Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު މީރާއަށް އާމްދަނީގެ ގޮތުގައި 19.3 ބިލިއަން ރުފިޔާ ލިބިއްޖެ

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު މީރާއަށް އާމްދަނީގެ ގޮތުގައި 19.3 ބިލިއަން ރުފިޔާ ލިބިއްޖެ

އައިޝަތު ރުވާ ރިފްޢަތު
49 ދުވަސް ކުރިން - 10 ޖުލައި 2026 15:23
މީރާ އޮފީސް ހުންނަ އިމާރާތުގެ ނަންބޯޑު. / ފޮޓޯ: ޚުލާސާ
މީރާ އޮފީސް ހުންނަ އިމާރާތުގެ ނަންބޯޑު. / ފޮޓޯ: ޚުލާސާ
ޚުލާސާ

މިދިޔަ އަހަރުގެ ޖެނުއަރީން ޖޫން މަހުގެ ނިޔަލަށް ލިބިފައިވަނީ 17.02 ބިލިއަން ރުފިޔާ. މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު އާމްދަނީ ލިބުނު މިންވަރު ވަނީ ގާތްގަނޑަކަށް 13.4 އިންސައްތަ އިތުރުވެފަ. ޖީ.އެސް.ޓީގެ ގޮތުގައި 9.57 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މީރާއަށް ލިބުނު ޖުމްލަ އާމްދަނީގެ 49.6 އިންސައްތަ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 19.3 ބިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 2.28 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ޖެނުއަރީން ޖޫން މަހުގެ ނިޔަލަށް ލިބިފައިވަނީ 17.02 ބިލިއަން ރުފިޔާއެވެ. އެހެންކަމުން، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު އާމްދަނީ ލިބުނު މިންވަރު ވަނީ ގާތްގަނޑަކަށް 13.4 އިންސައްތަ އިތުރުވެފައެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބުނު ފައިސާއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ޓެކްސް އާމްދަނީގެ ގޮތުގައި 15.42 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 13.50 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.92 ބިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 3.88 ބިލިއަން ރުފިޔާއެވެ.

Advertisement

Advertisement 1

އާމްދަނީގެ ދެބައިކުޅަ އެއްބައި ހިއްސާކުރަނީ ޖީ.އެސް.ޓީ

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީ.އެސް.ޓީ އިންނެވެ. ޖީ.އެސް.ޓީގެ ގޮތުގައި 9.57 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މީރާއަށް ލިބުނު ޖުމްލަ އާމްދަނީގެ 49.6 އިންސައްތައެވެ.

ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އިންކަމް ޓެކުހުގެ ގޮތުގައި 3.55 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ޖުމްލަ އާމްދަނީގެ 18.4 އިންސައްތައެވެ. މީގެ އިތުރުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ލިބުނު އެހެނިހެން މުހިންމު އާމްދަނީތަކުގެ ތެރޭގައި ހިމެނެނީ:

ޓޫރިޒަމް ލޭންޑް ރެންޓް: 1.13 ބިލިއަން ރުފިޔާ

ގްރީން ޓެކްސް: 1.22 ބިލިއަން ރުފިޔާ

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ: 1.08 ބިލިއަން ރުފިޔާ

ޑިޕާޗަރ ޓެކްސް: 1.06 ބިލިއަން ރުފިޔާ

އިމްޕްލިމެންޓޭޝަން ފިޔަވަޅުތަކުން 465 މިލިއަން ރުފިޔާ ހޯދައިފި

ނުދައްކާ ހުރި ފައިސާ ހޯދުމަށް މީރާއިން އެޅި ތަފާތު ފިޔަވަޅުތަކުން ޖުމްލަ 465 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. މީގެ ތެރެއިން އެންމެ ގިނަ ފައިސާ ހޯދާފައިވަނީ 'ޑަނިންގް' ނުވަތަ ފައިސާ ދެއްކުމަށް އެންގި އެންގުންތަކުންނެވެ. އެގޮތުން 286.41 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.

މީގެ އިތުރުން، ބޭންކު އެކައުންޓް ފްރީޒްކޮށްގެން 650,000 ރުފިޔާ އަދި އެހެނިހެން ފިޔަވަޅުތައް އަޅައިގެން 510,000 ރުފިޔާ ވަނީ ހޯދާފައެވެ. މީރާއިން ހާމަކުރި ގޮތުގައި މިގޮތަށް ހޯދާފައިވާ ފައިސާއަކީ މީގެ ކުރީގެ ސުންގަޑިތަކަށް ނުދައްކާ ހުރި ފައިސާއެވެ.

ޖޫން މަހުގެ ރިޕޯޓުގައިވާ ގޮތުން، އެ މަހުގެ އާމްދަނީގެ 14.3 އިންސައްތައަކީ ކުރީގެ ސުންގަޑިތަކާ ގުޅުންހުރި ފައިސާއެވެ. އަދި 23.4 އިންސައްތައަކީ ނުދައްކާ ހުރި ފައިސާ ހޯދުމަށް ހިންގި ހާއްސަ ހަރަކާތްތަކުން ލިބުނު ފައިސާއެވެ. މި މުއްދަތުގެ ތެރޭގައި އިތުރަށް ދައްކާފައިވާ ފައިސާގެ ގޮތުގައި 102.45 މިލިއަން ރުފިޔާ އަނބުރާ ރައްދުކޮށްދީފައިވާ ކަމަށްވެސް މީރާއިން ބުނެފައިވެއެވެ.

މީރާގްރީން ޓެކްސްޓެކްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިއީ އާ ޓެކްސެއް ނޫން: ޖީ.އެސް.ޓީ އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ހަގީގީ ބަދަލަކީ ކޮބައި؟

ޖީ.އެސް.ޓީ އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ހަގީގީ ބަދަލަކީ ކޮބައި؟

11 ދުވަސް ކުރިން - 19:40

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރައްވައިފި

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރައްވައިފި

40 ދުވަސް ކުރިން - 12:41

ޓެކްސްގެ އާމްދަނީ އިތުރުވުމާއެކު ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެ، އާމްދަނީ 22.4 ބިލިއަން ރުފިޔާއަށް އަރައިފި

ޓެކްސްގެ އާމްދަނީ އިތުރުވެ، އާމްދަނީ 22.4 ބިލިއަން ރުފިޔާއަށް އަރައިފި

44 ދުވަސް ކުރިން - 10:22

ރައީސްގެ ސިޔާސަތާއި އެކު ގްރީން ޓެކުހުގެ ފައިދާ ރެކޯޑް އަދަދަކަށް އިތުރުވެއްޖެ

ރައީސްގެ ސިޔާސަތާއި އެކު ގްރީން ޓެކުހުގެ ފައިދާ ރެކޯޑް އަދަދަކަށް އިތުރުވެއްޖެ

47 ދުވަސް ކުރިން - 10:15

ޖޫން މަހު މީރާއަށް 2.92 ބިލިއަން ރުފިޔާ: މިއީ ލަފާކުރި މިންވަރަށްވުރެ 14.7 އިންސައްތަ އިތުރު އަދަދެއް

ޖޫން މަހު މީރާއަށް 2.92 ބިލިއަން ރުފިޔާ ލިބިއްޖެ

49 ދުވަސް ކުރިން - 14:07

ދައުލަތަށް ނުލިބި ހުރި 543 މިލިއަން ރުފިޔާ މިދިޔަ މަހު ހޯދައިފި

ދައުލަތަށް ނުލިބި ހުރި 543މިލިއަން ރުފިޔާ ހޯދައިފި

96 ދުވަސް ކުރިން - 10:25