Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ފާތިމަތު އަނަން މުހައްމަދު
1 ގަޑިއިރު ކުރިން - 31 އޯގަސްޓް 2026 18:54
ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު އަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރެއްވުން | ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު އަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރެއްވުން | ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ޚުލާސާ

މި އިސްލާހުގެ ދަށުން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުން ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި، އޮޑިޓަރ ޖެނެރަލް ކަނޑައަޅުއްވާ ގޮތެއްގެ މަތީން މާލީ ބަޔާން އާންމުކުރުން ވަނީ ގާނޫނީގޮތުން ލާޒިމްކޮށްފަ.

ގާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި އިސްލާހުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އިދާރީ ބާރުތަކާއި، ގާނޫނުގެ ދަށުން މީރާއިން ހިންގާ އޮޑިޓުތަކާއި ތަހުގީގުތައް ހިންގުމުގެ އުސޫލުތަކާއި އިޖުރާއަތުތައް ވަނީ އިތުރަށް ހަރުދަނާކޮށްފައެވެ. އަދި ޓެކުހުގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގައި މީރާއަށް ލިބިގެންވާ ބާރުތައް މުރާޖައާކޮށްފައިވާއިރު، ޓެކުހާގުޅޭ ގާނޫނުތައް ތަންފީޒުކުރުމަށް ބޭނުންވާ މައުލޫމާތު ހުރި ކޮންމެ ފަރާތަކުން އެ މައުލޫމާތު މީރާއަށް ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ވަނީ ދީފައެވެ.

މީގެ އިތުރުން، ޓެކުހާގުޅޭ އިތުރު ކުށްތަކާއި ކުށުގެ އަދަބުތައް ކަނޑައެޅުމުގެ އިތުރުން، ޓެކްސް ދައްކާ ފަރާތެއްގެ ޓެކުހުގެ އަދަދު ކަނޑައެޅުމުގައި މީރާއިން ރިއާޔަތްކުރާނެ ކަންކަމާއި ބޭނުންކުރާނެ މައުލޫމާތު ވަނީ ބަޔާންކޮށްފައެވެ. އަދި ޓެކްސް ބަޔާން ހުށަހަޅައިފައިނުވާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތަކާއި، ފިޔަވަޅު އަޅައިފައިވާ ފަރާތްތަކުން އިންސްޓޯލްމަންޓަށް ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ އިހްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވާކަމަށް އިސްލާހުގައިވެއެވެ.

Advertisement

Advertisement 1

ބޭރުގެ އިދާރާތަކާއެކު ގުޅިގެން ޓެކްސް އެގްޒެމިނޭޝަން ހިންގުމާއި، ކަންޓްރީ-ބައި-ކަންޓްރީ (ސީބީސީ) ރިޕޯޓިންގ އަދި ކޮމަން ރިޕޯޓިންގ ސްޓޭންޑަރޑް (ސީއާރްއެސް) އުސޫލުތައް މި އިސްލާހުން ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން، ސީއާރްއެސް އިލްތިޒާމްތަކާ ހީލާފުވާ ފަރާތްތައް 250،000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

މި އިސްލާހުގެ ދަށުން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުން ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި، އޮޑިޓަރ ޖެނެރަލް ކަނޑައަޅުއްވާ ގޮތެއްގެ މަތީން މާލީ ބަޔާން އާންމުކުރުން ވަނީ ގާނޫނީގޮތުން ލާޒިމްކޮށްފައެވެ. އަދި މަދަނީ އަދި ޖިނާއީ ދައުވާ އުފުލޭނެ މުއްދަތުތައްވެސް ބަޔާންކޮށްފައިވެއެވެ.

މި އިސްލާހު ރައީސް ތަސްދީގުކުރައްވައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވުމާއެކު، މި އިސްލާހަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުޓެކްސްގެޒެޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

1 ގަޑިއިރު ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

1 ގަޑިއިރު ކުރިން - 18:26

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

2 ގަޑިއިރު ކުރިން - 17:01

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

3 ގަޑިއިރު ކުރިން - 16:46

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

މަގުމަތީގެ ނުރައްކާތަކަށް މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

3 ގަޑިއިރު ކުރިން - 16:42

މަގުމަތީގެ ނިޒާމަށް ބޮޑެތި ބަދަލުތަކާއި އެކު އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނު ރައީސް ތަސްދީގުކުރައްވައިފި

ހަރުކަށި އުސޫލުތަކާއެކު އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނު ރައީސް ތަސްދީގުކުރައްވައިފި

4 ގަޑިއިރު ކުރިން - 15:43