޮތެއް ނިންމާނެ ފެސިލިޓީއެއް. 7 އިންސައްތަ އިންޓްރެސްޓްގައި ދޫކުރާ މި ލޯނާއެކު ވިޔަފާރީގެ ތަމްރީނާއި އިރުޝާދު ވެސް ލިބިގެންދާނެ.
100 ދުވަސް ކުރިން - 11:44
މި ޕްރޮމޯޝަނުގައި ކޮންމެ ކަސްޓަމަރަކަށްވެސް ގިނަވެގެން ލިބޭނީ ގުރުއަތުގެ ތިން އެންޓްރީ. މިގޮތުން ކުރާ ހަރަދުތަކަކީ ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކުން ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުރާ ހަރަދުތަކަށް ވާންޖެހޭނެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 6 ޖުލައި އިން ފެށިގެން 31 އޮގަސްޓް 2026 ގެ ނިޔަލަށް.
100 ދުވަސް ކުރިން - 11:27
ރާއްޖޭގެ އިގްތިސާދަށް ހުރަސްއެޅޭ ފަދަ ބޮޑެތި މައްސަލަތައް ކުރީގެ ސަރުކާރުތަކުން ފެނުނު ނަމަވެސް އަޅާނުލާ ދޫކޮށްލީ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި. މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވި ފަދައިން 2027 ގެ ނޮވެމްބަރުގެ ކުރިން ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވި.
101 ދުވަސް ކުރިން - 21:20
މިއީ އޭގެ ކުރީގެ ދެ އަހަރާއި ބައިގެ މުއްދަތާ އަޅާބަލާއިރު 741 މިލިއަން ޑޮލަރުގެ ބޮޑު އިތުރުވުމެއް. ރާއްޖެއިން ބޭރަށް 2021 ވަނަ އަހަރު މަހަކު އެވްރެޖްކޮށް 21 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެ އަދަދު ވަނީ 80 މިލިއަން ޑޮލަރަށް އަރާފަ.
101 ދުވަސް ކުރިން - 16:00
ޖޫން މަހުގެ އާމްދަނީ ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ގްރީން ޓެކްސް އާމްދަނީގެ ގޮތުގައި 1.2 ބިލިޔަން ރުފިޔާ ވަނީ ލިބިފަ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ، 1.1 ބިލިޔަން ރުފިޔާ
102 ދުވަސް ކުރިން - 10:15
މި ދަތުރުފުޅުގައި އިންޑިއާގެ ކޮމާސް މިނިސްޓަރާއި ވިޔަފާރި ޖަމިއްޔާތަކާ ބައްދަލުކުރައްވައި، ރައީސް މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ދެ ގައުމުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ކުރިއެރުންތައް މުރާޖަޢާކުރެއްވި. މި މަޝްވަރާތަކުގެ އަމާޒަކީ ވިޔަފާރިއާއި އިންވެސްޓްމަންޓް ފުޅާކޮށް، ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ މަންފާ ހޯދައިދިނުން.
104 ދުވަސް ކުރިން - 16:25