Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކުރަން ނިންމައިފި

ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކުރަން ނިންމައިފި

އައިޝަތު ރުވާ ރިފްޢަތު
50 ދުވަސް ކުރިން - 25 ޖޫން 2026 17:16
އެމްއެމްއޭ. / ފޮޓޯ: ޚުލާސާ
އެމްއެމްއޭ. / ފޮޓޯ: ޚުލާސާ
ޚުލާސާ

މިއީ ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު މަދުވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެޅި ވަގުތީ ފިޔަވަޅެއް. މީގެ މައިގަނޑު މަގުސަދަކީ، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުން.

ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް ރާއްޖޭގެ ބާޒާރުގައި ބޭރު ފައިސާގެ ތާށިކަން ކުޑަކުރުމަށްޓަކައި، ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު 25 އިންސައްތަ އިތުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ނިންމައިފިއެވެ.

މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި، މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސްދުވަހުގެ ނިޔަލަށް، ކޮންމެ ހަފްތާއަކު ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު މިހާރަށްވުރެ ޖުމްލަކޮށް 25 އިންސައްތަ އިތުރުވާނެއެވެ. މިއީ ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު މަދުވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެޅި ވަގުތީ ފިޔަވަޅެކެވެ.

އެމް.އެމް.އޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ވިޔަފާރިތަކަށާއި އާންމުންގެ އެކި ބޭނުންތަކަށް ބޭންކުތައް މެދުވެރިކޮށް ވިއްކާފައިވާ ބޭރު ފައިސާގެ މިންވަރު ވަނީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 72 އިންސައްތަ އިތުރުވެފައެވެ. ވަކިން ހާއްސަކޮށް، ބޭސްފަރުވާއަށާއި ތައުލީމަށް ބޭންކުތައް މެދުވެރިކޮށް ވިއްކި ބޭރު ފައިސާގެ މިންވަރު 78 އިންސައްތަ އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ރާއްޖެއަށް ބޭނުންވާ ތެލާއި، ކާޑުގެ ބާވަތްތަކާއި، ބޭހާއި މެޑިކަލް އިކުއިޕްމަންޓް އެތެރެކުރުމަށް އެމް.އެމް.އޭ އިން ވިއްކި ބޭރު ފައިސާގެ އަދަދު ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 30 އިންސައްތަ އިތުރުވެފައެވެ.

މަރުކަޒީ ބޭންކުން ބޭންކުތަކަށް ދޫކުރާ ޑޮލަރު އިތުރުކުރުމުގެ މައިގަނޑު މަގުސަދަކީ، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދީ، ބޭންކިންގ ނިޒާމުގެ ތެރޭގައި އޮތް ބޭރު ފައިސާގެ ދަތިކަން ކުޑަކުރުމެވެ. މި ބަދަލާއެކު، ކަސްޓަމަރުންނަށް ބޭންކުތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެމް.އެމް.އޭ އިން ވަނީ ބޭރު ފައިސާގެ މާކެޓް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ބޭރު ފައިސާގެ ގާނޫނު ތަންފީޒުކުރުމާއި، ގަވާއިދުތަކަށް ގެނައި ބަދަލުތަކުގެ އިތުރުން، އިސްކަންދޭންޖެހޭ ކަންކަމަށް ބޭރު ފައިސާ ހޯދައިދިނުމުގައި ބޭންކުތަކާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް ހިމެނެއެވެ.

އެމްއެމްއޭ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

އިންޝުއަރެންސްގެ އާންމު މާއްދާތަކާއި ރިސްކުތަކާ ބެހޭ ގަވާއިދަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފި

އިންޝުއަރެންސްގެ އާންމު މާއްދާތަކާއި ރިސްކުތަކާ ބެހޭ ގަވާއިދަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފި

3 ގަޑިއިރު ކުރިން - 20:00

ޖޫންމަހާ އަޅާބަލާއިރު ޖުލައި މަހު އެމްއެމްއޭއިން ޑޮލަރު ވިއްކި އަދަދު ބޮޑުތަނުން އިތުރުވެއްޖެ

ޖޫންމަހާ އަޅާބަލާއިރު ޖުލައި މަހު އެމްއެމްއޭއިން ޑޮލަރު ވިއްކި އަދަދު އިތުރުވެއްޖެ

6 ގަޑިއިރު ކުރިން - 16:59

ޖޫން މަހު ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ނަމަވެސް، ކުރު މުއްދަތުގެ ދަރަނިތައް އަދާކުރުމާ އެކު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

29 ދުވަސް ކުރިން - 10:27

'އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނަބަލް ފައިނޭންސް' އެވޯޑް ބީއެމްއެލްއަށް

'އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނަބަލް ފައިނޭންސް' އެވޯޑް ބީއެމްއެލްއަށް

43 ދުވަސް ކުރިން - 07:35

ބޭންކް އޮފް މޯލްޑިވްސްއަށް އެމް.އެމް.އޭގެ "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" އެވޯޑް ލިބިއްޖެ

އެމް.އެމް.އޭގެ "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" އެވޯޑް ބީއެމްއެލްއަށް

43 ދުވަސް ކުރިން - 07:25

ރާއްޖޭގެ މާލީ ނިޒާމު ހަމައަކަށް އެޅިފައިވާ ކަމަށް އައި.އެމް.އެފް އިން ބުނެފި

ރާއްޖޭގެ މާލީ ނިޒާމު ހަމައަކަށް އެޅިފައިވާ ކަމަށް އައި.އެމް.އެފް އިން ބުނެފި

58 ދުވަސް ކުރިން - 10:51

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%