Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސްގެ ސިޔާސަތާއި އެކު ގްރީން ޓެކުހުގެ ފައިދާ ރެކޯޑް އަދަދަކަށް އިތުރުވެއްޖެ

ރައީސްގެ ސިޔާސަތާއި އެކު ގްރީން ޓެކުހުގެ ފައިދާ ރެކޯޑް އަދަދަކަށް އިތުރުވެއްޖެ

ހުސައިން އިސްމާއިލް
47 ދުވަސް ކުރިން - 13 ޖުލައި 2026 10:15
ރާއްޖެ އަށް އައި ފަތުރުވެރިންތަކެއް. (ފައިލް ފޮޓޯ)
ރާއްޖެ އަށް އައި ފަތުރުވެރިންތަކެއް. (ފައިލް ފޮޓޯ)
ޚުލާސާ

ޖޫން މަހުގެ އާމްދަނީ ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ގްރީން ޓެކްސް އާމްދަނީގެ ގޮތުގައި 1.2 ބިލިޔަން ރުފިޔާ ވަނީ ލިބިފަ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ، 1.1 ބިލިޔަން ރުފިޔާ

ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށާއި ތިމާވެށީގެ މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ އިގްތިސާދީ ސިޔާސަތުގެ ދަށުން، ގްރީން ޓެކްސް (ތިމާވެށީގެ ޓެކްސް) ގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ރެކޯޑު މިންވަރަކަށް އިތުރުވެއްޖެއެވެ. ސަރުކާރުން ގެނައި އިސްލާހާއެކު، 1 ޖެނުއަރީ 2025 އިން ފެށިގެން ރިސޯޓުތަކާއި ސަފާރީތަކުން މީހަކަށް ދުވާލަކަށް ނަގާ ގްރީން ޓެކްސް 6 ޑޮލަރުން 12 ޑޮލަރަށް ވަނީ ބޮޑުކޮށްފައެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުން ނަގާ ބޭރު ފައިސާގެ ރޭޓު 3 ޑޮލަރުން 6 ޑޮލަރަށް ދެގުނަ ކުރުމަކީ މި ރެކޯޑު އާމްދަނީ ހާސިލުވުމުގެ މައިގަނޑު އަސާސެވެ.

މި ސިޔާސަތުގެ ކާމިޔާބީ ހެކިކޮށްދޭ ރަސްމީ ތަފާސްހިސާބުތަކަށް ބަލާއިރު، މި ބަދަލާއެކު ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެކަނިވެސް ދައުލަތަށް ވަނީ ބޮޑު ފައިދާއެއް ލިބިފައެވެ. ފިނޭންސް މިނިސްޓްރީގެ ރަސްމީ ރިޕޯޓުތަކުން ދައްކާގޮތުގައި، މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ، މީރާއިން ނެރެފައިވާ ޖޫން މަހުގެ އާމްދަނީ ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ގްރީން ޓެކްސް އާމްދަނީގެ ގޮތުގައި 1.2 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ، 1.1 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %8.2 އިތުރުވުމެކެވެ.

2024 ވަނަ އަހަރުގެ މޭ މަހުގެ މެދާ ހަމައަށް ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 435.8 މިލިއަން ރުފިޔާއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި ގްރީން ޓެކްސް އިން މިހާ ފުޅާދާއިރާއެއްގައި އާމްދަނީ އިތުރުވި ފުރަތަމަ ފަހަރެވެ.

Advertisement

Advertisement 1

މި ރެކޯޑު އަދަދަށް ފައިސާ އިތުރުވުމުގެ ފަހަތުގައި ވަނީ ހަމައެކަނި ޓެކްސް ރޭޓު ބޮޑުކުރުމެއް ނޫނެވެ. އޭގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރި މަސައްކަތުން ފަތުރުވެރިން އައި އަދަދާއި އެމީހުން ރާއްޖޭގައި ހޭދަކުރި ރޭތަކުގެ އަދަދު (ބެޑް-ނައިޓްސް) މަތިވުމެވެ.

ރައީސް ޑރ. މުއިއްޒުގެ އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން ދައުލަތުގެ މާލިއްޔާއަށް މިވަނީ ބޭރު ފައިސާގެ ބޮޑު ދިރުމެއް ލިބިފައެވެ. ގްރީން ޓެކުހުން ލިބޭ މި ރެކޯޑު ފައިސާ ސަރުކާރުން ހޭދަކުރަމުންދަނީ ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުތައް ގާއިމުކުރުމަށާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށެވެ. މީގެ އިތުރުން، އިއާދަކުރަނިވި ހަކަތައާއި ކުނި މެނޭޖުކުރުމުގެ ދެމެހެއްޓެނިވި ހަރަކާތްތަކަށް މި ފައިސާ ސީދާ ހޭދަކުރަމުންދާތީ، މިއީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ގްރީން ޓެކްސްފިނޭންސްމީރާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިޔާސީ މަގާމުތައް މަދުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރު

ސިޔާސީ މަގާމުތައް މަދުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރު

11 ދުވަސް ކުރިން - 11:07

ރަސްމީ ޑޮލަރު ރިޒާވްގައި 638 މިލިއަން ޑޮލަރުގައި، ސަބަބަކީ ދަތުރުފަތުރާއި ބޭސްފަރުވާއަށް ޑޮލަރު ވިއްކި މިންވަރު އިތުރުވުން

ޖުލައި މަހު ރަސްމީ ރިޒާވް 638 މިލިއަން ޑޮލަރަށް

11 ދުވަސް ކުރިން - 13:11

މިއަހަރު ލިބޭނެ ކަމަށް ލަފާ ކުރި އާމްދަނީގެ 60 އިންސައްތަ ލިބިއްޖެ

މިއަހަރު ލިބޭނެ ކަމަށް ލަފާ ކުރި އާމްދަނީގެ 60 އިންސައްތަ ލިބިއްޖެ

26 ދުވަސް ކުރިން - 16:07

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރައްވައިފި

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރައްވައިފި

40 ދުވަސް ކުރިން - 12:41

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން 33 އިންސައްތަ މަދުކުރަން އަންގައިފި

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން 33 އިންސައްތަ މަދުކުރަން އަންގައިފި

41 ދުވަސް ކުރިން - 18:28

ޖޫން މަހު ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ނަމަވެސް، ކުރު މުއްދަތުގެ ދަރަނިތައް އަދާކުރުމާ އެކު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

44 ދުވަސް ކުރިން - 10:27