ދިވެހިރާއްޖޭގައި ކަނޑުގެ އޮއިން ކަރަންޓު އުފެއްދުމަށް އިންވެސްޓަރުންނަށް ފުރުސަތު އެބައޮތް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އދ. ގެ ބައްދަލުވުމެއްގެ ތެރެއިން ބޭއްވުނު ސައިޑް އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިި މަޝްރޫޢުގައި އިންވެސްޓް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، ރާއްޖެގައި އިންވެސްޓު ކުރުމަކީ ފައިދާވާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ދެމެހެއްޓެނިވި ހަކަތަ އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ ޤައުމުތަކަށް ގޮވާލެއްވީ އާ ގޮތްތައް ހޯދައި، ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް މަސައްކަތް ކުރުމަށެވެ.
ރައީސުލް ޖުމްހޫރިއްޔާ ވަނީ އދގެ އެކި ބައްދަލުވުންތަކުގައި ތިމާވެށްޓަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާފައެވެ.
ރައީސް ވަނީ ޖައްވަށް ދޫވާ ކާބަންގެ މިންވަރު މަދުކުރަން ސަރުކާރާއި ޕްރައިވެޓް ސެކްޓަރ ގުޅިގެން މަސައްކަތް ކުރަންޖެހޭނެ ކަމަށާއި،. އެ އަމާޒު ހާސިލުކުރުމަށް ރާއްޖެއިން ކެނޑިނޭޅި މަސައްކަތް ކުރުމުގެ ގޮތުން އެކި ކަންތައްތައް ރާވާފައިވާ ކަމަށެވެ..
ރައީސް ވަނީ ސްޕެޝަލް އިކޮނޮމިކް ޒޯންސް އެކްޓްގެ ދަށުން ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އޭގެ ތެރޭގައި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް އިންވެސްޓް ކުރުމުގެ މަޝްރޫއުތައްވެސް ހިމެނޭ ކަމަށް ވިދާޅުވެފަ އެވެ.









