Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބީއެމްއެލް މާސްޓަރކާޑު ބޭނުންކޮށްގެން 10،000 ރުފިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

ބީއެމްއެލް މާސްޓަރކާޑު ބޭނުންކޮށްގެން 10،000 ރުފިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

އައިޝަތު ރުވާ ރިފްޢަތު
56 ދުވަސް ކުރިން - 15 ޖުލައި 2026 11:27
މި ޕްރޮމޯޝަނަކީ ބީއެމްއެލް މާސްޓަރކާޑު ހައްދާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮމޯޝަނެއް---
މި ޕްރޮމޯޝަނަކީ ބީއެމްއެލް މާސްޓަރކާޑު ހައްދާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮމޯޝަނެއް---
ޚުލާސާ

މި ޕްރޮމޯޝަނުގައި ކޮންމެ ކަސްޓަމަރަކަށްވެސް ގިނަވެގެން ލިބޭނީ ގުރުއަތުގެ ތިން އެންޓްރީ. މިގޮތުން ކުރާ ހަރަދުތަކަކީ ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކުން ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުރާ ހަރަދުތަކަށް ވާންޖެހޭނެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 6 ޖުލައި އިން ފެށިގެން 31 އޮގަސްޓް 2026 ގެ ނިޔަލަށް.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާސްޓަރކާޑާ ގުޅިގެން "ގެޓް ރިވޯޑަޑް ވިތް މާސްޓަރކާޑު" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ. މި ޕްރޮމޯޝަނަކީ އަލަށް ބީއެމްއެލް މާސްޓަރކާޑު ޑެބިޓް ކާޑު ހައްދާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 6 ޖުލައި 2026 އިން ފެށިގެން 31 އޮގަސްޓް 2026 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ގުރުއަތުން ހޮވޭ ނަސީބުވެރި 10 ފަރާތަކަށް ކޮންމެ މީހަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ފައިސާ ޖަމާކުރެވޭނީ ނަސީބުވެރިންގެ ބީއެމްއެލް ރުފިޔާ އެކައުންޓަށެވެ.

ގުރުއަތުގައި ބައިވެރިވެވޭނެ ގޮތް:

Advertisement

Advertisement 1
  1. ކާޑަށް އެދުމާއި އެކްޓިވޭޓް ކުރުން: އާ ބީއެމްއެލް މާސްޓަރކާޑު ޑެބިޓް ކާޑަކަށް އެދި، ކާޑު ލިބުމުން އެކްޓިވޭޓް ކުރުމަށްފަހު މަދުވެގެން 200 ރުފިޔާގެ މުއާމަލާތެއް ކުރުމުން ގުރުއަތަށް އެއް އެންޓްރީ ލިބޭނެއެވެ.
  2. ހަފުތާގެ ހަރަދު: ކޮންމެ ހަފުތާއަކު މަދުވެގެން 1,000 ރުފިޔާ ކާޑުން ހަރަދުކުރުމުން އިތުރު އެއް އެންޓްރީ ލިބޭނެއެވެ.
  3. މަހުގެ ހަރަދު: މަހެއްގެ ތެރޭގައި ޖުމްލަ 5,000 ރުފިޔާ ކާޑުން ހަރަދުކުރުމުން އިތުރު އެންޓްރީއެއް ލިބޭނެއެވެ.

މި ޕްރޮމޯޝަނުގައި ކޮންމެ ކަސްޓަމަރަކަށްވެސް ގިނަވެގެން ލިބޭނީ ގުރުއަތުގެ ތިން އެންޓްރީއެވެ. މިގޮތުން ކުރާ ހަރަދުތަކަކީ ބީއެމްއެލްގެ ޕީއޯއެސް (POS) ޓާމިނަލްތަކުން ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުރާ ހަރަދުތަކަށް ވާންޖެހޭނެއެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މި ޕްރޮމޯޝަނުގެ މަގްސަދަކީ ކަސްޓަމަރުން ޑިޖިޓަލް ފޭމަންޓްތަކަށް އަހުލުވެރިކުރުވުމާއި، މާސްޓަރކާޑު ބޭނުންކުރާ ފަރާތްތަކަށް އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. ކާޑަށް އެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

ބީއެމްއެލްޕްރޮމޯޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

16 ދުވަސް ކުރިން - 14:50

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

22 ދުވަސް ކުރިން - 08:48

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބޭންކް އޮފް މޯލްޑިވްސްއިން އިރުޝާދު ދީފި

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބީއެމްއެލްއިން އިރުޝާދު ދީފި

26 ދުވަސް ކުރިން - 20:27

ބީއެމްއެލްގެ މެއިންޓަނެންސް މަސައްކަތަކަށް މިރޭ ބައެއް ހިދުމަތްތައް މެދުކެނޑެނީ

ބީއެމްއެލްގެ މެއިންޓަނެންސް މަސައްކަތަކަށް މިރޭ ބައެއް ހިދުމަތްތައް މެދުކެނޑެނީ

33 ދުވަސް ކުރިން - 14:26

ބީއެމްއެލްގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި

ބީއެމްއެލްގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި

36 ދުވަސް ކުރިން - 13:46

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އައްޔަންކޮށްފި

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އައްޔަންކޮށްފި

40 ދުވަސް ކުރިން - 19:04