އަލިފާނުގެ ހާދިސާއާ ގުޅިގެން ރެހެންދި އެވޯޑް ހަފްލާ ފަސްކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 408 ދުވަސް ކުރިން - 12 ޑިސެންބަރު 2024 00:22
ފޮޓޯ: ޚުލާސާ
ފޮޓޯ: ޚުލާސާ
ޚުލާސާ

އަލިފާނުގެ ހާދިސާއާއި ގުޅިގެން 10 ވަނަ ރެހެންދި އެވޯޑް ހަފްލާ ވަނީ ފަސްކުރެވިފައި. ދަޢުވަތު އެރުވިފައިވާ ފަރާތްތަކަށް ހަފްލާ ބޭއްވޭނެ އައު ތާރީޚެއް ފަހުން އަންގާނެ.

ހައުސިންގ މިނިސްޓްރީ ހުންނަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 10 ވަނަ ރެހެންދި އެވޯޑް ހަފްލާ ފަސްކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

މިނިސްޓްރީން ބުނީ ހަފްލާއަށް ދަޢުވަތު އެރުވިފައިވާ ފަރާތްތަކަށް ހަފްލާ ބޭއްވޭނެ އައު ތާރީޚެއް ފަހުން އަންގާނެއެވެ.

ހެނދުނު 6:25 ހާއިރު ރޯވި އިމާރާތަކީ ދައުލަތުގެ ތިން ވުޒާރާއެއް ހިންގަމުން އަންނަ އިމާރާތެކެވެ. ހައުސިންގ މިނިސްޓްރީގެ އިތުރުން، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަންމަންޓް މިނިސްޓްރީވެސް ހިންގަމުން އަންނަނީ މި އިމާރާތުގައެވެ. އަލިފާނުގެ ހާދިސާގައި އިމާރާތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބި، އަނދައި ހުލިވެފައިވާއިރު، އެ ސަރަހައްދަށް އެ ވަގުތު ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާކަން ފާހަގަކުރެވެއެވެ.

މި ހާދިސާއާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ އިތުރު ތަޙްޤީޤުތައް ކުރަމުންނެވެ. އަދި ހާދިސާގެ ސަބަބުން ސަރުކާރުގެ މުހިންމު ލިޔެކިޔުންތަކަށް ލިބުނު ގެއްލުމުގެ މިންވަރު ދެނެގަތުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވަނީ އަންގާފައެވެ. 

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%