Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސަފާރީ އުޅަނދުތަކަށް ހާއްސަ "ލިވަބޯޑް ފައިނޭންސް" އެންމެ ކުޑަ އިންޓްރެސްޓް ރޭޓާއެކު ބީއެމްއެލް އިން ތައާރަފުކޮށްފި

ސަފާރީ އުޅަނދުތަކަށް ހާއްސަ "ލިވަބޯޑް ފައިނޭންސް" އެންމެ ކުޑަ އިންޓްރެސްޓް ރޭޓާއެކު ބީއެމްއެލް އިން ތައާރަފުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
7 ގަޑިއިރު ކުރިން - 29 ޖުލައި 2026 18:31
މިއީ މިހާތަނަށް ދޫކުރާ އެންމެ ކުޑަ ރޭޓުގެ "ލިވަބޯޑް ފައިނޭންސް" ފެސިލިޓީ---
މިއީ މިހާތަނަށް ދޫކުރާ އެންމެ ކުޑަ ރޭޓުގެ "ލިވަބޯޑް ފައިނޭންސް" ފެސިލިޓީ---
ޚުލާސާ

މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ސަފާރީ އުޅަނދުފަހަރު ގަތުމަށާއި، އަލަށް ބަނުމަށާއި، އިންޖީނު އެޅުމުގެ އިތުރުން މަރާމާތުކުރުމަށް. ފައިސާ އަނބުރާ ދައްކަންޖެހޭނީ ޕީކް ސީޒަނާއި އޮފް-ޕީކް ސީޒަނަށް ބަލައިގެން، އާމްދަނީ ލިބޭ ގޮތަށް ރިއާޔަތްކޮށްގެން. އަދި ފައިސާ އަނބުރާ ދައްކަންޖެހޭނީ ޑޮލަރުން.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މުހިންމު ދައުރެއް އަދާކުރާ ސަފާރީ އުޅަނދު ނުވަތަ ލިވަބޯޑް ދާއިރާއަށް ހާއްސަކޮށްގެން، ރާއްޖޭގައި މިހާތަނަށް ދޫކުރާ އެންމެ ކުޑަ ރޭޓާއެކު "ލިވަބޯޑް ފައިނޭންސް" ފެސިލިޓީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ތައާރަފުކޮށްފިއެވެ.

މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ސަފާރީ އުޅަނދުފަހަރު ގަތުމަށާއި، އަލަށް ބަނުމަށާއި، އިންޖީނު އެޅުމުގެ އިތުރުން މަރާމާތުކުރުމަށެވެ. އަދި އުޅަނދަށް ބޭނުންވާ އެކި ސާމާނާއި ވަސީލަތްތައް ހޯދުމަށްވެސް މި ލޯނު ބޭނުންކުރެވޭނެއެވެ. މީގެ ސަބަބުން މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފްލީޓް ފުޅާކުރުމަށާއި، ބޭނުންކުރަމުންދާ ބައު އުޅަނދުފަހަރު ޒަމާނީކުރުމަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.

މި ފެސިލިޓީގެ މުހިންމު ބައިތައް:

Advertisement

Advertisement 1
  1. އިންޓްރެސްޓް ރޭޓް: އަހަރަކު 9.5 އިންސައްތަ (މިއީ ރާއްޖޭގައި މިވަގުތު އުޅަނދުފަހަރަށް ދޫކުރާ އެންމެ ކުޑަ ރޭޓެވެ).
  2. ރަހުނު: މި ފެސިލިޓީގެ ދަށުން ރަހުނުގެ ގޮތުގައި ބޭނުންވާނީ ހަމައެކަނި ފައިނޭންސްކުރާ އުޅަނދެވެ. އިތުރު ރަހުނެއް ބޭނުމެއް ނުވާނެއެވެ.
  3. މުއްދަތު: ފައިސާ އަނބުރާ ދެއްކުމަށް 7 އަހަރާ ހަމައަށް މުއްދަތު ލިބެއެވެ.
  4. ދެއްކުމުގެ އުސޫލު: ފައިސާ އަނބުރާ ދެއްކުން ހަމަޖައްސާފައިވަނީ މި ދާއިރާގެ ޕީކް ސީޒަނާއި އޮފް-ޕީކް ސީޒަނަށް ބަލައިގެން، އާމްދަނީ ލިބޭ ގޮތަށް ރިއާޔަތްކޮށްގެންނެވެ. ފައިސާ އަނބުރާ ދައްކަންޖެހޭނީ އެމެރިކާ ޑޮލަރުންނެވެ.

މި ފެސިލިޓީ ތައާރަފުކުރުމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ލިވަބޯޑް އުޅަނދުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއް ދާއިރާ ކަމަށެވެ. "މި ސިނާއަތަށް އާމްދަނީ ލިބޭ ގޮތާއި ހަރަދުތައް ހިނގާ ގޮތަށް ބަލައި، ހާއްސަކޮށް ފަރުމާކޮށްފައިވާ މި ހިދުމަތުގެ ސަބަބުން، އޮޕަރޭޓަރުންނަށް އެ ބޭފުޅުންގެ ވިޔަފާރި ކުރިއެރުވުމަށް އިންވެސްޓްކުރުމުގެ ފުރުސަތާއި އިތުބާރު ލިބިގެންދާނެ،" ޝަރީފް ވިދާޅުވިއެވެ.

މި ފައިނޭންސިންގ ފެސިލިޓީގެ ސަބަބުން، ތަޖުރިބާކާރު އޮޕަރޭޓަރުންގެ އިތުރުން އަލަށް މި ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށްވެސް ބޭނުންވާ ރައުސްމާލު ހޯދުމަށް ފަސޭހަވެގެންދާނެއެވެ. ބީއެމްއެލް އަކީ ޒަމާނުއްސުރެ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ މާލީ ބައިވެރިއެކެވެ.

މި ފެސިލިޓީއާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/liveaboard-financing އިން ލިބެން ހުންނާނެއެވެ.

ބީއެމްއެލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބީއެމްއެލް އެކެޑަމީން މުވައްޒަފުންނަށް ތަމްރީނު ދިނުމަށް އިންސެފް ޔުނިވަރސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ބީއެމްއެލް އެކެޑަމީން މުވައްޒަފުންނަށް ތަމްރީނު ދިނުމަށް އިންސެފް ޔުނިވަރސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

9 ދުވަސް ކުރިން - 13:47

ބީއެމްއެލްއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމުން މުޅި ގައުމަށް އޭގެ ގެއްލުން ލިބޭ: ބީއެމްއެލް ސީއީއޯ

“ބީއެމްއެލްއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމުން މުޅިގައުމަށް އޭގެ ގެއްލުން ލިބޭ”

14 ދުވަސް ކުރިން - 20:12

ޒުވާނުންނަށް ހާއްސަ "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ތައާރަފުކޮށްފި: ލޯނަށް އެދޭތާ 24 ގަޑިއިރު ތެރޭގައި ގޮތެއް ނިންމާނެ

ޒުވާނުންނަށް ހާއްސަ "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ތައާރަފުކޮށްފި

14 ދުވަސް ކުރިން - 11:44

ބީއެމްއެލް މާސްޓަރކާޑު ބޭނުންކޮށްގެން 10،000 ރުފިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

ބީއެމްއެލް މާސްޓަރކާޑު ބޭނުންކޮށްގެން 10،000 ރުފިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

14 ދުވަސް ކުރިން - 11:27

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

14 ދުވަސް ކުރިން - 11:20

ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ބީއެމްއެލްއިން 1.7 ބިލިއަން ޑޮލަރު ވިއްކައިފި

ދެ އަހަރާއި ބައިގެ ތެރޭގައި ބީއެމްއެލްއިން 1.7 ބިލިއަން ޑޮލަރު ވިއްކައިފި

16 ދުވަސް ކުރިން - 16:00