Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އުރީދޫގެ ސީއީއޯގެ މަގާމަށް ޝާދީ ގަވަސްމީ

އުރީދޫގެ ސީއީއޯގެ މަގާމަށް ޝާދީ ގަވަސްމީ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
175 ދުވަސް ކުރިން - 1 ފެބްރުއަރީ 2026 14:16
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް އައްޔަން ކުރި ޝާޑީ ގަވަސްމީ---
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް އައްޔަން ކުރި ޝާޑީ ގަވަސްމީ---
ޚުލާސާ

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޝާދީ ހުންނެވީ އުރީދޫ ފަލަސްތީނުގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމުގަ

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ޝާދީ ގަވަސްމީ މިއަދު އައްޔަނުކޮށްފި އެވެ.

ޝާދީ ގަވަސްމީ މި މަގާމަށް އައްޔަނުކޮށްފައި މިވަނީ 2 ފެބްރުއަރީ 2022 އިން ފެށިގެން އެ މަގާމު ފުރުއްވަމުން ގެންދެވި ގަތަރުގެ ހާލިދު ހަސަން އަލް-ހަމާދީގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

އުރީދޫގައި 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ޝާދީ ގަވަސްމީ ވަނީ އުރީދޫ ފަލަސްތީނުގައި މުހިންމު މަގާމުތަކެއް ވެސް ފުރުއްވައިފަ އެވެ. އެގޮތުން 2015 އިން 2018 އަށް މާކެޓިން ކޮމިއުނިކޭޝަންސް އަދި ޕަބްލިކް ރިލޭޝަންސް މެނޭޖަރުކަން، އަދި 2018 އިން 2022 އަށް ސޭލްސް ޑިރެކްޓަރުކަން ފަދަ މަގާމުތައް ފުރުއްވާފައިވެ އެވެ.

Advertisement

Advertisement 1

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ އުރީދޫ ފަލަސްތީނުގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމުގަ އެވެ.

ތައުލީމީ ދާއިރާއަށް ބަލާއިރު، ޝާދީ ވަނީ 2004 ވަނަ އަހަރު އެމެރިކާގެ ބްރިގްހަމް ޔަންގް ޔުނިވަރސިޓީން އެޑްވަޓައިޒިން އަދި މާކެޓިން ކޮމިއުނިކޭޝަންސްގެ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ. އަދި 2008 ވަނަ އަހަރު ފަރަންސޭސިވިލާތުގެ އީޑީއެޗްއީސީ ބިޒްނަސް ސްކޫލުން މާކެޓިން މެނޭޖްމަންޓްގެ ދާއިރާއިން ޝާދީ ވަނީ މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ.

އުރީދޫ ފަލަސްތީނުގެ މާކެޓް ފުޅާކުރުމާއި، އާ ޓެކްނޮލޮޖީތައް ތައާރަފްކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ޝާދީއަކީ މެނޭޖްމަންޓް ކޮންސަލްޓިން، ބިޒްނަސް ޑިވެލޮޕްމަންޓް އަދި މާކެޓިން ކޮމިއުނިކޭޝަންސްގެ ދާއިރާއިން ފުޅާ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

އުރީދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިޕޯޓް: ޕޭޕަލްގެ ހިދުމަތާއެކު ދިވެހި އިގްތިސާދު ބައިނަލްއަގްވާމީ މައިދާނަށް ހުޅުވާލުން

ޕޭޕަލްގެ ހިދުމަތާއެކު ދިވެހި އިގްތިސާދު ބައިނަލްއަގްވާމީ މައިދާނަށް ހުޅުވާލުން

40 ދުވަސް ކުރިން - 14:32

ރައީސް މުއިއްޒުގެ ވަޢުދުފުޅު ފުއްދަވައިފި: ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ރާއްޖެއަށް!

ރައީސް މުއިއްޒުގެ ވަޢުދުފުޅު ފުއްދަވައިފި: ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ރާއްޖެއަށް!

41 ދުވަސް ކުރިން - 11:57

ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށް ރައީސްގެ ވައުދު ފުރިހަމަކޮށްފި

ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށް ރައީސްގެ ވައުދު ފުރިހަމަކޮށްފި

41 ދުވަސް ކުރިން - 11:48

ނެޓްވޯކް ދަށްވެ އަމަން ދޯދި އަދި އުދަރެސް ފުލެޓުތަކުގެ ރައްޔިތުންގެ ނުރުހުން އުރީދޫއާއި ދިރާގަށް

އާފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ނުރުހުން އޫރީދޫއާ ދިރާގަށް

147 ދުވަސް ކުރިން - 21:55

އުރީދޫ އިން އެމްއެންޑީއެފަށް ކަނޑުއަޑީގައި ބޭނުންކުރާ ހާއްސަ އިކްއިޕްމަންޓްތަކެއް ހަދިޔާކޮށްފި

އެމްއެންޑީއެފަށް ކަނޑުއަޑީގެ ހާއްސަ އިކްއިޕްމަންޓްތަކެއް އުރީދޫން ހަދިޔާކޮށްފި

180 ދުވަސް ކުރިން - 23:26

އުރީދޫ ކަސްޓަމަރުންނަށް ސްރީލަންކާއަށް ހިލޭ ގުޅޭނެގޮތް ހަމަޖައްސައިފި

އުރީދޫ ކަސްޓަމަރުންނަށް ސްރީލަންކާއަށް ހިލޭ ގުޅޭނެގޮތް ހަމަޖައްސައިފި

240 ދުވަސް ކުރިން - 17:07