ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރުން ޓެކްސް ނަގާ ގޮތަށް ޤާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހަށް މަޓާޓޯއިން ތާޢީދުކޮށްފިއެވެ.
މަޓާޓޯއިން ބުނީ ސަރުކާރުން މުދަލާއި ޚިދުމަތުގެ އަގަށް ގެންނަށް އުޅޭ ބަދަލަކީ އިޤްތިޞާދަށް ކުރިއެރުމެއް އަންނާނެ ކަމެއް ކަމަށާއި، ޑޮލަރުން ޓެކްސް ނަގަން ނިންމުމަކީ ރާއްޖޭގައި ޑޮލަރު ހިފަހައްޓަން ހިތްވަރު ލިބޭ ގޮތަށް ސަރުކާރުން ގެންނަ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
އެ ޖަމިއްޔާއިން ބުނީ މާލީ ސިޔާސަތުތުތަކަށް އިސްލާހު ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އިސްލާހީ ފިޔަވަޅުތައް އެޅުމުގައި އެ ޖަމިއްޔާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގެ މާލީ ޙާލަތު ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކަށް ފުރިހަމައަށް ތާޢީދުކުރާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ސަރުކާރުން ނިންމާފައިވަނީ ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން އިންކަމް ޓެކްސް، ޕެންޝަން އަދި ކަސްޓަމްސް ޑިއުޓީ ޑޮލަރުން ނެގުމަށާއި، ޖީއެސްޓީ ނަގާ އުސޫލު "ޑެސްޓިނޭޝަން ޕްރިންސިޕަލް" އަށް ބަދަލުކުުރުމަށެވެ. މީގެ އިތުރުން ގްރީން ޓެކްސް އާއި އެއާޕޯޓް ޑިވަލޮޕްމެންޓް ޗާޖު ވެސް ބޮޑު ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.






