Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ނެޓްވޯކް ދަށްވެ އަމަން ދޯދި އަދި އުދަރެސް ފުލެޓުތަކުގެ ރައްޔިތުންގެ ނުރުހުން އުރީދޫއާއި ދިރާގަށް

ނެޓްވޯކް ދަށްވެ އަމަން ދޯދި އަދި އުދަރެސް ފުލެޓުތަކުގެ ރައްޔިތުންގެ ނުރުހުން އުރީދޫއާއި ދިރާގަށް

އައިޝަތު އީމާން
102 ދުވަސް ކުރިން - 1 މާޗް 2026 21:55
ދިރާގު (ކ)، އުރީދޫ (ވ)---
ދިރާގު (ކ)، އުރީދޫ (ވ)---
ޚުލާސާ

އެ ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުން ދެކޭ ގޮތުގައި އެ ސަރަހައްދުގެ ނެޓްވޯކަކީ ކުރީބައިގައި އެ ސަރަހައްދަށް މީހުން ބަދަލުވުމުގެ ކުރިން ހައްލުވެފައި އޮންނަންޖެހޭ ކަމަށް.

ހުޅުމާލެ ފޭސް 2 ގައި އަލަށް އާބާދުވި އަމަން ދޯދި އަދި އުދަރެސް ފުލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވަމުންދާ މޮބައިލް ނެޓްވޯކްގެ ދަތިކަމާއި، ސިގްނަލް ކެނޑުމުގެ މައްސަލަތަކާ ގުޅިގެން، ރާއްޖޭގެ މުވާސަލާތީ ދެ ކުންފުނި ކަމަށްވާ އުރީދޫ މޯލްޑިވްސް އާއި ދިރާގުގެ ހިދުމަތްތަކާމެދު އާންމުންގެ ބޮޑެތި ޝަކުވާތަކެއް އަމާޒުވެއްޖެ އެވެ.

މިދިޔަ ދެމަސް ނުވަތަ މަހެއްހާ ދުވަސް ކުރިން ހަވާލުކުރި މި ފުލެޓުތަކުގައިި ދިރިއުޅޭ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ގޭތެރޭގައި ހުންނައިރު ސިގްނަލް ވަރަށް ބޮޑަށް ދަށްވުމާއި، އިންޓަނެޓްގެ ސްޕީޑް ލަސްވުމުގެ އިތުރުން، ފޯނު ކޯލްތައް މެދުކެނޑުމަކީ ކޮންމެ ދުވަހަކު އާންމުކޮށް ދިމާވާ މައްސަލައެކެވެ. ރައްޔިތުން ބުނާ ގޮތުގައި ބާރުބޮޑުވާ ވަގުތުތަކުގައި ނޫނަސް ނެޓްވޯކްގެ މައްސަލަ ދިމާވާއިރު، މިއީ ހަމައެކަނި ވަކި އިމާރާތަކަށް ދިމާވާ ކަމެއް ނޫނެވެ.

ފޭސް 2 ގެ އާބާދީ ހަލުވިކަމާއެކު އިތުރުވަމުންދާއިރު، އެއާ އެއްވަރަށް މުވާސަލާތީ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރެވިފައި ނުވާކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ. އެތައް ހާސް ބަޔަކު އެ ސަރަހައްދުގައި ދިރިއުޅެން ފެށިއިރު، އެކަށީގެންވާ ވަރަށް ނެޓްވޯކް ޕްލޭން ކުރެވި، ކެޕޭސިޓީ އިތުރުކުރެވިފައިވޭތޯ މިހާރު ދަނީ ސުވާލު އުފެދެމުންނެވެ.

Advertisement

Advertisement 1

ކަސްޓަމަރުން ބުނާ ގޮތުގައި ގޭތެރޭގައި ތިބޭއިރު ސިގްނަލް ހުންނަނީ އެންމެ ރަންގެއް ނުވަތަ ދެ ރަންގަށެވެ. އަދި ބޭރުގައި އުޅޭއިރުވެސް ސިގްނަލް އެއްވަރަކަށް ނުލިބޭ ކަމަށް ފާހަގަކުރެ އެވެ. މި މައްސަލަ ދެ ކުންފުނީގެ ކަސްޓަމަރުންނަށްވެސް ކުރިމަތިވި ނަމަވެސް، އުރީދޫގެ ހިދުމަތް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ބުނެ ބައެއް ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އުސް އިމާރާތްތަކުގެ ސަބަބުން ސިގްނަލް ލިބުމަށް ދަތިވާކަން އެނގުނު ނަމަވެސް، ރައްޔިތުން ދެކޭ ގޮތުގައި އެއީ ކުރީބައިގައި ޕްލޭންކޮށް ހައްލު ހޯދަންޖެހޭ ކަމެކެވެ. އެހެންކަމުން، އިތުރު ޓަވަރުތަކާއި، ރޫފްޓޮޕް އެންޓަނާ ނުވަތަ ސިގްނަލް ވަރުގަދަކުރާ ވަސީލަތްތައް ފޭސް 2 ގެ އެކި ސަރަހައްދުތަކުގައި އަވަހަށް ގާއިމުކުރުން މުހިންމު ކަމަށް އެފަރާތްތަކުން ބުނެ އެވެ.

ނެޓްވޯކު ދަށްވެގެން އުރީދޫ ކަސްޓަމަރަކު އޭނާގެ ގޭގައި ގެންގުޅޭ އެއާ ފައިބާ ބެލްކަނިން ބޭރަށް ދިއްކޮށްގެން---

މުވާސަލާތީ ހިދުމަތަކީ އަސާސީ ހިދުމަތަކަށް ވާއިރު، މިއީ އިމާރާތްތައް ނިމުމަށްފަހު ފަހުން ވިސްނަންޖެހޭ ކަމެއް ނޫން ކަމަށް ރައްޔިތުން ބުނެ އެވެ. ހިދުމަތް ބޭނުންކުރާ ފަރާތްތަކުން މިހާރު ގޮވާލަމުންދަނީ ދެ ކުންފުނިންވެސް މިކަމުގައި ތަފްސީލް ހާމަކުރުމަށެވެ. އެގޮތުން ފޭސް 2 ގައި އިތުރު ޓަވަރުތައް ޖެހުމުގެ ޕްލޭނެއް އޮތްތޯއާއި، ނެޓްވޯކް ރަނގަޅު ކުރުމުގެ މަސައްކަތެއް ކުރިއަށްދޭތޯ އަދި މިކަމަށް ހައްލެއް ލިބޭނެ ތާރީހެއް ހާމަކުރުމަށް ވަނީ އެދިފަ އެވެ.

މިއަދު މޮބައިލް ނެޓްވޯކަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ބޭނުންކުރާ އެއްޗެއް ނޫން ކަމަށާއި، އެއީ ވިޔަފާރިއާއި، ކުއްލި ހާލަތްތަކާއި، ބޭންކިންގް އަދި ވަޒީފާގެ ކަންކަމަށް ކޮންމެހެން ބޭނުންތެރި ޚިދުމަތެއްކަން ފާހަގަކޮށް، އެކަށީގެންވާ ފިޔަވަޅެއް ނާޅާހާ ހިނދަކު ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންގެ ހިތްހަމަނުޖެހުން ދާނީ ބޮޑުވަމުންނެވެ.

މި ދެ ކުންފުންޏަކީ ވެސް އަހަރެއްގެ މައްޗަށް ބިލިއަނުން އާމްދަނީ ހޯދައި އެތައް މިލިއަން ފައިދާ ނަގާ ކުންފުނިތަކަށްވާއިރު، މި ފުލެޓުތަކަށް މީހުން ބަދަލުވާންވާއިރަށް ނެޓްވޯކް ރަނގަޅު ނުކުރެވި އޮތުމަކީ އެ ދެ ކުންފުނީގެ ނާގާބިލުކަން ކަމަށް އެ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އުރީދޫދިރާގު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އުރީދޫގެ ސީއީއޯގެ މަގާމަށް ޝާދީ ގަވަސްމީ

އުރީދޫގެ ސީއީއޯގެ މަގާމަށް ޝާދީ ގަވަސްމީ

130 ދުވަސް ކުރިން - 14:16

އުރީދޫ އިން އެމްއެންޑީއެފަށް ކަނޑުއަޑީގައި ބޭނުންކުރާ ހާއްސަ އިކްއިޕްމަންޓްތަކެއް ހަދިޔާކޮށްފި

އެމްއެންޑީއެފަށް ކަނޑުއަޑީގެ ހާއްސަ އިކްއިޕްމަންޓްތަކެއް އުރީދޫން ހަދިޔާކޮށްފި

135 ދުވަސް ކުރިން - 23:26

އުރީދޫ ކަސްޓަމަރުންނަށް ސްރީލަންކާއަށް ހިލޭ ގުޅޭނެގޮތް ހަމަޖައްސައިފި

އުރީދޫ ކަސްޓަމަރުންނަށް ސްރީލަންކާއަށް ހިލޭ ގުޅޭނެގޮތް ހަމަޖައްސައިފި

195 ދުވަސް ކުރިން - 17:07

އުރީދޫއިން އިމިގްރޭޝަން މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމެއް!

އުރީދޫއިން އިމިގްރޭޝަން މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމެއް!

246 ދުވަސް ކުރިން - 18:28

ދިރާގު ރޯޑް ރޭސް: 4،500 ދުވުންތެރިން ހަމަވުމާއެކު, ރަޖިސްޓްރޭޝަން ބަންދު!

ދިރާގު ރޯޑް ރޭސް ރަޖިސްޓްރޭޝަން ބަންދު

262 ދުވަސް ކުރިން - 13:51

ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2025 ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2025 ނިންމާލައިފި

277 ދުވަސް ކުރިން - 11:57