Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރައްވައިފި

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު
52 ދުވަސް ކުރިން - 19 ޖުލައި 2026 12:41
ފާތިމަތު އަމީޒާ---
ފާތިމަތު އަމީޒާ---
ޚުލާސާ

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވީ، ކުރިން އެ މަޤާމުގައި ހުންނެވި ޙަސަން ޒަރީރު އިސްތިއުފާ ދެއްވުމާ ގުޅިގެން. މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އަމީޒާއަށް %92.44 މާކްސް ލިބިވަޑައިގެންފައިވާއިރު، އޭނާއަކީ އެ މަޤާމަށް ޝަރުތުހަމަވާ ގާބިލު ބޭކަނބަލެއް ކަމަށް މަޖިލީހުގެ ހުރިހާ މެންބަރުން ވަނީ އިއްތިފާގުވެފަ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އެންމެ އިސްވެރިޔާ ނުވަތަ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް، ގދ. ގައްދޫ، ކޯޒީރައުންޑް ފާތިމަތު އަމީޒާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވެވި ރަސްމިއްޔާތެއްގައި އަމީޒާ އެ މަގާމަށް އައްޔަންކުރެއްވީ، އޭނާ އެ މަޤާމަށް އައްޔަންކުރުމަށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވުމާ ގުޅިގެންނެވެ. މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އަމީޒާއަށް %92.44 މާކްސް ލިބިވަޑައިގެންފައިވާއިރު، އޭނާއަކީ އެ މަޤާމަށް ޝަރުތުހަމަވާ ގާބިލު ބޭކަނބަލެއް ކަމަށް މަޖިލީހުގެ ހުރިހާ މެންބަރުން ވަނީ އިއްތިފާގުވެފައެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވީ، ކުރިން އެ މަޤާމުގައި ހުންނެވި ޙަސަން ޒަރީރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޒަރީރު އެ މަޤާމުން އިސްތިއުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ކެބިނެޓުގެ މިނިސްޓަރ އޮފް ފައިނޭންސްގެ މަޤާމަށް އޭނާ އައްޔަންކުރެއްވުމުންނެވެ.

Advertisement

Advertisement 1

އަމީޒާއަކީ މީރާގައި 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ، ތަޖުރިބާކާރު ބޭކަނބަލެކެވެ. މި މަޤާމަށް އައްޔަންކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަޤާމުގައެވެ. އޭނާގެ ޚިދުމަތުގެ ދައުރުގައި ޓެކްސްގެ ސިޔާސަތުތައް އިޞްލާޙުކުރުމާއި، މުއައްސަސާގެ ހިންގުން ހަރުދަނާކުރުމުގެ އިތުރުން، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ރޮނގުން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.

ޚާއްޞަކޮށް، މީރާގެ އެންފޯސްމަންޓް ޑިވިޜަންގެ އިސްވެރިއެއްގެ ހައިސިއްޔަތުން، ޑޭޓާ އެނަލިޓިކްސް ބޭނުންކުރައްވައިގެން، ނުލިބި ހުރި ޓެކްސް އާއި ޓެކްސް ނޫން އާމްދަނީ ހޯދުމަށް އަމީޒާ ވަނީ ނުހަނު ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ތަޢުލީމީ ގޮތުން ބަލާއިރު، ފާތިމަތު އަމީޒާ ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާއިން މާސްޓަރ އޮފް ސައިންސް އިން އެކައުންޓިންގ ހާސިލުކުރައްވާފައެވެ. އަދި އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީއިން ބެޗެލަރސް ޑިގްރީ އިން އެޕްލައިޑް އެކައުންޓިންގ ފުރިހަމަކުރައްވާފައިވެއެވެ.

މީރާގެ ތާރީޚުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަންހެން ބޭކަނބަލަކު އައްޔަންކުރެވުނު މިއީ ފުރަތަމަ ފަހަރެވެ.

މީރާރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

1 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

1 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

1 ދުވަސް ކުރިން - 16:33

ނޭޕާލްގެ ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް، 1 މިލިއަން ރުފިޔާ ހަދިޔާކުރެއްވުމަށް ނިންމަ

ނޭޕާލްގެ ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް، އެއްމިލިއަން ރުފިޔާ ދޭން ނިންމައިފި

4 ދުވަސް ކުރިން - 13:36

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

13 ދުވަސް ކުރިން - 10:37

ރުފިޔާގެ ޑިމާންޑް މަތިކުރަން މުސާރަތައް ވެސް ދިވެހި ފައިސާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ: މުނައްވަރު

މުސާރަތައް ވެސް ދިވެހި ފައިސާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ: މުނައްވަރު

16 ދުވަސް ކުރިން - 14:18