ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ރާއްޖެއިން "ގުލޯބަލް ޖަޔަންޓުން" ފަހަތަށް ޖައްސާލައިފި!

ހައްވާ މިރުފާ | 3 ދުވަސް ކުރިން - 22 ޖެނުއަރީ 2026 10:24
ރާއްޖެއަށް މިދިޔަ އަހަރު ޒިޔާރަތްކުރި 2 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާކިޔުން---ފޮޓޯ:ވިޒިޓް މޯލްޑިވްސް
ރާއްޖެއަށް މިދިޔަ އަހަރު ޒިޔާރަތްކުރި 2 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާކިޔުން---ފޮޓޯ:ވިޒިޓް މޯލްޑިވްސް
ޚުލާސާ

މިއަހަރުގެ ގުލޯބަލް ރޭންކިންގައި ރާއްޖެވަނީ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ މައި ހަބުތައް ފަހަތަށް ޖައްސާފަ

ޓްރިޕް އެޑްވައިޒާ ޓްރެވަލާސް ޗޮއިސް ބެސްޓް އޮފް ދަ ބެސްޓް 2026 އެވޯޑުގެ ޝަރަފު ރާއްޖެއިން ހޯދައިފި އެވެ. ޓްރިޕް އެޑްވައިޒާ ޓްރެވަލާސް ޗޮއިސް ބެސްޓް އޮފް ދަ ބެސްޓް އެވޯޑަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ އެވޯޑެކެވެ.

މި ޝަރަފުވެރި އެވޯޑަކީ ޓްރިޕްއެޑްވައިޒާގެ އަށް މިލިއަން ލިސްޓިންގެ ތެރެއިން އެންމެ މަތީ %1 މަންޒިލަށް ހާއްސަކޮށްފައިވާ އެވޯޑެކެވެ. މި ރޭންކިން ކަނޑައަޅަނީ 12 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ދަތުރުކުރާ މީހުންގެ ރިވިއުތަކުގެ ކޮލިޓީ އާއި ވޮލިއުމްގެ މައްޗަށެވެ. މި ރޭންކިންތައް ކަނޑައަޅާފައިވަނީ މެދުކެނޑުމެއްނެތި ފެންވަރު ރަނގަޅު ހިދުމަތް ފަތުރުވެރިންނަށް ފޯރުކޮށްދީފައިވާ މަންޒިލްތަކަށެވެ.

މިއަހަރުގެ ރޭންކިންގައި ރާއްޖެއިން ވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ބޮޑެތި ހަބްތަކުގެ މައްޗަށް ކުރިއެރުން ހޯދާފަ އެވެ. އެގޮތުން ރާއްޖެއިން ވަނީ ދެކުނު ކޮރެއާގެ ސޯލް، އަބޫދާބީ، ޔޫއޭއީ، ބުޑަޕެސްޓް، ހަންގޭރީ ފަދަ ގައުމުތަކަށްވުރެ މަތީ ރޭންކިން އެއް ހޯދާފަ އެވެ.

ރާއްޖެއިން ވަނީ އޯވަރޯލް ޑެސްޓިނަޝަން ރޭންކިންގައި، ތިންވަނަ އަށް އެންމެ މަގުބޫލް ހަނީމޫނު ޑެސްޓިނަޝަންގެ މަގާމު ވެސް ހޯދާފަ އެވެ. މިއީ ވެރިފައިޑް ކަސްޓަމަރު ފީޑްއަށް ބިނާކޮށް ހޮވިގެންދާ މަގާމެކެވެ. މިއީ ފަތުރުވެރިންގެ ފީޑްބެކްގެ މައްޗަށް ބިނާކޮށް ލަގްޒަރީ އަދި ރޮމޭންސް އަށް އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އޮތްކަން ރަމްޒުކޮށްދޭ އެވޯޑެކެވެ.

އޭގެ އިތުރުން ކޮންޑޭ ނާސްޓް ޓްރެވަލާ އެވޯޑާއި މިޝެލިން ކީ އެވޯޑްސްގެ އިތުރުން ރާއްޖެއަށް ވަނީ ގިނަ އެވޯޑްތަކެއް ލިބިފަ އެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ރާއްޖެއިން ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސް ގްރޭންޑް ފައިނަލް ގާލާ ހަފްލާގައި ވިދިވިދިގެން ހަ ވަނަ ފަހަރަށް ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން 2025 ގެ މަގާމު ދިފާއުކޮށް، ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަން 2025 އެވޯޑް ވެސް ވިދިވިދިގެން ދެވަނަ ފަހަރަށް ހޯދާފަ އެވެ. މި ކާމިޔާބީތަކުގެ ސަބަބުން ރާއްޖެއަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ކުރިއަރާފައިވާ އެއް މަންޒިލެއްގެ ގޮތުގައި ފާހަގަކޮށްލެވެ އެވެ.
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%