ދިރާގުން 'ސީޑް ބައި ބީސީސީ' އާއެކު ޕާޓްނަޝިޕް އާކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 406 ދުވަސް ކުރިން - 9 ސެޕްޓެންބަރު 2024 18:11
ދިރާގު މައި  އިމާރާތް  /  ފޮޓޯ:  ޚުލާސާ
ދިރާގު މައި އިމާރާތް / ފޮޓޯ: ޚުލާސާ
ޚުލާސާ

މި ޕާޓްނަޝިޕްގެ ސަބަބުން އިނޮވޭޝަން، އެންޓްރަޕްރިނިއަރޝިޕް އަދި ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށާއި އަދި މީގެ އިތުރުން، ރާއްޖޭގައި ޑިޖިޓަލް ކޮމިއުނިޓީއެއް އުފެއްދުމަށާއި ވިޔަފާރީގެ މާޙައުލު ކުރިއެރުވުމަށް މި ޕާޓްނަޝިޕުން އެހީތެރިވެދޭނެ ކަމަށް ދިރާގުން ބުނި.

ދިވެހިރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ ކުންފުނި، ދިރާގު އާއި 'ސީޑް ބައި ބީސީސީ' އާ ދެމެދު އައު ޕާޓްނަޝިޕެއް ޤާއިމްކޮށްފިއެވެ.

މި ޕާޓްނަޝިޕްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ޒަމާނީ ޑިޖިޓަލް ވޯކްސްޕޭސްތަކަށް ހައިސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމާއި، 'ސީޑް' ގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމެވެ.

ދިރާގުން ބުނީ މި ޕާޓްނަޝިޕްގެ ސަބަބުން އިނޮވޭޝަން، އެންޓްރަޕްރިނިއަރޝިޕް އަދި ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުން، ރާއްޖޭގައި ޑިޖިޓަލް ކޮމިއުނިޓީއެއް އުފެއްދުމަށާއި ވިޔަފާރީގެ މާޙައުލު ކުރިއެރުވުމަށް މި ޕާޓްނަޝިޕުން އެހީތެރިވެދޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ..

'ސީޑް ބައި ބީސީސީ' އަކީ ފްރީލާންސަރުން، ވިޔަފާރިވެރިން، ސްޓާޓްއަޕްތައް އަދި ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން އަގުހެޔޮ އަދި ފްލެކްސިބަލް ވޯކްސްޕޭސް ހައްލުތައް ފޯރުކޮށްދޭ ތަނެކެވެ. މި ޕާޓްނަޝިޕްގެ ސަބަބުން 'ސީޑް' ގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަރުދުންނަށާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު މި ޚިދުމަތްތައް ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

މި ޕާޓްނަޝިޕްގެ ދަށުން ދިރާގުން ފޯރުކޮށްދޭ ހައިސްޕީޑް އިންޓަނެޓް ޚިދުމަތުގެ ސަބަބުން، 'ސީޑް' ގެ ވޯކްސްޕޭސްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދަށް އިތުރު ކުރިއެރުމެއް ލިބި، ވިޔަފާރީގެ މާޙައުލު އިތުރަށް ކުރިއަރައިގެންދާނެ ކަމަށް ދެ ފަރާތުން އުންމީދުކުރެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%