Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އުރީދޫ އިން އެމްއެންޑީއެފަށް ކަނޑުއަޑީގައި ބޭނުންކުރާ ހާއްސަ އިކްއިޕްމަންޓްތަކެއް ހަދިޔާކޮށްފި

އުރީދޫ އިން އެމްއެންޑީއެފަށް ކަނޑުއަޑީގައި ބޭނުންކުރާ ހާއްސަ އިކްއިޕްމަންޓްތަކެއް ހަދިޔާކޮށްފި

މުހައްމަދު ޖަމްޝަތު
180 ދުވަސް ކުރިން - 27 ޖެނުއަރީ 2026 23:26
އުރީދޫ އިން އެމްއެންޑީއެފް އަށް ކަނޑު އަޑީގެ ހާއްސަ އިކުއިޕްމަންޓް ހަދިޔާ ކުރުން--- ފޮޓޯ:އެމްއެންޑީއެފް
އުރީދޫ އިން އެމްއެންޑީއެފް އަށް ކަނޑު އަޑީގެ ހާއްސަ އިކުއިޕްމަންޓް ހަދިޔާ ކުރުން--- ފޮޓޯ:އެމްއެންޑީއެފް
ޚުލާސާ

އެމްއެންޑީއެފް އިން ބުނީ މި އިކުއިޕްމަންޓް ތަކުން ކޯސްޓްގާޑުގެ ސާޗް އެންޑް ރެސްކިއު އަދި ކަނޑުއަޑީގެ އޮޕަރޭޝަންތައް ވަރުގަދަކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް

ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރަމުންދާ މަސައްކަތްތަކަށާއި، ކަނޑުއަޑީގެ އޮޕަރޭޝަންތައް ކުރިއަށްގެންދިއުމަށް އެހީތެރިވުމުގެ ގޮތުން، އުރީދޫ މޯލްޑިވްސްއިން އެމްއެންޑީއެފް އަށް ހާއްސަ އިކްއިޕްމަންޓްތަކެއް ހަދިޔާކޮށްފި އެވެ.

މިކަމަށް ޓަކައި ބަންޑާރަކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ތަކެތި ރަސްމީކޮށް އެމްއެންޑީއެފަށް ހަވާލުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ހާލިދު އަލް ހަމާދީ އެވެ. އެމްއެންޑީއެފް ގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ.

އުރީދޫއިން އެމްއެންޑީއެފް އަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި؛

Advertisement

Advertisement 1
  1. 1 އޯޝަން ރީފް އެމް 105 ޑިޖިޓަލް ޑުއަލް ޗެނަލް ކޮމިއުނިކޭޝަން އިކުއިޕްމަންޓް
  2. 1 ލޫބެލް ލެބް އަންޑަރ ވޯޓަރ ލައުޑްސްޕީކަރު
  3. 3 އޯޝަން ރީފް ފުލް ފޭސް، ފޭސް 2 ޑައިވިން މާސްކް ހިމެނެ އެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި މި އިކްއިޕްމެންޓް ތަކަކީ ކަނޑުއަޑީގައި މުއާމަލާތްކުރުމަށާއި، ޑައިވަރުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން އޮޕަރޭޝަންތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ފަރުމާކޮށްފައިވާ ތަކެއްޗެވެ. އަދި މީގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާޑުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާ ސަލާމަތީ އަދި މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ވަނީ އުރީދޫ މޯލްޑިވްސްއިން ވެދެއްވި މި ދީލަތި އެހީއަށްޓަކައި އެ ފަރާތަށް ޝކުރު އަދާކޮށްފަ އެވެ. އަދި ވިދާޅުވީ ކަނޑުގެ މާހައުލަށް ބިނާވެފައިވާ މިފަދަ ގައުމެއްގައި، ކޯސްޓްގާޑުގެ ސާޗް އެންޑް ރެސްކިއު އަދި ކަނޑުއަޑީގެ އޮޕަރޭޝަންތައް ވަރުގަދަކުރުމަށް މި އިކްއިޕްމަންޓް ތަކަކީ ނުހަނު ބޭނުންތެރި އިކްއިޕްމަންޓްތަކެއް ކަމަށެވެ.

އެމްއެންޑީއެފްއުރީދޫ(ކުރީގެ މިނިސްޓަރު) ގައްސާން މައުމޫން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިފައިންގެ ދެބެޗެއްގެ އަސާސީ ތަމްރީން ކޯސް ނިންމި 255 ދަރިވަރުން ހުވާކޮށްފި

ސިފައިންގެ ދެބެޗެއްގެ އަސާސީ ތަމްރީން ކޯސް ނިންމި 255 ދަރިވަރުން ހުވާކޮށްފި

10 ދުވަސް ކުރިން - 20:18

ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫއު ރަސްމީކޮށް އިފުތިތާހުކޮށްފި

ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫއު ރަސްމީކޮށް އިފުތިތާހުކޮށްފި

36 ދުވަސް ކުރިން - 20:14

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ކޯސް މިއަދު ފަށައިފި

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ކޯސް ފަށައިފި

37 ދުވަސް ކުރިން - 15:11

ރިޕޯޓް: ޕޭޕަލްގެ ހިދުމަތާއެކު ދިވެހި އިގްތިސާދު ބައިނަލްއަގްވާމީ މައިދާނަށް ހުޅުވާލުން

ޕޭޕަލްގެ ހިދުމަތާއެކު ދިވެހި އިގްތިސާދު ބައިނަލްއަގްވާމީ މައިދާނަށް ހުޅުވާލުން

40 ދުވަސް ކުރިން - 14:32

ރައީސް މުއިއްޒުގެ ވަޢުދުފުޅު ފުއްދަވައިފި: ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ރާއްޖެއަށް!

ރައީސް މުއިއްޒުގެ ވަޢުދުފުޅު ފުއްދަވައިފި: ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ރާއްޖެއަށް!

41 ދުވަސް ކުރިން - 11:57

ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށް ރައީސްގެ ވައުދު ފުރިހަމަކޮށްފި

ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށް ރައީސްގެ ވައުދު ފުރިހަމަކޮށްފި

41 ދުވަސް ކުރިން - 11:48