Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެސްޑީއެފް އަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފި

އެސްޑީއެފް އަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފި

އައިޝަތު ރުވާ ރިފްޢަތު
69 ދުވަސް ކުރިން - 20 ޖޫން 2026 16:30
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)---
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)---
ޚުލާސާ

މިއަހަރުގެ ބަޖެޓުގައި މި ފަންޑަށް 2.4 ބިލިއަން ރުފިޔާ ޖަމާކުރުމަށް އަމާޒު ހިފާފައިވާއިރު، މިހާތަނަށް ވަނީ އަމާޒުގެ 40 އިންސައްތަ ހާސިލުވެފަ. އެއާޕޯޓް ފީގެ އާމްދަނީން ބޮޑުބައެއް ހިއްސާކުރާ މި ފަންޑަކީ ދައުލަތުގެ ބޮޑެތި ދަރަނިތަކާއި ސުކޫކު އަދާކުރުމަށް ބޭނުންކުރާ މުހިންމު ފަންޑެއް.

ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި ޚާއްޞަކޮށްގެން އުފައްދާފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް މި އަހަރުގެ މިހާތަނަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އެސްޑީއެފަށް ވަނީ ޖުމްލަ އެއް ބިލިއަން ރުފިޔާ ޖަމާކުރެވިފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި މި ފަންޑަށް ޖަމާކުރެވިފައިވަނީ 934 މިލިއަން ރުފިޔާއެވެ.

މި އަހަރުގެ ބަޖެޓުގައި އެސްޑީއެފަށް ޖުމްލަ 2.4 ބިލިއަން ރުފިޔާ ޖަމާކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އެހެންކަމުން، އަހަރުގެ މިހާ ހިސާބަށް އައިއިރު ބަޖެޓުގައި ކަނޑައެޅި އަމާޒުގެ 40 އިންސައްތަ ވަނީ ހާސިލުކުރެވިފައެވެ.

Advertisement

Advertisement 1

ސޮވެރިން ފަންޑަކީ ދައުލަތުގެ ދަރަނި އަދާކުރުމަށް ދުރާލައި ތައްޔާރުވުމުގެ ގޮތުން 2017 ވަނަ އަހަރު އުފެއްދި ފަންޑެކެވެ. މި ފަންޑަށް މައިގަނޑު ގޮތެއްގައި ފައިސާ ޖަމާކުރަނީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބޭ އާމްދަނީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދޭ ހިދުމަތްތަކުގެ އަގަށް ގެނައި ބަދަލުތަކުން އިތުރުވާ ފައިސާއިންނެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ދައުލަތުގެ ދަރަނި މެނޭޖްކުރުމަށް މި ފަންޑުގެ ބޭނުން ހިފަމުންނެވެ. އެގޮތުން، މި އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަނީގެ ބޮޑު ބައެއް މި ފަންޑު މެދުވެރިކޮށް ދައްކާފައިވާއިރު، މީގެ ތެރޭގައި ސުކޫކު ދެއްކުން ވެސް ހިމެނެއެވެ. ބަޖެޓުގައިވާ ގޮތުން މި އަހަރުގެ ދަރަނި އަދާކުރުމަށް މި ފަންޑުން 4.1 ބިލިއަން ރުފިޔާ ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓަށް ބަލާއިރު، ދަރަނި ދެއްކުމަށާއި އިންޓްރެސްޓް ހަރަދަށް ޖުމްލަ 18.4 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ. މިއީ މުޅި ބަޖެޓުގެ ގާތްގަނޑަކަށް 29 އިންސައްތައެވެ. މިދިޔަ އަހަރު ނިމުނުއިރު އެސްޑީއެފް ފަންޑުގެ ޖުމްލަ ސައިޒަކީ 10.9 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ބޮޑު ބައެއް ސަރުކާރުގެ ޓީބިލްތަކުގައި އިންވެސްޓްކޮށްފައިވާއިރު، ބޭނުންކުރެވޭ ގޮތަށް އޭރު ހުރީ 2.4 ބިލިއަން ރުފިޔާއެވެ.

ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނިމިދިޔަ އެމްޑީޕީގެ ދައުރުގައި، ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ މުވައްޒަފުންގެ އަދަދުވަނީ 97 އިންސަތަ އިތުރުވެފަ: މާލީ ވަޒީރު

ކުރީ ސަރުކާރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 97% އިތުރުވެފަ

11 ދުވަސް ކުރިން - 11:13

ރަސްމީ ޑޮލަރު ރިޒާވްގައި 638 މިލިއަން ޑޮލަރުގައި، ސަބަބަކީ ދަތުރުފަތުރާއި ބޭސްފަރުވާއަށް ޑޮލަރު ވިއްކި މިންވަރު އިތުރުވުން

ޖުލައި މަހު ރަސްމީ ރިޒާވް 638 މިލިއަން ޑޮލަރަށް

11 ދުވަސް ކުރިން - 13:11

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީ އާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީއާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

12 ދުވަސް ކުރިން - 21:15

ސަބްސިޑީގެ ހޭދަ ބޮޑުވީ ރައްޔިތުންގެ އަތުން ހޭދަކުރެންޖެހޭ ވަރު ބޮޑު ނުކޮށް އިރާނު ހަނގުރާމައިގެ އަސަރުން އިޤްތިސާދަށް ކުރި އަސަރު މެނޭޖްކުރުމަށް

ސަބްސިޑީގެ ހޭދަ ބޮޑުވީ އީރާނު ހަނގުރާމައިގެ ލޮޅުމުން ރައްޔިތުން ސަލާމަތްކުރުމަށް

38 ދުވަސް ކުރިން - 20:36

ސަބްސިޑީއަށް ކުރި ހޭދަ 3.13 ބިލިއަނަށް: އެންމެ ބޮޑު ހަރަދެއް ތެލާއި ކަރަންޓު އަގުބޮޑުވިޔަނުދީ ހިފެހެއްޓުމަށް

ސަބްސިޑީއަށް ކުރި ހޭދަ 3.13 ބިލިއަނަށް އަރައިފި

38 ދުވަސް ކުރިން - 18:41

ޖޫން މަހު ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ނަމަވެސް، ކުރު މުއްދަތުގެ ދަރަނިތައް އަދާކުރުމާ އެކު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

44 ދުވަސް ކުރިން - 10:27