ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވައިފި

އަހްމަދު އީޒާން | 260 ދުވަސް ކުރިން - 2 ފެބްރުއަރީ 2025 13:38
ޚުލާސާ

އިސްކަންދަރު ބިލްޑިންގައި ބޭއްވި އެ މަޝްވަރާ ބައްދަލުވުމަކީ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރާއި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު ގުޅިގެން ބޭއްވި ބައްދަލުވުމެއް.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެވުނު ފަސްވަނަ އިސްލާހާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ގުޅުންހުރި އިދާރާތަކާއި އެކު ފުލުހުން ބައްދަލުވުމެއް މިއަދު ބާއްވައިފި އެވެ.

ފުލުހުން ބުނީ އިސްކަންދަރު ބިލްޑިންގައި ބޭއްވި އެ މަޝްވަރާ ބައްދަލުވުމަކީ އެ ހިދުމަތުގެ އެންޓި ސްކޭމް ސެންޓަރާއި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު ގުޅިގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

އެ ބައްދަލުވުމުގައި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އާއި ދިރާގާއި އުރީދޫ އާއި ބެންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި ފަހި ޕޭ އަދި ވިލާ ޓްރެވަލްސްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ފުލުހުން ބުނީ އެ ބައްދަލުވުމުގައި ޖިނާއި އިޖުރާއަތުގެ ގާނޫނަށް ގެނެވުނު ފަސްވަނަ އިސްލާހާއި ގުޅޭ ގޮތުން އިދާރާތަކުގެ މެދުގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށް މާލީ އިދާރާތައް ގުޅިގެން ގައިޑްލައިން ހެދުމަށް ބޭނުންވާ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%