އައު ޓަރމިނަލް ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުވާލެވޭނެ ކަމަށް އުއްމީދުކުރެވޭ ކަމަށާއި، އެއަރޕޯޓުގެ މުޅި ޚިދުމަތް ފުރިހަމަ ގޮތުގައި ފަށައިގަނެވޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ފުރަތަމަ ނުވަތަ ދެވަނަ ކުއާޓަރުގައި
759 ދުވަސް ކުރިން - 13:11
އިގްތިސާދީ ތަފާތުކުރުމުގެ ޕްލޭންތައް ޕްރިންސްޓަންގައި އިއުލާންކޮށް، ބޭރުގެ އިންވެސްޓްމަންޓްތައް ޝައުގުވެރި ކުރުވުމަށް ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއި، ޓެކްނޮލޮޖީ އިންޓަގްރޭޝަނާއި، ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުން ހިމެނޭ ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި
759 ދުވަސް ކުރިން - 08:30
ރައީސް ވިދާޅުވީ ކަނޑުން ކަރަންޓު އުފެއްދިދާނެ ކަމަށާއި، އެކަމަށް ރާއްޖޭގައި އިންވެސްޓު ކުރުމަކީ ފައިދާ ވާނެ ކަމެއް ކަމަށް. އަދި އެކަމަށްޓަކައި އިންވެސްޓު ކުރުމަށް ފުރުސަތު އޮތް ކަމަށް ވިދާޅުވި
760 ދުވަސް ކުރިން - 19:15
މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ކޯޓާ ފީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 232 މިލިއަން ރުފިޔާ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 104 މިލިއަން ރުފިޔާއާ އަޅާބަލާއިރު 123 އިންސައްތައިގެ އިތުރުވުމެއް
765 ދުވަސް ކުރިން - 21:00
ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި އިއްޔެ ރޭ ބޭއްވުނު ސައުތު އޭޝިއާ ޓްރެވެލް އެވޯޑް (ސަޓާ) ޖަލްސާގައި. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ލީލި ލައުންޖަށް ލީޑިން އެއާޕޯޓް ލައުންޖުގެ އެވޯޑް ލިބިފައިވާއިރު މިއީ ލީލި ލައުންޖަށް މި އެވޯޑް ލިބުނު ފަސްވަނަ ފަހަރު.
765 ދުވަސް ކުރިން - 20:50
މީގެ ދެ އަހަރު ކުރިން އޮތް އުސޫލު ބަދަލުކޮށް މިހާރު ވަނީ ހަރުކަށި ގަވާއިދުތަކެއް ގެނެސްފަ. އެގޮތުން ދެން ޓެކްސީ ޚިދުމަތް ދެވޭނީ ޓެކްސީ ޚިދުމަތްދޭ ސެންޓަރެއްގައި ރަޖިސްޓްރީވެގެން.
765 ދުވަސް ކުރިން - 13:53
މި ފެއާގައި ބައިވެރިވުމުގެ ސަބަބުން ބަންގްލަދޭޝްގެ ޓްރެވަލް އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނާ ގުޅުން ބަދަހިކުރުމަށް މުހިންމު ފުރުޞަތުތަކެއް ލިބިގެންގޮސްފައިވާ އިރު މިކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ބަންގްލަދޭޝްއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވެގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށް އެމްއެމްޕީއާރުސީއިން ބުނެފައިވޭ.
766 ދުވަސް ކުރިން - 18:51
އުލިގަމްގައި އަލަށް ހުޅުވި ނޯތު އައިއެސްޕީއެސް ގޭޓުން ކަނޑުގެ އިންފްރާސްޓްރަކްޗަރ އިތުރުވެ، މުހިންމު އިދާރާތަކަށް ޚާއްޞަ ޖާގަތަކެއް ލިބިގެންދާއިރު، މިއީ ރާއްޖޭގެ އުތުރުގެ ސަލާމަތީ ކަންކަން ރަނގަޅުކޮށް، ކަނޑުގެ އޮޕަރޭޝަންތައް ފަސޭހަވެގެންދާނެ ގޭޓެއް.
767 ދުވަސް ކުރިން - 13:47
ވިޔަފާރިވެރިންގެ ފީ ކުޑަކުރުމާއި ސަޕްލައި ޗޭން އިތުރުކުރުމުގެ މަގުސަދުގައި އައްޑޫ ހިމެނޭޙެން މުޅި ރާއްޖޭގައި ކަނޑުގެ ހިދުމަތް ފުޅާކުރުމަށް އެމްޕީއެލްއިން ރާވާފައިވާއިރު، ބައިނަލްއަޤްވާމީ އެއްބާރުލުން ދިނުމުގެ ފުރުސަތު އޮންނާނެ
767 ދުވަސް ކުރިން - 13:47
ވަޖީހު ވިދާޅުވީ، އެމްޕީއެލްގެ ފޯކަސް ހުރީ ވަޒީފާ އިތުރުކުރުމާއެކު އިޤްތިޞާދަށް ވަންނަ ފައިސާ އިތުރު ކުރުމަށް ކަމަށް. ރާއްޖޭގެ ކަނޑުގެ ދާއިރާގައި ވަކިން ޚާއްސަކޮށް އުތުރުގެ ސަރަޙައްދުތަކުގައި ވަޒީފާ އުފެއްދުމާއި އިޤްތިސާދީ ކުރިއެރުމުގެ ފުރުޞަތު އޮތް ކަމަށް ވަޖީހު ވަނީ ވިދާޅުވެފައި.
767 ދުވަސް ކުރިން - 13:38
ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑަކީ އިސްލާމިކް ބޭންކިން އާއި ފައިނޭންސް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މަސައްކަތްކުރާ ދުނިޔޭގެ ގައުމުތަކާއި މުއައްސަސާތަކާއި ފަރުދުންނަށް ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަގުވާމީ އެވޯޑް ހަފްލާ އެއް. ރާއްޖޭއަށް ވަނީ "14 ވަނަ ގްލޯބަލް އިސްލާމިކް ފައިނެންސް ލީޑަޝިޕް އެވޯޑު 2024" ގެ ޝަރަފުވެރި އިނާމު އަރުވައިފަ
767 ދުވަސް ކުރިން - 12:39
މި ޕާޓްނަރޝިޕްގެ ދަށުން، ދަރިވަރުންނަށް ތަމްރީނާއި އިންޓަރންޝިޕްގެ ފުރުސަތުތައް ހުޅުވިގެންދާނެ. މި ޕާޓްނަރޝިޕްގެ މައިގަނޑު މަޤްޞަދަކީ ޓެލެކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީ ދާއިރާއިން ކުރިއަށްދިއުމަށް ބޭނުންވާ ދަރިވަރުންނަށް މަގުފަހިކޮށްދިނުން،
768 ދުވަސް ކުރިން - 13:46