އަޒަރުބައިޖާން އެއަރލައިނުން ރާއްޖެއަށް މުޅިން އަލަށް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.
މި އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އަޒަރުބައިޖާންގެ ވެރިރަށް ބަކޫއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ.
އަޒަރުބައިޖާން އެއަރލައިނުން ބުނީ އެ އެއަރލައިނުން ރާއްޖެއަށް ހަފްތާއަކު ދެ ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ދަތުރުތައް ކުރުމުގައި އެ އެއަރލައިނުން ބޭނުންކުރާނީ ބޮއިންގ 787 ޑްރީމްލައިނަރ އެއަރކްރާފްޓް ކަމަށް އެ އެއަރލައިނުން ބުންޏެވެ.
މި ދަތުރުތަކުގެ ދިގުމިނުގައި 6 ގަޑިއިރު ހޭދަވާއިރު، އަޒަރުބައިޖާން އެއަރލައިނުން ބުނީ މި ދަތުރުތަކުގެ ސަބަބުން އެ ޤައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވެގެންދާނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މި ވަގުތު ބައިނަލްްއަޤްވާމީ 42 އެއަރލައިނަކުން ދަތުރުތައް ކުރެއެވެ.









