Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ވިޔަފާރި

ފުރަތަމަ ހަ މަސްދުވަހު މީރާއަށް އާމްދަނީގެ ގޮތުގައި 19.3 ބިލިއަން ރުފިޔާ

ފުރަތަމަ ހަ މަސްދުވަހު މީރާއަށް އާމްދަނީގެ ގޮތުގައި 19.3 ބިލިއަން ރުފިޔާ

މިދިޔަ އަހަރުގެ ޖެނުއަރީން ޖޫން މަހުގެ ނިޔަލަށް ލިބިފައިވަނީ 17.02 ބިލިއަން ރުފިޔާ. މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު އާމްދަނީ ލިބުނު މިންވަރު ވަނީ ގާތްގަނޑަކަށް 13.4 އިންސައްތަ އިތުރުވެފަ. ޖީ.އެސް.ޓީގެ ގޮތުގައި 9.57 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މީރާއަށް ލިބުނު ޖުމްލަ އާމްދަނީގެ 49.6 އިންސައްތަ.

104 ދުވަސް ކުރިން - 15:23

ޖޫން މަހު މީރާއަށް 2.92 ބިލިއަން ރުފިޔާ ލިބިއްޖެ

ޖޫން މަހު މީރާއަށް 2.92 ބިލިއަން ރުފިޔާ ލިބިއްޖެ

ފަތުރުވެރިކަމުގެ ދާއިރާއިން ގާތްގަނޑަކަށް 1.09 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މުޅި އާމްދަނީގެ %37.2. ޓެކްސް އާމްދަނީ 2.18 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 742.5 މިލިއަން ރުފިޔާ ވަނީ ލިބިފަ. މިއީ ފާއިތުވި 5 އަހަރު ޖޫން މަހެއްގައި ލިބުނު އެންމެބޮޑު އާމްދަނީ.

105 ދުވަސް ކުރިން - 14:07

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

މި ދަތުރުގައި ބެއިޖިންގ، ޝަންހާއީ އަދި ޗެންގްޑޫގައި ސަރުކާރާއި ޓޫރިޒަމް ދާއިރާގެ ފަރާތްތަކާ ބައްދަލުކޮށް، ރާއްޖެއަށް ފަތުރުވެރިން އިތުރަށް ގެނައުމާއި މާކެޓް ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކުރިއަށް ދާނެ.. މި އަހަރު 168,677 އަށް ވުރެ ގިނަ ޗައިނާގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވޭ.

112 ދުވަސް ކުރިން - 21:31

'އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނަބަލް ފައިނޭންސް' އެވޯޑް ބީއެމްއެލްއަށް

'އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނަބަލް ފައިނޭންސް' އެވޯޑް ބީއެމްއެލްއަށް

މި އެވޯޑް ދީފައިވަނީ އެ ބޭންކުން ތިމާވެއްޓާ ރައްޓެހި، މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުކަންދޭ، އަދި ދެމެހެއްޓެނިވި އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ މާލީ ހިދުމަތްތަކާއި މަޝްރޫއުތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން. ދެމެހެއްޓެނިވި ތަރައްގީއާއި މޫސުމީ ކަންކަމަށް ކެތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ވަނީ ހާއްސަ އިސްކަމެއް ދީފަ.

113 ދުވަސް ކުރިން - 07:35

އެމް.އެމް.އޭގެ "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" އެވޯޑް ބީއެމްއެލްއަށް

އެމް.އެމް.އޭގެ "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" އެވޯޑް ބީއެމްއެލްއަށް

މި އެވޯޑަކީ ޑިޖިޓަލް ޓެކްނޮލޮޖީ އާއި އީޖާދުތަކުގެ އެހީގައި ރާއްޖޭގެ މާލީ ހިދުމަތްތައް ޒަމާނީކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިން އެވޯޑެއް. ބީއެމްއެލްއަށް މި އެވޯޑް ލިބުނީ އެވޯޑް ލިބުނީ ރާއްޖޭގެ ބޭންކިންގ ދާއިރާ ޒަމާނީ ކުރުމަށް އެ ބޭންކުން ކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓުތަކުގެ ސަބަބުން.

113 ދުވަސް ކުރިން - 07:25

ތިލަފުށީގައި ތަރައްގީކުރާ ޕޯޓުގެ އަމަލީ މަސައްކަތް މިމަހު ފަށަނީ

ތިލަފުށީގައި ތަރައްގީކުރާ ޕޯޓުގެ އަމަލީ މަސައްކަތް މިމަހު ފަށަނީ

މި މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މި މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ވަނީ ތާވަލުކުރެވިފަ. ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް މުޅި މަޝްރޫއު ނިންމައި، މާލޭގެ ކޮމާޝަލް ޕޯޓު އެއްކޮށް ތިލަފުއްޓަށް ބަދަލުކުރުން ކަމަށް.

114 ދުވަސް ކުރިން - 12:10

ކަސްޓަމަރުންނަށް ފައިދާލިބޭ ގޮތަށް ޑޮލަރު އިންވެސްޓްކުރުމުގެ ފުރުސަތު ބީއެމްއެލްއިން ހުޅުވާލައިފި

ކަސްޓަމަރުންނަށް ފައިދާލިބޭ ގޮތަށް ޑޮލަރު އިންވެސްޓްކުރުމުގެ ފުރުސަތު ބީއެމްއެލްއިން ހުޅުވާލައިފި

ބީއެމްއެލް މޯބައިލް އެޕް މެދުވެރިކޮށް އޮންލައިންކޮށް ކުރެވޭ މި އިންވެސްޓްމަންޓުގެ ފައިދާ ޖެހިގެން އަންނަ ދުވަހު ލިބޭނެ. ސީއީއޯ ވިދާޅުވީ، މީގެ މަގްސަދަކީ ކާޑު މުއާމަލާތްތަކާއި އިމްޕޯޓަށް ބޭނުންވާ ޑޮލަރު ދެމެހެއްޓެނިވި ގޮތެއްގައި ހޯދައި، ކަސްޓަމަރުންނަށް މަންފާ ހޯދައިދިނުން ކަމަށް.

114 ދުވަސް ކުރިން - 22:13

މޯލްޑިވްސް ޕޯސްޓުން %26 ގެ ޑިސްކައުންޓާއެކު ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

މޯލްޑިވްސް ޕޯސްޓުން %26 ގެ ޑިސްކައުންޓާއެކު ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

އަގުހުރި އިނާމުތަކުގެ ތެރޭގައި؛ ފުރަތަމަ ސްޓޭޖްގެ ނަސީބުވެރިޔާއަށް: ޕޯޗުގަލް ގައުމީ ޓީމުގެ ޖާރޒީއެއް. ދެވަނަ ސްޓޭޖްގެ ނަސީބުވެރިޔާއަށް: ފްރާންސް ގައުމީ ޓީމުގެ ޖާރޒީއެއް. މުޅި އިވެންޓްގެ ގްރޭންޑް ވިނަރއަށް: ފީފާ ވޯލްކަޕް ހިސްޓޮރީ ބޯލް ސެޓަކާއި، 20 ކިލޯގެ ތަކެތި ހިލޭ ފޮނުވޭނެ އީއެމްއެސް ވައުޗަރެއް.

114 ދުވަސް ކުރިން - 22:02

އިގްތިސާދުގެ ވަރުގަދަކަން ގުޅިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ: ރައީސް

އިގްތިސާދުގެ ވަރުގަދަކަން ގުޅިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ: ރައީސް

"މޯލްޑިވްސް 2.0" މެދުވެރިކޮށް މާލީ އެހީއާއި، އަލީބާބާ އަދި ޕޭޕަލް ފަދަ ބައިނަލްއަގްވާމީ ބާޒާރުތަކަށް ފުރުސަތު ހުޅުވާލާނެކަމަށް އެމަނިކުފާނު ވިދާޅުވި. އަދި 2026 އާއި 2027 ވަނަ އަހަރު މިފަދަ ވިޔަފާރިތައް ކުރިއެރުވުމަށް ހާއްސަ ކުރައްވާނެ ކަމަށާއި، އަމާޒަކީ ހުރިހާ ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވި.

118 ދުވަސް ކުރިން - 13:53

ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކުރަނީ

ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކުރަނީ

މިއީ ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު މަދުވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެޅި ވަގުތީ ފިޔަވަޅެއް. މީގެ މައިގަނޑު މަގުސަދަކީ، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުން.

119 ދުވަސް ކުރިން - 17:16

40 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ފުރުސަތުތަކާއެކު "ދިނަފް-48" ރަސްމީކޮށް ތަޢާރަފްކޮށްފި

40 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ފުރުސަތުތަކާއެކު "ދިނަފް-48" ރަސްމީކޮށް ތަޢާރަފްކޮށްފި

އިންވެސްޓްކުރުމަށް ކަނޑައަޅާފައިވާ އެންމެ މަދު މިންވަރަކީ 50،000 ރުފިޔާ. މި ފަންޑުން އިންވެސްޓްކުރާ މުއްދަތަށް ބަލައި 10.50 އިންސައްތައާއި 12.00 އިންސައްތައާ ދެމެދުގެ ފައިދާއެއް ލިބޭނެކަމަށް ދިނަފްއިން މައުލޫމާތުދޭ.

120 ދުވަސް ކުރިން - 23:28

އެސްޑީއެފް އަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފި

އެސްޑީއެފް އަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފި

މިއަހަރުގެ ބަޖެޓުގައި މި ފަންޑަށް 2.4 ބިލިއަން ރުފިޔާ ޖަމާކުރުމަށް އަމާޒު ހިފާފައިވާއިރު، މިހާތަނަށް ވަނީ އަމާޒުގެ 40 އިންސައްތަ ހާސިލުވެފަ. އެއާޕޯޓް ފީގެ އާމްދަނީން ބޮޑުބައެއް ހިއްސާކުރާ މި ފަންޑަކީ ދައުލަތުގެ ބޮޑެތި ދަރަނިތަކާއި ސުކޫކު އަދާކުރުމަށް ބޭނުންކުރާ މުހިންމު ފަންޑެއް.

124 ދުވަސް ކުރިން - 16:30

Previous12345Next