ދިރާގު ރޯޑް ރޭސް 2025 އަށް 4،500 ދުވުންތެރިން ހަމަވުމާއެކު، ރަޖިސްޓްރޭޝަން ބަންދުކޮށްފި ކަމަށް ދިރާގުން ބުނެފިއެވެ.
ދިރާގު ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ގިނަ މީހުން އިންތިޒާރުކުރާ ދުވުމުގެ އިވެންޓެވެ.
ދިރާގު ރޯޑް ރޭސްގެ 16 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު 24 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
މި އިވެންޓަށް 4،500 ދުވުންތެރިން ހަމަވެފައިވާކަން ދިރާގުން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު މުއާޞަލާތީ ކުންފުނިން މި އަހަރުގެ ދުވުމުގައި ވެސް ހާފް މެރެތަން، 10 ކިލޯމީޓަރު އަދި ފަސްކިލޯމީޓަރު ކެޓެގަރީ އަދި ފަސް ކިލޯމީޓަރު ކޯޕަރޭޓް ޓީމް ކެޓަގަރީގައި ބައިވެރިވުމަށް ފުރުސަތު ދިނެވެ. ފަސް ކިލޯމީޓަރު ކޯޕަރޭޓް ޓީމް ކެޓަގަރީގައި އޮފީސް ރިސޯޓުތަކުން ހަތަރު މީހުންގެ ޓީމުތައް ހަދައިގެން ބައިވެރިވުމަށް ފުރުސަތު ދިނެވެ.