Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޕޯޓުގެ މައްސަލައަށް ރައީސް މުއިއްޒުގެ ސަރުކާރުން ދާއިމީ ހައްލެއް ހޯދައިދޭނެ: މިނިސްޓަރު ސައީދު

ޕޯޓުގެ މައްސަލައަށް ރައީސް މުއިއްޒުގެ ސަރުކާރުން ދާއިމީ ހައްލެއް ހޯދައިދޭނެ: މިނިސްޓަރު ސައީދު

ހުސައިން އިސްމާއިލް
7 ގަޑިއިރު ކުރިން - 13 ޖުލައި 2026 21:20
މިނިސްޓަރު ސައީދު (ކ)، ރައީސް ޑރ. މުއިއްޒު (ވ)---
މިނިސްޓަރު ސައީދު (ކ)، ރައީސް ޑރ. މުއިއްޒު (ވ)---
ޚުލާސާ

ރާއްޖޭގެ އިގްތިސާދަށް ހުރަސްއެޅޭ ފަދަ ބޮޑެތި މައްސަލަތައް ކުރީގެ ސަރުކާރުތަކުން ފެނުނު ނަމަވެސް އަޅާނުލާ ދޫކޮށްލީ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި. މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވި ފަދައިން 2027 ގެ ނޮވެމްބަރުގެ ކުރިން ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވި.

މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށާއި، އެ މަސައްކަތް މިހާރު ބާރުމިނުގައި ކުރިއަށްދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ހުރަސްއެޅޭ ފަދަ ބޮޑެތި މައްސަލަތައް ފާއިތުވި ސަރުކާރުތަކަށް ފެނުނު ނަމަވެސް، އެކަންކަމަށް އެދެވޭ ހައްލެއް ލިބިފައިނުވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު އެއް ގޮންޖެހުމަކަށް ވެފައިވަނީ މާލޭ ވިޔަފާރި ބަނދަރު ތޮއްޖެހި، މުދާ ބޭލުމަށް ދިމާވަމުންދާ ދަތިތައްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1
"ފާއިތުވެދިޔަ ތާނގައި ސަރުކާރުތައް އައިސް ގޮސް، ޒަމާން ބަދަލުވެގެން ދިޔައިރުވެސް، ބަނދަރުގެ މައްސަލަ އޮތީ އޮތް ހިސާބުގައި ތާށިވެފައި. އޭގެ ސަބަބުން ވިޔަފާރިވެރިންނަށާއި ރައްޔިތުންނަށް އޭގެ ދަތިތައް އިންތިހާއަށް ފޯރަމުންދިޔަ. ނަމަވެސް، ރައީސް މުއިއްޒުގެ ސަރުކާރުން މި މައްސަލައަށް އަމަލީ ސިފައެއް ގެނެސް، ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފައްޓަވާފައި".
އިކޮނޮމިކް މިނިސްޓަރު ސައީދު (އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި)

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ފަދައިން، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫއު ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ. މި މަޝްރޫއުގެ އަމާޒަކީ ނޮވެންބަރު 2027 އަށް ހުރިހާ މަސައްކަތްތަކެއް ނިންމައި، ބަނދަރު ބަދަލުކުރުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ބަނދަރު ބަދަލުވަންދެން މުދާ ބޭލުމުގައާއި ބަނދަރުގެ އޮޕަރޭޝަންތަކުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށްޓަކައި ސަރުކާރުން މިހާރުވެސް ވަގުތީ ގިނަ އިންތިޒާމްތަކެއް ހަމަޖައްސަމުންދާ ކަމަށާއި، އޭގެ ސަބަބުން ކުރިއާ އަޅާބަލާއިރު ހެޔޮ ބަދަލުތަކެއް ފެންނަން ފަށާފައިވާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވިކޮށް، މުދާ ލިބުމުގައި ހުރި ހުރަސްތައް ނައްތާލުމަށް ރައީސް ޑރ. މުޢިއްޒު ދެއްވާ ހާއްސަ އިސްކަމެއްގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.

ނޯތު ހާބަރުމިނިސްޓަރު މުހައްމަދު ސައީދުރާއްޖޭގެ ވިޔަފާރި ބަނދަރު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން: ސައީދު

"އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން"

3 ދުވަސް ކުރިން - 16:25

ތިލަފުށީގައި ތަރައްގީކުރާ ޕޯޓުގެ އަމަލީ މަސައްކަތް މިމަހު ފަށަނީ

ތިލަފުށީގައި ތަރައްގީކުރާ ޕޯޓުގެ އަމަލީ މަސައްކަތް މިމަހު ފަށަނީ

12 ދުވަސް ކުރިން - 12:10

ރައީސް މުއިއްޒުގެ ވަޢުދުފުޅު ފުއްދަވައިފި: ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ރާއްޖެއަށް!

ރައީސް މުއިއްޒުގެ ވަޢުދުފުޅު ފުއްދަވައިފި: ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ރާއްޖެއަށް!

28 ދުވަސް ކުރިން - 11:57

ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށް ރައީސްގެ ވައުދު ފުރިހަމަކޮށްފި

ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށް ރައީސްގެ ވައުދު ފުރިހަމަކޮށްފި

28 ދުވަސް ކުރިން - 11:48

މިއަހަރުގެ އަމީރުލް ހައްޖަކަށް މިނިސްޓަރު ސައީދު ހަމަޖައްސައިފި

އަމީރުލް ހައްޖަކަށް މިނިސްޓަރު ސައީދު ހަމަޖައްސައިފި

55 ދުވަސް ކުރިން - 22:12

ބަންކަރިން ހިދުމަތުން ބިލިއަނަކާ ގާތްކުރާ އާމްދަނީއެއް ލިބިއްޖެ: މިނިސްޓަރު ސައީދު

"ބަންކަރިން ހިދުމަތުން ބިލިއަނަކާ ގާތްކުރާ އާމްދަނީއެއް ލިބިއްޖެ"

67 ދުވަސް ކުރިން - 12:44