Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޭންކް އޮފް މޯލްޑިވްސްއަށް އެމް.އެމް.އޭގެ "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" އެވޯޑް ލިބިއްޖެ

ބޭންކް އޮފް މޯލްޑިވްސްއަށް އެމް.އެމް.އޭގެ "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" އެވޯޑް ލިބިއްޖެ

އައިޝަތު ރުވާ ރިފްޢަތު
47 ދުވަސް ކުރިން - 2 ޖުލައި 2026 07:25
ބީއެމްއެލްގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގަތީ އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް. / ފޮޓޯ: އެމްއެމްއޭ
ބީއެމްއެލްގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގަތީ އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް. / ފޮޓޯ: އެމްއެމްއޭ
ޚުލާސާ

މި އެވޯޑަކީ ޑިޖިޓަލް ޓެކްނޮލޮޖީ އާއި އީޖާދުތަކުގެ އެހީގައި ރާއްޖޭގެ މާލީ ހިދުމަތްތައް ޒަމާނީކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިން އެވޯޑެއް. ބީއެމްއެލްއަށް މި އެވޯޑް ލިބުނީ އެވޯޑް ލިބުނީ ރާއްޖޭގެ ބޭންކިންގ ދާއިރާ ޒަމާނީ ކުރުމަށް އެ ބޭންކުން ކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓުތަކުގެ ސަބަބުން.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އަލަށް ތައާރަފުކުރި "މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސް" ގައި، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އަށް "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" އެވޯޑް އަރުވައިފިއެވެ. މި އެވޯޑަކީ ޑިޖިޓަލް ޓެކްނޮލޮޖީ އާއި އައު އީޖާދުތަކުގެ އެހީގައި ރާއްޖޭގެ މާލީ ހިދުމަތްތައް ޒަމާނީ ކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިން އެވޯޑެކެވެ.

އެމް.އެމް.އޭގެ 45 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދޭން ފެށި މި އެވޯޑްތަކަކީ، ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ފާހަގަކޮށްލެވޭ ފަދަ މުހިންމު ހިދުމަތްތަކެއް ކޮށްދީފައިވާ މުއައްސަސާތަކާއި ފަރުދުންގެ އަގުވަޒަންކުރުމަށް ދެވޭ އެވޯޑްތަކެކެވެ.

"އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" ކެޓަގަރީއިން އެވޯޑް ދެނީ، ޑިޖިޓަލް ޓެކްނޮލޮޖީ އާއި އައު އީޖާދުތައް ބޭނުންކޮށްގެން މާލީ ހިދުމަތްތަކަށް އިންގިލާބީ ބަދަލުތަކެއް ގެނެސް، ކަސްޓަމަރުންގެ ތަޖުރިބާ އާއި، ހިދުމަތް ދިނުމުގެ ހަލުވިމިނާއި، މާލީ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދީ، މުޅި މާލީ ބާޒާރު ކުރިއެރުވުމަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތަކަށެވެ.

Advertisement

Advertisement 1

ބޭންކް އޮފް މޯލްޑިވްސްއަށް މި އެވޯޑް ލިބުނީ ރާއްޖޭގެ ބޭންކިންގ ދާއިރާ ޒަމާނީ ކުރުމަށް އެ ބޭންކުންކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓްތަކާއި، މުޅި ރާއްޖެއަށް ޑިޖިޓަލް ބޭންކިންގ ހިދުމަތްތައް ތައާރަފުކޮށް ފުޅާކުރުމުގައި އަދާކުރަމުންދާ އިސް ދައުރުގެ ސަބަބުންނެވެ. އެވޯޑް ޕެނަލުން ފާހަގަކުރި ގޮތުގައި، ޑިޖިޓަލް ޕްލެޓްފޯމްތަކާއި ޓެކްނޮލޮޖީއަށް ބިނާވެފައިވާ މާލީ ހައްލުތައް ހޯދައިދިނުމަށް ބޭންކުން މެދުނުކެނޑި ކުރަމުންދާ މަސައްކަތުގެ ސަބަބުން، ކަސްޓަމަރުން ބޭންކިންގ ހިދުމަތް ހޯދާ އަދި ބޭނުންކުރާ ގޮތަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ.

ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ޑިޖިޓަލް ބޭންކިންގ އަކީ ރާއްޖޭގެ މާލީ ނިޒާމުގެ މުހިންމު ބަޔަކަށް ވަނީ ވެފައެވެ. މޮބައިލް ބޭންކިންގ އެޕްލިކޭޝަންތަކާއި، އިންޓަރނެޓް ބޭންކިންގ، ސެލްފް ސަރވިސް ބޭންކިންގ އަދި ޑިޖިޓަލް ޕޭމަންޓް ހިދުމަތްތަކުގެ ސަބަބުން، ބޭންކުގެ ބްރާންޗުތަކަށް ދިއުމުގެ ބަދަލުގައި ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު މާލީ މުއާމަލާތްތައް ހިންގުމުގެ މަގު ވަނީ ތަނަވަސްވެފައެވެ.

ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި، ރަށްތައް ވަކިވަކިން އޮތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގައި ޑިޖިޓަލް މާލީ ހިދުމަތްތަކުގެ ދައުރު ބޮޑެވެ. މި ހިދުމަތްތަކުގެ ސަބަބުން އެކި ރަށްރަށގައި ދިރިއުޅޭ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މާލީ ހިދުމަތްތައް ހަލުވިކަމާއެކު ލިބިގަތުމަށް ވަނީ ފަސޭހަވެފައެވެ.

މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސް އަކީ މާލީ ދާއިރާގެ އެކި ދާއިރާތަކުން ހޯދާ ކާމިޔާބީތައް ފާހަގަކުރުމަށް ތައާރަފުކުރި އެވޯޑެކެވެ. މީގެ ތެރޭގައި މާލީ ހިދުމަތްތައް އެންމެނަށް ފޯރުކޮށްދިނުން (ފައިނޭންޝަލް އިންކްލޫޝަން)، ޑިޖިޓަލް ފައިނޭންސް، ގްރީން ފައިނޭންސް، އަދި އާދަޔާ ހިލާފު އައު އީޖާދުތައް ފަދަ ދާއިރާތައް ހިމެނެއެވެ.

ނަމަވެސް، މި ފަހަރުގެ އެވޯޑްތަކުގެ ތެރެއިން "އެކްސެލެންސް އިން ފައިނޭންޝަލް ލިޓްރަސީ އެންޑް ކޮންސިއުމަރ އެމްޕަވަރމަންޓް" އަދި "އެކްސެލެންސް އިން އެސް.އެމް.އީ ފައިނޭންސް" މި ދެ ކެޓަގަރީއިން އެވޯޑް ދީފައެއް ނުވެއެވެ. ޖަޖުންގެ ޕެނަލުން ނިންމާފައިވަނީ އެ ދާއިރާތަކުން ހުށަހެޅިފައިވާ މަސައްކަތްތައް އެވޯޑް ދިނުމަށް ކަނޑައަޅާފައިވާ މިންގަނޑަށް ފެތިފައިނުވާތީއެވެ.

ބީއެމްއެލްއެމްއެމްއޭ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޭންކިން ދާއިރާގެ އިސްމަގާމުތަކުގައި ދިވެހިންގެ ނިސްބަތް %80 އަށް އިތުރުކުރުމަކީ އަމާޒެއް: މުނައްވަރު

“ބޭންކިން ދާއިރާގެ އިސްމަގާމުތަކުގައި ދިވެހިންގެ ނިސްބަތް %80 އަށް އިތުރުކުރުމަކީ އަމާޒެއް”

4 ގަޑިއިރު ކުރިން - 12:17

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

7 ގަޑިއިރު ކުރިން - 08:48

ރަސްމީ ޑޮލަރު ރިޒާވްގައި 638 މިލިއަން ޑޮލަރުގައި، ސަބަބަކީ ދަތުރުފަތުރާއި ބޭސްފަރުވާއަށް ޑޮލަރު ވިއްކި މިންވަރު އިތުރުވުން

ޖުލައި މަހު ރަސްމީ ރިޒާވް 638 މިލިއަން ޑޮލަރަށް

1 ދުވަސް ކުރިން - 13:11

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބޭންކް އޮފް މޯލްޑިވްސްއިން އިރުޝާދު ދީފި

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބީއެމްއެލްއިން އިރުޝާދު ދީފި

3 ދުވަސް ކުރިން - 20:27

އިންޝުއަރެންސްގެ އާންމު މާއްދާތަކާއި ރިސްކުތަކާ ބެހޭ ގަވާއިދަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފި

އިންޝުއަރެންސްގެ އާންމު މާއްދާތަކާއި ރިސްކުތަކާ ބެހޭ ގަވާއިދަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފި

3 ދުވަސް ކުރިން - 20:00

ޖޫންމަހާ އަޅާބަލާއިރު ޖުލައި މަހު އެމްއެމްއޭއިން ޑޮލަރު ވިއްކި އަދަދު ބޮޑުތަނުން އިތުރުވެއްޖެ

ޖޫންމަހާ އަޅާބަލާއިރު ޖުލައި މަހު އެމްއެމްއޭއިން ޑޮލަރު ވިއްކި އަދަދު އިތުރުވެއްޖެ

3 ދުވަސް ކުރިން - 16:59