Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ދައުލަތުގެ އާމްދަނީއަށް 1.8 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެ: ޓެކުހާއި ފަތުރުވެރިކަމުގެ އާމްދަނީ އިތުރުވެއްޖެ

ފާތިމަތު އަނަން މުހައްމަދު
ފާތިމަތު އަނަން މުހައްމަދު
13 ގަޑިއިރު ކުރިން - 7 އޮކްޓޫބަރު 2026 14:02
ފިނޭންސް މިނިސްޓްރީ... / ފޮޓޯ: ޚުލާސާ
ފިނޭންސް މިނިސްޓްރީ... / ފޮޓޯ: ޚުލާސާ
ޚުލާސާ

އާމްދަނީ އިތުރުވުމުގެ މައިގަނޑު ބާރަކަށްވެފައިވަނީ ޓެކުހުން ލިބުނު ފައިސާ 5.8 އިންސައްތަ އިތުރުވުން. ލިބުނު އާމްދަނީއާއެކު ސަރުކާރުން ވަނީ ސަބްސިޑީއާއި އާސަންދައިގެ އިތުރުން އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޮޑު ހޭދައެއް ކޮށްފަ.

މިއަހަރުގެ މިހާތަނަށް ދައުލަތުގެ އާމްދަނީ 1.8 އިންސައްތަ އިތުރުވެ، އިގުތިސާދީ ދާއިރާތަކުން ހެޔޮ ނަތީޖާތަކެއް ފެންނަމުންދާކަން މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

އޮކްޓޯބަރު 1 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 30.879 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ރަނގަޅު ކުރިއެރުމެކެވެ. މި ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާއެއްވަނީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 5.8 އިންސައްތަ އިތުރުވުމެވެ.

އާމްދަނީ އިތުރުވުމުގެ މައިގަނޑު ބާރަކަށް ވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއެވެ. އެގޮތުން ޓީ.ޖީ.އެސް.ޓީ އިން 8.062 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކުހުން ލިބުނު އާމްދަނީ ވަނީ 8.2 އިންސައްތަ އިތުރުވެ 1.529 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެއިތުރުން ވިޔަފާރިއާއި މުދަލުން ނަގާ ޓެކުހާއި، އިމްޕޯޓް ޑިއުޓީ އަދި ހިލޭ އެހީގެ އަދަދުތައްވެސް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް މަތިވެފައެވެ.

Advertisement

Advertisement 1

ލިބުނު އާމްދަނީއާއެކު ސަރުކާރުން ވަނީ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކާއި އިޖްތިމާއީ ރައްކާތެރިކަމަށް ކުރާ ހޭދަ ފުޅާކޮށްފައެވެ. އެގޮތުން ސަބަބްސިޑީއަށް ކުރި ހަރަދު 75.1 އިންސައްތަ އިތުރުވެ 4.203 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާސަންދައިގެ ހަރަދު ވަނީ 1.864 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މީގެއިތުރުން ގައުމުގެ އުމްރާނީ ތަރައްގީއަށާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްވެސް ބޮޑު ހޭދައެއް ކޮށްފައިވެއެވެ. އެގޮތުން ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހަރަދު ނުވަތަ ކެޕިޓަލް އެކްސްޕެންޑިޗާ ވަނީ 15.9 އިންސައްތަ އިތުރުވެ 4.804 ބިލިއަން ރުފިޔާއަށް އަރާފައެވެ. އޭގެތެރޭގައި ބިމާއި އިމާރާތް ކުރުމާއި، ބަނދަރު ހެދުމުގެ އިތުރުން މުހިންމު އެހެނިހެން އުމްރާނީ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

މި ތަފާސްހިސާބުތަކުން ރަމުޒުކޮށްދެނީ ދައުލަތުގެ މާލީ ހާލަތު ހަރުދަނާވަމުންދާ މިންވަރާއި، އެއާއެކު ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ތަރައްގީގެ މަޝްރޫއުތައް މެދުކެނޑުމެއްނެތި ކުރިއަށްދާކަމެވެ. މިއީ އިގުތިސާދީ ދާއިރާއިން ފެންނަމުންދާ ވަރަށް އުއްމީދީ މަންޒަރެކެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ކުރީ ސަރުކާރުން އެސްބީއައިއަށް ދައްކަންޖެހޭ 150 މިލިއަން ޑޮލަރު މިސަރުކާރުން ދައްކައިފި

ކުރީ ސަރުކާރުން އެސްބީއައިއަށް ދައްކަންޖެހޭ 150 މިލިއަން ޑޮލަރު މިސަރުކާރުން ދައްކައިފި

20 ދުވަސް ކުރިން - 15:48

ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް

ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް

36 ދުވަސް ކުރިން - 19:00

ކުރީ ސަރުކާރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 97% އިތުރުވެފަ

ކުރީ ސަރުކާރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 97% އިތުރުވެފަ

50 ދުވަސް ކުރިން - 11:13

ޖުލައި މަހު ރަސްމީ ރިޒާވް 638 މިލިއަން ޑޮލަރަށް

ޖުލައި މަހު ރަސްމީ ރިޒާވް 638 މިލިއަން ޑޮލަރަށް

51 ދުވަސް ކުރިން - 13:11

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީއާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީއާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

52 ދުވަސް ކުރިން - 21:15

ސަބްސިޑީގެ ހޭދަ ބޮޑުވީ އީރާނު ހަނގުރާމައިގެ ލޮޅުމުން ރައްޔިތުން ސަލާމަތްކުރުމަށް

ސަބްސިޑީގެ ހޭދަ ބޮޑުވީ އީރާނު ހަނގުރާމައިގެ ލޮޅުމުން ރައްޔިތުން ސަލާމަތްކުރުމަށް

78 ދުވަސް ކުރިން - 20:36