Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

އައިޝަތު ރުވާ ރިފްޢަތު
2 ގަޑިއިރު ކުރިން - 2 ޖުލައި 2026 21:31
ދިވެހި ރާއްޖެއިން ޗައިނާއަށް ދަތުރުކުރި ވަފުދު---
ދިވެހި ރާއްޖެއިން ޗައިނާއަށް ދަތުރުކުރި ވަފުދު---
ޚުލާސާ

މި ދަތުރުގައި ބެއިޖިންގ، ޝަންހާއީ އަދި ޗެންގްޑޫގައި ސަރުކާރާއި ޓޫރިޒަމް ދާއިރާގެ ފަރާތްތަކާ ބައްދަލުކޮށް، ރާއްޖެއަށް ފަތުރުވެރިން އިތުރަށް ގެނައުމާއި މާކެޓް ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކުރިއަށް ދާނެ.. މި އަހަރު 168,677 އަށް ވުރެ ގިނަ ޗައިނާގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވޭ.

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރުވައި، ޗައިނާ މާކެޓް އިތުރަށް ފުޅާކުރުމުގެ މަގުސަދުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ އިސް ވަފުދެއް ޗައިނާއަށް ރަސްމީ ދަތުރެއް ފަށައިފިއެވެ.

މި މަހުގެ 1 އިން 11 ޖުލައި 2026 އަށް ބޭއްވޭ މި ދަތުރުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، ވިޒިޓް މޯލްޑިވްސް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އަދި މޯލްޑިވިއަން އިތުރުން، ޓޫރިޒަމް ދާއިރާގެ މުހިންމު ޖަމިއްޔާތަކެއް ވެސް ބައިވެރިވެއެވެ.

ވަފުދުގެ އެންމެ އިސް ބޭފުޅަކީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، އަލްފާޟިލް ހާރިސް މުހައްމަދެވެ. އަދި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވެސް ބައިވެރިވެއެވެ.

Advertisement

Advertisement 1

މި ދަތުރުގައި ބެއިޖިންގ، ޝަންހާއީ އަދި ޗެންގްޑޫ އަށް ޒިޔާރަތްކޮށް، ޗައިނާ ސަރުކާރުގެ އިސްވެރިން، އެއަރލައިންތައް، ޓުއާ އޮޕަރޭޓަރުން، ޓްރެވަލް އެޖެންޓުން އަދި ޓްރެވަލް ޓެކްނޮލޮޖީ ކުންފުނިތަކާ ބައްދަލުކުރުމަށް ރޭވިފައިވެއެވެ. އަދި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް ހާއްސަ ނެޓްވޯކިންގ ހަރަކާތްތަކެއް ވެސް ބޭއްވޭނެއެވެ.

މެދުއިރުމަތީގެ ހާލަތާއި ދުނިޔޭގެ ބަދަލުތަކާއެކު ކުރިމަތިވާ ގޮންޖެހުންތަކުގެ މެދުގައި ވެސް، މުހިންމު މާކެޓްތަކާ ގުޅުން ބަދަހިކޮށް، ރާއްޖެއަށް ފަތުރުވެރިން އިތުރަށް ގެނައުމަކީ މި ދަތުރުގެ މުހިންމު އަމާޒެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން، މި އަހަރުގެ މިހާތަނަށް 168,677 އަށް ވުރެ ގިނަ ޗައިނާގެ ފަތުރުވެރިން ދިވެހިރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19.8 ޕަސެންޓުގެ ކުރިއެރުމެކެވެ. ޗައިނާ އަކީ ދިވެހިރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު މާކެޓްތަކުގެ ތެރޭގެ އެއް މާކެޓެވެ.

ޗައިނާވިޒިޓް މޯލްޑިވްސްޝިއުރީފަތުރުވެރިކަން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފި

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް

12 ދުވަސް ކުރިން - 19:53

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން  ހައި ޓެކް ޑްރޯނެއް ދައްކާލައިފި

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން ޑްރޯނެއް ދައްކާލައިފި

28 ދުވަސް ކުރިން - 23:06

ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކާ ވާދަކުރުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ

ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކާ ވާދަކުރުމުގައި އެހެން ގައުމުތަކަށް ގޮންޖެހުން!

35 ދުވަސް ކުރިން - 17:08

ޗައިނާގައި ހިނގި އެކްސިޑެންޓުގައި 13 މީހުން މަރުވެއްޖެ

ޗައިނާގައި ހިނގި އެކްސިޑެންޓުގައި 13 މީހުން މަރުވެއްޖެ

35 ދުވަސް ކުރިން - 11:09

އެންވީޑިއާގެ 200 ބިލިއަން ޑޮލަރުގެ ސީޕީޔޫ މާކެޓް އަންދާޒާގައި ޗައިނާ ހިމެނޭ ކަމަށް ސީއީއޯ ވިދާޅުވެއްޖެ

އެންވީޑިއާގެ ސީޕީޔޫ މާކެޓް އަންދާޒާގައި ޗައިނާ ހިމެނޭ

40 ދުވަސް ކުރިން - 23:16

ޗައިނާގައި ބާރުގަދަ ގޭސް ގޮވުމެއް ހިނގައި 90 މީހުން މަރުވެއްޖެ

ޗައިނާގެ ގޭސް ގޮވުމެއް ހިނގައި 90 މަރު!

40 ދުވަސް ކުރިން - 13:09