Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ޓްރާންޝިޕްމަންޓު ޕޯޓެއް ގާއިމްކުރުމުގެ ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި ދަނީ މަސައްކަތް ކުރަމުން: ސައީދު

އައިޝަތު ރުވާ ރިފްޢަތު
14 ގަޑިއިރު ކުރިން - 13 އޮކްޓޫބަރު 2026 10:48
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު ސައީދު. / ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު ސައީދު. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ފަސް އަހަރު ތެރޭ މި ލަނޑުދަނޑި ހާސިލްކުރެވޭނެ ކަމަށެވެ. އަދި މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށާއި، މި ބަދަލުތަކާއެކު ރާއްޖޭގައި ހަގީގީ މެރިޓައިމް އިގްތިސާދެއް ބިނާވެގެންދާނެ ކަމަށް.

ރާއްޖޭގައި ބައިނަލްއަގުވާމީ ޓްރާންޝިޕްމަންޓު ޕޯޓެއް ގާއިމްކުރުމުގެ ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ޚުލާސާ" ނޫހުގެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، އިންޓަނޭޝަނަލް ޕޯޓްގެ މަސައްކަތް ތަރައްގީކޮށް ކުރިއަށް ގެންދިއުމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ރިޔާސީ ވައުދެއްކަން ފާހަގަކުރައްވަމުން، އެ ވައުދު ފުއްދުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ. މީގެއިތުރުން، ރައީސް ޑރ. މުއިއްޒު ވަނީ އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދުތަކެއް ފޮތެއްގެ ސިފައިގައި ޗާޕުކުރައްވާފައި ކަމަށާއި، ޓްރާންޝިޕްމަންޓް ބަނދަރެއް ގާއިމްކުރުމަކީ އޭގެ ތެރޭގައި ހިމެނޭ މުހިންމު އެއް ކަންތައް ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

Advertisement 1
"އެތައް އޮޕްޝަނެއް ހޯދައިގެން، އިރާދަކުރެއްވިއްޔާ މި ފަސް އަހަރުގެ ދައުރުގެ ތެރޭގައި އެ ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި ވަރަށް އަވަހަށް އަޑުއަހާލެވޭ ހިސާބަށް ކަންކަން ގެނެވޭނެ،"
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

މީގެއިތުރުން، މާލޭ ވިޔަފާރި ބަނދަރު ބޮޑު ތަރައްގީއަކާއެކު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތަށް އަލިއަޅުވާލަމުން ސައީދު ވިދާޅުވީ އާ ވިޔަފާރި ބަނދަރާއެކު އެތަން ވެގެންދާނީ ހަމައެކަނި މާލެ އާއި ކޮލަމްބޯއާ ދެމެދު އޮންނަ ޝަޓްލް ދަތުރުތަކަކަށް އެކަނި ނޫން ކަމަށެވެ. މިހާރު ގިނަ ފަހަރަށް ރާއްޖެއަށް މުދާ ގެންނަން ޖެހެނީ ކޮލަމްބޯއަށް ގެންދިއުމަށްފަހު، އެތަނުން މާލެއަށް ފެރީކޮށްގެން ކަމަށްވިޔަސް، މި ނިޒާމަށް ބަދަލު އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ، ތިލަފުށްޓަށް ޕޯޓް ބަދަލުވުމުން ވިޔަފާރިއާއި އިގްތިސާދީ ދާއިރާއަށް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ރާއްޖޭގައި ގާއިމްކުރެވޭ ޓްރާންޝިޕްމަންޓް ޕޯޓާއެކު، ހަގީގީ މާނައިގައި މެރިޓައިމް އިގްތިސާދެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ފޮނި ނަތީޖާ ދިވެހި ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މުހައްމަދު ސައީދުޓްރާންޝިޕްމަންޓް ޕޯޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

"މާލޭގައި ތަރައްގީކުރާ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިމޭނެ"

"މާލޭގައި ތަރައްގީކުރާ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިމޭނެ"

12 ގަޑިއިރު ކުރިން - 12:21

"އީ-ކޮމާސްއަށް އެޅިފައިވާ ހުރަސްތައް ކުރީގެ ހާލަތަށް ރުޖޫއަކުރުމުގެ މަސައްކަތް ދަނީ ކުރަމުން"

14 ގަޑިއިރު ކުރިން - 11:07

ދިވެހިންނަށް ހާއްސަ ދާއިރާތަކުގައިވާ ބޭރުގެ ވިޔަފާރިތަކުގެ ހަގީގީ މިލްކުވެރިކަން ކަށަވަރުކުރަނީ

ދިވެހިންނަށް ހާއްސަ ދާއިރާތަކުގައިވާ ބޭރުގެ ވިޔަފާރިތަކުގެ ހަގީގީ މިލްކުވެރިކަން ކަށަވަރުކުރަނީ

4 ދުވަސް ކުރިން - 19:33

"އަސާސީ ކާބޯތަކެތީގެ ލިސްޓަށް ބާވަތްތައް އިތުރުކުރީ ކުދި ވިޔަފާރިތަކާ ވާދަކުރާކަށް ނޫން"

"އަސާސީ ކާބޯތަކެތީގެ ލިސްޓަށް ބާވަތްތައް އިތުރުކުރީ ކުދި ވިޔަފާރިތަކާ ވާދަކުރާކަށް ނޫން"

6 ދުވަސް ކުރިން - 11:41

ރާއްޖޭގެ އިގްތިސާދު ކުރިއަރައި އިމްޕޯޓް އިތުރުވެއްޖެ: ސައީދު

ރާއްޖޭގެ އިގްތިސާދު ކުރިއަރައި އިމްޕޯޓް އިތުރުވެއްޖެ: ސައީދު

7 ދުވަސް ކުރިން - 11:23

"އިދިކޮޅުން ރަސްމާލެ މަޝްރޫއާ ދެކޮޅުވަނީ އެބޭފުޅުންގެ ސިޔާސީ ހަޔާތަށް ހިޔަނި އެޅިދާނެތީ"

"އިދިކޮޅުން ރަސްމާލެ މަޝްރޫއާ ދެކޮޅުވަނީ އެބޭފުޅުންގެ ސިޔާސީ ހަޔާތަށް ހިޔަނި އެޅިދާނެތީ"

8 ދުވަސް ކުރިން - 03:55