ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑް ރާއްޖެއަށް ލިބިއްޖެ

އުސްތާޛް އަލީ އާދަމް | 493 ދުވަސް ކުރިން - 19 ސެޕްޓެންބަރު 2024 12:39
ޚުލާސާ

ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑަކީ އިސްލާމިކް ބޭންކިން އާއި ފައިނޭންސް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މަސައްކަތްކުރާ ދުނިޔޭގެ ގައުމުތަކާއި މުއައްސަސާތަކާއި ފަރުދުންނަށް ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަގުވާމީ އެވޯޑް ހަފްލާ އެއް. ރާއްޖޭއަށް ވަނީ "14 ވަނަ ގްލޯބަލް އިސްލާމިކް ފައިނެންސް ލީޑަޝިޕް އެވޯޑު 2024" ގެ ޝަރަފުވެރި އިނާމު އަރުވައިފަ

ގްލޯބަލް އިސްލާމިކް ފައިނޭންސް ލީޑަރޝިޕް އެވޯޑް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.

މި އެވޯޑަކީ އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް ކުރެވިފައިވާ މަސައްކަތްތަކުގެ އަގުވަޒަންކުރާ އެވޯޑެކެވެ.

ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑަކީ އިސްލާމިކް ބޭންކިން އާއި ފައިނޭންސް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މަސައްކަތްކުރާ ދުނިޔޭގެ ގައުމުތަކާއި މުއައްސަސާތަކާއި ފަރުދުންނަށް ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަގުވާމީ އެވޯޑް ހަފްލާއެކެވެ. މިއަހަރު އެ ރަސްމިއްޔާތު އޮތީ ވިލާ ނޯޓިކާ ރިސޯޓުގައި އަންގާރަ ދުވަހު އެވެ.

މި ރަސްމިއްޔާތުގައި ރާއްޖެއަށް ވަނީ 14 ވަނަ ގްލޯބަލް އިސްލާމިކް ފައިނޭންސް ލީޑަޝިޕް އެވޯޑް 2024 ދީފައެވެ. އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް ރާއްޖެއިން ކުރި މަސައްކަތާއި ދެމެހެއްޓެނިވި ގޮތެއްގައި އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ މައްޗަށް ބިނާކޮށް މިހާތަނަށް ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން މި އެވޯޑް ރާއްޖެއަށް ދީފައިވެ އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ.މުހައްމަދު ޝަފީގު ވަނީ ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ތާރީޚާއި އިސްލާމިކް ފައިނޭންސް ނިޒާމަށް އައިސްފައިވާ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ރާއްޖޭގައި އިސްލާމިކް ފައިނޭންސް އަށް ހޭލުންތެރިކުރުމުގެ މުހިންމުކަމާއި ރާއްޖެއަކީ އިސްލާމިކް ފައިނޭންސްގެ ސަރަހައްދީ މަރުކަޒަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރު ވެސް ހިއްސާކުރެއްވި އެވެ.

އިސްލާމީ ޝަރީޢަތުގެ މައްޗަށް ބިނާވެފައިވާ އަޚްލާޤީ އުޞޫލުތަކަށް ތަބާވުމުން އިސްލާމީ މާލިއްޔަތުން އެތައް ފައިދާތަކެއް ލިބެއެވެ. އެއީ އިންޓަރެސްޓް (ރިބާ) މަނާކުރުމާއި، ރިސްކް ހިއްސާކުރުމާއި ހަމަހަމަ ގޮތެއްގައި މުއްސަނދިކަން ބަހާލުން ކުރިއެރުވުމާއި، މާލީ މުއާމަލާތްތައް ހަގީގީ އެސެޓްތަކުން ބެކް ކުރެވޭކަން ކަށަވަރުކުރުމެވެ. މިއީ މާ ސްޓޭބަލް އަދި ރެސިލިއަންޓް މާލީ ނިޒާމެއް އުފެދި، ޝައްކުތަކާއި ދަރަނިތަކާ ގުޅުން ހުރި ދަތިތައް މަދުކޮށްދޭ ކަމެކެވެ. އަދި ގެއްލުން ހުރި ކަމަށް ބެލެވޭ ދާއިރާތަކުން ދުރުހެލިވެ، އިންފްރާސްޓްރަކްޗަރ، ތައުލީމާއި ސިއްހީ ފަރުވާ ފަދަ މުޖުތަމައުގެ ހެޔޮ ދުޅަހެޔޮކަމަށް އެހީތެރިވެދޭ ސިނާއަތްތަކަށް އިންވެސްޓްކޮށްގެން އިސްލާމިކް ފައިނޭންސް އިން އިޖުތިމާއީ ޒިންމާއަށް ހިތްވަރުދެއެވެ. ޓްރާންސްޕޭރެންޓް އުސޫލުން އަޚްލާޤީ މާލީ ހައްލުތައް ހޯދާ މުސްލިމުންނާއި ޣައިރު މުސްލިމުންނަށް ވެސް މި މިޒާމު ކަމުދެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%