Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޖޫން މަހު މީރާއަށް 2.92 ބިލިއަން ރުފިޔާ: މިއީ ލަފާކުރި މިންވަރަށްވުރެ 14.7 އިންސައްތަ އިތުރު އަދަދެއް

ޖޫން މަހު މީރާއަށް 2.92 ބިލިއަން ރުފިޔާ: މިއީ ލަފާކުރި މިންވަރަށްވުރެ 14.7 އިންސައްތަ އިތުރު އަދަދެއް

އައިޝަތު ރުވާ ރިފްޢަތު
49 ދުވަސް ކުރިން - 10 ޖުލައި 2026 14:07
ޓެކްސް އަށް އަހުލުވެރިކުރުވުމުގެ ގޮތުން މީރާގެ މުވައްޒަފުން ފިހާރައެއްގެ ތެރޭގައި. / ފޮޓޯ: މީރާ
ޓެކްސް އަށް އަހުލުވެރިކުރުވުމުގެ ގޮތުން މީރާގެ މުވައްޒަފުން ފިހާރައެއްގެ ތެރޭގައި. / ފޮޓޯ: މީރާ
ޚުލާސާ

ފަތުރުވެރިކަމުގެ ދާއިރާއިން ގާތްގަނޑަކަށް 1.09 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މުޅި އާމްދަނީގެ %37.2. ޓެކްސް އާމްދަނީ 2.18 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 742.5 މިލިއަން ރުފިޔާ ވަނީ ލިބިފަ. މިއީ ފާއިތުވި 5 އަހަރު ޖޫން މަހެއްގައި ލިބުނު އެންމެބޮޑު އާމްދަނީ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިއަހަރުގެ ޖޫން މަހު އާމްދަނީގެ ގޮތުގައި 2.92 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ. މިއީ އެ މަހަށް ލަފާކުރި އާމްދަނީއަށްވުރެ 14.7 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން މަހު ބޭރު ފައިސާއިން ލިބުނު އާމްދަނީގެ ގޮތުގައި 118.60 މިލިއަން އެމެރިކާ ޑޮލަރު ވަނީ ލިބިފައެވެ. ސަރުކާރުން ޖޫން މަހަށް ލަފާކޮށްފައިވަނީ ގާތްގަނޑަކަށް 2.48 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. ނަމަވެސް، ލަފާކުރި މިންވަރަށްވުރެ 365 މިލިއަން ރުފިޔާ އިތުރަށް ވަނީ ބަލައިގެންފައެވެ.

އާމްދަނީ އިތުރުވުމަށް ދިމާވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީ.އެސް.ޓީ)، ބޭންކް އިންކަމް ޓެކްސް، ގްރީން ޓެކްސް، އެއާޕޯޓް ޓެކުހާއި ފީތައް، އަދި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ޓެކްސްތަކުން ލިބުނު އާމްދަނީ ހިމެނެއެވެ. މީގެ އިތުރުން، 2025 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މިއަހަރުގެ ޖޫން މަހު ލިބުނު އާމްދަނީ ވަނީ 10.1 އިންސައްތަ އިތުރުވެފައެވެ.

Advertisement

Advertisement 1

މީރާއިން ފާހަގަކުރި ގޮތުގައި، މިދިޔަ މެއި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 1.5 އިންސައްތަ އިތުރުވުމަކީވެސް ޖޫން މަހުގެ އާމްދަނީއަށް އޭގެ ހެޔޮ އަސަރު ކުރި ކަމެކެވެ.

އާމްދަނީގެ އެންމެ ބޮޑު ބައެއް ފަތުރުވެރިކަމުގެ ޖީ.އެސް.ޓީއަށް

ޖޫން މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ޖީ.އެސް.ޓީއިންނެވެ. އެއީ ގާތްގަނޑަކަށް 1.09 ބިލިއަން ރުފިޔާއެވެ. މިއީ މުޅި އާމްދަނީގެ 37.2 އިންސައްތައެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އިންކަމް ޓެކުހުން 799 މިލިއަން ރުފިޔާ ލިބިފައިވާއިރު، ފަތުރުވެރިކަމުގެ ބިމު ކުލިން 411 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެހެނިހެން ބޮޑެތި އާމްދަނީތަކަށް ބަލާއިރު:

ގްރީން ޓެކްސް: 157 މިލިއަން ރުފިޔާ

އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 135 މިލިއަން ރުފިޔާ

ޑިޕާޗާ ޓެކްސް: 134 މިލިއަން ރުފިޔާ

ޖޫން މަހު ލިބުނު ޓެކްސް އާމްދަނީއަކީ 2.18 ބިލިއަން ރުފިޔާއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 742.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ބޭންކް އިންކަމް ޓެކުހަށް ބޮޑު ކުރިއެރުމެއް

އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވުނު އެއް ދާއިރާއަކީ ބޭންކް އިންކަމް ޓެކުހެވެ. މިދިޔަ އަހަރުގެ ޖޫން މަހު 134.3 މިލިއަން ރުފިޔާ ލިބުނު އިރު، މިއަހަރުގެ ޖޫން މަހު ވަނީ 285.7 މިލިއަން ރުފިޔާ ލިބިފައެވެ. މި ކުރިއެރުމަކީ ޖުލައި މަހުގެ ސުންގަޑީގެ ކުރިން ބައެއް ފަރާތްތަކުން ދެއްކި އެޑްވާންސް ފައިސާއާއި 2025 ވަނަ އަހަރުގެ ފައިނަލް ޕޭމަންޓްތަކުގެ ސަބަބުން ލިބުނު ކުރިއެރުމެއް ކަމަށް މީރާއިން ބުނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، 2026 ވަނަ އަހަރުގެ ޖޫން މަހު ލިބުނު އާމްދަނީއަކީ ފާއިތުވި 5 އަހަރު (2022-2026) ތެރޭގައި ޖޫން މަހެއްގައި ލިބުނު އެންމެ ބޮޑު އާމްދަނީއެވެ.

މީރާގްރީން ޓެކްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރައްވައިފި

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރައްވައިފި

40 ދުވަސް ކުރިން - 12:41

ޓެކްސްގެ އާމްދަނީ އިތުރުވުމާއެކު ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެ، އާމްދަނީ 22.4 ބިލިއަން ރުފިޔާއަށް އަރައިފި

ޓެކްސްގެ އާމްދަނީ އިތުރުވެ، އާމްދަނީ 22.4 ބިލިއަން ރުފިޔާއަށް އަރައިފި

44 ދުވަސް ކުރިން - 10:22

ރައީސްގެ ސިޔާސަތާއި އެކު ގްރީން ޓެކުހުގެ ފައިދާ ރެކޯޑް އަދަދަކަށް އިތުރުވެއްޖެ

ރައީސްގެ ސިޔާސަތާއި އެކު ގްރީން ޓެކުހުގެ ފައިދާ ރެކޯޑް އަދަދަކަށް އިތުރުވެއްޖެ

47 ދުވަސް ކުރިން - 10:15

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު މީރާއަށް އާމްދަނީގެ ގޮތުގައި 19.3 ބިލިއަން ރުފިޔާ ލިބިއްޖެ

ފުރަތަމަ ހަ މަސްދުވަހު މީރާއަށް އާމްދަނީގެ ގޮތުގައި 19.3 ބިލިއަން ރުފިޔާ

49 ދުވަސް ކުރިން - 15:23

ދައުލަތަށް ނުލިބި ހުރި 543 މިލިއަން ރުފިޔާ މިދިޔަ މަހު ހޯދައިފި

ދައުލަތަށް ނުލިބި ހުރި 543މިލިއަން ރުފިޔާ ހޯދައިފި

96 ދުވަސް ކުރިން - 10:25

މުދަލު ޒަކާތުގެ ގޮތުގައި 50.7 މިލިޔަން ރުފިޔާ ލިބިއްޖެ

މުދަލު ޒަކާތުގެ ގޮތުގައި 50.7މިލިޔަން ރުފިޔާ ލިބިއްޖެ

104 ދުވަސް ކުރިން - 15:08