Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ބީއެމްއެލްއިން 1.7 ބިލިއަން ޑޮލަރު ވިއްކައިފި

ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ބީއެމްއެލްއިން 1.7 ބިލިއަން ޑޮލަރު ވިއްކައިފި

އައިޝަތު ރުވާ ރިފްޢަތު
12 ގަޑިއިރު ކުރިން - 13 ޖުލައި 2026 16:00
ބޭންކް އޮފް މޯލްޑިވްސްގެ ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރަނީ. / ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސްގެ ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރަނީ. / ފޮޓޯ: ބީއެމްއެލް
ޚުލާސާ

މިއީ އޭގެ ކުރީގެ ދެ އަހަރާއި ބައިގެ މުއްދަތާ އަޅާބަލާއިރު 741 މިލިއަން ޑޮލަރުގެ ބޮޑު އިތުރުވުމެއް. ރާއްޖެއިން ބޭރަށް 2021 ވަނަ އަހަރު މަހަކު އެވްރެޖްކޮށް 21 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެ އަދަދު ވަނީ 80 މިލިއަން ޑޮލަރަށް އަރާފަ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ކަސްޓަމަރުންނަށް ރެކޯޑް އަދަދަކަށް ޑޮލަރު ވިއްކާފައިވާކަން އެ ބޭންކުން ހާމަކޮށްފިއެވެ.

ބޭންކުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބީއެމްއެލްއިން ވަނީ ކަސްޓަމަރުންނަށް ޖުމްލަ 1.7 ބިލިއަން ޑޮލަރު ވިއްކާފައެވެ. މިއީ އޭގެ ކުރީގެ ދެ އަހަރާއި ބައިގެ މުއްދަތާ (ޖުލައި 2021 އިން ޑިސެންބަރު 2023 އަށް) އަޅައިބަލާއިރު 77 އިންސައްތަ ނުވަތަ 741 މިލިއަން ޑޮލަރުގެ ބޮޑު އިތުރުވުމެކެވެ. ކުރީގެ އެ މުއްދަތުގައި ވިއްކާފައިވަނީ 957 މިލިއަން ޑޮލަރެވެ.

މިގޮތުން ވިއްކި ފައިސާގެ ތެރޭގައި ކާޑު މުއާމަލާތްތަކާއި، ޓެލްގްރެފިކް ޓްރާންސްފަރ (ޓީޓީ)، ތަޢުލީމު، ބޭސްފަރުވާ އަދި ދަތުރުފަތުރުގެ ބޭނުންތައް ހިމެނެއެވެ.

Advertisement

Advertisement 1

ކާޑު މުއާމަލާތްތަކާއި ޓީޓީ:

ދިވެހި ރުފިޔާ އެކައުންޓުތަކުން ކުރި ކާޑު މުއާމަލާތްތަކަށް ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި 870 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ. މިއީ ކުރީގެ ދެ އަހަރާއި ބައިގެ މުއްދަތާ އަޅައިބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. 2021 ވަނަ އަހަރު މި ބޭނުމަށް މަހެއްގެ މައްޗަށް އެވްރެޖްކޮށް 10.7 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއަހަރު އެވްރެޖްކޮށް މަހަކު 37.8 މިލިއަން ޑޮލަރު ވިއްކަމުންދެއެވެ.

މީގެ އިތުރުން، 2023 ވަނަ އަހަރު ޓީޓީ ފޮނުވުމަށް މަހެއްގެ މައްޗަށް އެވްރެޖްކޮށް 10.2 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއަހަރު އެ އަދަދު ވަނީ މަހަކު 28 މިލިއަން ޑޮލަރަށް އުފުލިފައެވެ.

ތަޢުލީމާއި ބޭސްފަރުވާ:

ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނާއި ބޭސްފަރުވާގެ ބޭނުންތަކަށް ވިއްކާ ފައިސާގެ މިންވަރުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. 2023 ވަނަ އަހަރު މި ބޭނުންތަކަށް މަހަކު 2.9 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، 2024 ގައި އެ އަދަދު 4 މިލިއަނަށް އަދި 2025 ގައި 5 މިލިއަން ޑޮލަރަށް ވަނީ އަރާފައެވެ. މިއަހަރު ބޭންކުން އަންނަނީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 5.8 މިލިއަން ޑޮލަރު ވިއްކަމުންނެވެ.

ދަތުރުފަތުރުގެ ބޭނުންތައް:

ދަތުރުވެރިންނަށް ނަގުދު ފައިސާގެ ގޮތުގައި ވިއްކި ޑޮލަރުގެ މިންވަރުވެސް ވަނީ 70 އިންސައްތަ އިތުރުވެފައެވެ. ޖަނަވަރީ 2021 އިން ޑިސެންބަރު 2023 އަށް 155 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، ޖަނަވަރީ 2024 އިން ޖޫން 2026 އަށް 264 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ބޭންކުން ވަނީ މަހަކަށް އެވްރެޖްކޮށް 8.5 މިލިއަން ޑޮލަރު ދަތުރުވެރިންނަށް ވިއްކާފައެވެ.

ބޭންކުން މަހެއްގެ މައްޗަށް ބޭރު ފައިސާ ވިއްކާ މިންވަރު ފާއިތުވި ފަސް އަހަރު ތެރޭގައި ވަނީ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރުވެފައެވެ. 2021 ވަނަ އަހަރު މަހަކު އެވްރެޖްކޮށް 21 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެ އަދަދު ވަނީ 80 މިލިއަން ޑޮލަރަށް އަރާފައެވެ.

މިއަދަދުތަކުން ދައްކައިދެނީ ރާއްޖޭގެ ބޭރު ފައިސާގެ ބޭނުންތައް ފުއްދައިދިނުމުގައި ބީއެމްއެލްއިން ބަހައްޓާ ސާބިތުކަމެވެ. ބޭރު ފައިސާގެ ޑިމާންޑް އިތުރުވަމުންދާއިރު، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް އަބަދުވެސް އިސްކަންދޭނެ ކަމަށް ބޭންކުން ބުނެފައިވެއެވެ.

ބީއެމްއެލް
Ad
Ad

ގުޅޭ ޚަބަރުތައް

'އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނަބަލް ފައިނޭންސް' އެވޯޑް ބީއެމްއެލްއަށް

'އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނަބަލް ފައިނޭންސް' އެވޯޑް ބީއެމްއެލްއަށް

11 ދުވަސް ކުރިން - 07:35

ބޭންކް އޮފް މޯލްޑިވްސްއަށް އެމް.އެމް.އޭގެ "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" އެވޯޑް ލިބިއްޖެ

އެމް.އެމް.އޭގެ "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" އެވޯޑް ބީއެމްއެލްއަށް

11 ދުވަސް ކުރިން - 07:25

ބީއެމްއެލް އެމެކްސް ކަސްޓަމަރުންނަށް ފޯމިއުލާ 1 ސިންގަޕޫރު ގްރޭންޑް ޕްރީ ބަލާލުމުގެ ރަނގަޅު ފުރުސަތެއް ހުޅުވާލައިފި

ފޯމިއުލާ 1 ސިންގަޕޫރު ގްރޭންޑް ޕްރީ ބަލާލުމުގެ ރަނގަޅު ފުރުސަތެއް ހުޅުވާލައިފި

12 ދުވަސް ކުރިން - 20:45

ކަސްޓަމަރުންނަށް ފައިދާލިބޭ ގޮތަށް ޑޮލަރު އިންވެސްޓްކުރުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް އިން ހުޅުވާލައިފި

ކަސްޓަމަރުންނަށް ފައިދާލިބޭ ގޮތަށް ޑޮލަރު އިންވެސްޓްކުރުމުގެ ފުރުސަތު ބީއެމްއެލްއިން ހުޅުވާލައިފި

13 ދުވަސް ކުރިން - 22:13

އިތުރަށް އަޅާ 710 ފުލެޓާއެކު ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

15 ދުވަސް ކުރިން - 14:56

ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވަނީ

ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވަނީ

34 ދުވަސް ކުރިން - 10:07

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%