Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެމްޑަބްލިޔުއެސްސީ އަށް 76.2 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެ

އެމްޑަބްލިޔުއެސްސީ އަށް 76.2 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެ

އައިޝަތު ރުވާ ރިފްޢަތު
642 ދުވަސް ކުރިން - 6 ސެޕްޓެންބަރު 2024 14:21
އެމްޑަބްލިޔުއެސްސީ / ފޮޓޯ: ޚުލާސާ
އެމްޑަބްލިޔުއެސްސީ / ފޮޓޯ: ޚުލާސާ
ޚުލާސާ

އެމްޑަބްލިޔުއެސްސީ އިން އަޅާފައިވާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ފަށައިފިކަމަށާ، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުންޏަށް 76.2 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެ ކަމަށް އެކުންފުނިން ބުނެފި. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 40.3 މިލިއަން ރުފިޔާގެ އިތުރުވުމެއް

މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން އަޅާފައިވާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ފަށައިފިކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މަތީން ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުންޏަށް 76.2 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 40.3 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މި މުއްދަތުގައި ކުންފުނީގެ އާމްދަނީގެ ގޮތުގައި 334 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޖުމްލަ ފައިދާގެ ގޮތުގައި 181 މިލިއަން ރުފިޔާ އަދި ހިންގުމުގެ ފައިދާގެ ގޮތުގައި 95 މިލިއަން ރުފިޔާ ލިބިފައިވާކަމަށާއި މިދިޔަ އަހަރާ އަޅާބަލާއިރު އާމްދަނީ ދަށްވިނަމަވެސް، ޚަރަދުތައް ކުޑަކުރުމުގެ ސަބަބުން ކުންފުންޏަށް ބޮޑު ފައިދާއެިދާއެއް ލިބިފައިވާކަމަށް މަތީން ހާމަކުރެއްވިއެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ކުންފުނީގެ ފައިދާ އިތުރުވުމަށް މަގުފަހިވި ސަބަބުތަކުގެ ތެރޭގައި ޑޮލަރު ގަތުމުގެ އަގު 18.50 ރުފިޔާއިން 15.45 ރުފިޔާއަށް ދަށްކުރެވުނުކަމާއި، ޕްރޮކިއުމަންޓްގައި އަގު ހެޔޮކުރެވުނުކަން މަތީން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކޮންމެހެން ކުރަން ނުޖެހޭ ޚަރަދުތައް ނުކުރުމާއި، މުވައްޒަފުންގެ ބުރަ މަސައްކަތުން ފުރަތަމަ ކުއާޓަރުގައި ބޮޑު ފައިދާއެއް ލިބުނުކަންވެސް އެމަނިކުފާނު ވިދާޅުވެފައިއެވެ.

އެމްޑަބްލިޔުއެސްސީއަކީ މާލެ ސަރަހައްދަށް ފެނާއި ނަރުދަމާގެ ޚިދުމަތްދޭ މައި ކުންފުންޏެވެ. މަތީން ވިދާޅުވިގޮތުގައި ކުންފުކުންފުނީގެ އާމްދަނީ ލިބެނީ 4 ބަޔަކުން ކަމަށާއި، އޭގެތެރޭގައި 70 އައިޓަމް ވިއްކުމާއި ވިޔަފާރި ހިމެނެއެވެ.

އެމްޑަބްލިއުއެސްސީ
Ad
Ad

ގުޅޭ ޚަބަރުތައް

އެމްޑަބްލިޔުއެސްސީގެ ޗެއަރމަންގެ މަޤާމުން ޝަމްހޫޒާ ވަކިކޮށްފި

އެމްޑަބްލިޔުއެސްސީގެ ޗެއަރމަން ޝަމްހޫޒާ ވަކިކޮށްފި

25 ދުވަސް ކުރިން - 13:49

ޝަރުތުތަކަކާއެކު ފެން ބިލްތަކުގެ ޖޫރިމަނާ މައާފުކޮށްދޭން އެމްޑަބްލިއުއެސްސީން ނިންމައިފި

ފެން ބިލްތަކުގެ ޖޫރިމަނާ މައާފުކޮށްދޭން އެމްޑަބްލިއުއެސްސީން ނިންމައިފި

49 ދުވަސް ކުރިން - 17:23

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަމަށް ފަހުމީ

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަމަށް ފަހުމީ

58 ދުވަސް ކުރިން - 12:04

ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މަތީން އިސްތިއުފާ ދެއްވައިފި

ފެން ކުންފުނީގެ އެމްޑީ މަތީން އިސްތިއުފާ ދެއްވައިފި

59 ދުވަސް ކުރިން - 14:47

އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވާ ނަރުދަމާގެ ހުރިހާ މަޝްރޫއެއް މިއަހަރު ނިންމަނީ

އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވާ ހުރިހާ މަޝްރޫއެއް މިއަހަރު ނިންމަނީ

116 ދުވަސް ކުރިން - 14:15

ހުޅުމާލޭގައި އަލަށް ބެހެއްޓި ޕްލާންޓާއި އެކު ދުވާލަކު ފަސްމިލިއަން ލިޓަރުގެ ފެން ލިބޭނެ

އާ ޕްލާންޓައެކު ދުވާލަކު ފަސްމިލިއަން ލިޓަރުގެފެން ލިބޭނެ

117 ދުވަސް ކުރިން - 00:58

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%