Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބިދޭސީންގެ ކޯޓާ ފީގެ ގޮތުގައި ލިބުނު އާމްދަނީ ދެގުނަ އިތުރުވެއްޖެ

ބިދޭސީންގެ ކޯޓާ ފީގެ ގޮތުގައި ލިބުނު އާމްދަނީ ދެގުނަ އިތުރުވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
618 ދުވަސް ކުރިން - 21 ސެޕްޓެންބަރު 2024 21:00
ފޮޓޯ: ހުލާސާ
ފޮޓޯ: ހުލާސާ
ޚުލާސާ

މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ކޯޓާ ފީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 232 މިލިއަން ރުފިޔާ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 104 މިލިއަން ރުފިޔާއާ އަޅާބަލާއިރު 123 އިންސައްތައިގެ އިތުރުވުމެއް

ސަރުކާރުން އަޅަމުންދާ ތަންފީޒީ ފިޔަވަޅުތަކާއެކު، ބިދޭސީންގެ ކޯޓާ ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ މިއަހަރުގެ މިހާތަނަށް ދެގުނަ އިތުރުވެއްޖެއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނެރެފައިވާ މިދިޔަ މަހުގެ އާމްދަނީ ރިޕޯޓުގައެވެ.

ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ކޯޓާ ފީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 232 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 104 މިލިއަން ރުފިޔާއާ އަޅާބަލާއިރު 123 އިންސައްތައިގެ އިތުރުވުމެކެވެ.

އޮގަސްޓް މަހަށް އެކަނި ބަލާއިރު، މިއަހަރު ލިބިފައިވަނީ 36 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 33.7 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ލިބިފައިވަނީ 27 މިލިއަން ރުފިޔާއެވެ.

Advertisement

Advertisement

ފޮޓޯ: ޚުލާސާ

ބިދޭސީންގެ ކޯޓާ ފީ ދައްކަނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މީރާއަށެވެ. ސަރުކާރުން މިހާރު ދަނީ ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ އެއްލައްކަ ރުފިޔާއަށްވުރެ މަތިވެފައިވާ ފަރާތްތަކުން، ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ބާރުއަޅަމުންނެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި، ރާއްޖޭގައި ބިދޭސީންނަށް ވަޒީފާ ދޭ 50,000 އަށްވުރެ ގިނަ ފަރާތްތަކުގެ ތެރެއިން 90 އިންސައްތަ ނުވަތަ 45,000 އަށްވުރެ ގިނަ ފަރާތްތަކުން ޤަވާއިދުން ފީ ނުދައްކައެވެ.

މި އިތުރުވުން އައިސްފައިވަނީ ސަރުކާރުން އަޅަމުންދާ ތަންފީޒީ ފިޔަވަޅުތަކާ ގުޅިގެންކށް ލަފާކުރެވެއެވެ. މިކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުވެ، ޤާނޫނާ ޚިލާފަށް ބިދޭސީން ގެންގުޅޭ މިންވަރު މަދުވާނެކަމަށް އުންމީދު ކުރެވެއެވެ.

އިމިގްރޭޝަންމީރާ

ގުޅޭ ޚަބަރުތައް

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

1 ގަޑިއިރު ކުރިން - 09:50

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

11 ގަޑިއިރު ކުރިން - 23:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

14 ގަޑިއިރު ކުރިން - 20:41

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

21 ގަޑިއިރު ކުރިން - 13:39

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

22 ގަޑިއިރު ކުރިން - 12:41

ސިގިރެޓާ ގުޅިގެން ސަރުކާރުން ޔޫޓާނެއް ނުނަގާ

ސަރުކާރުން ޔޫޓާނެއް ނުނަގާ

23 ގަޑިއިރު ކުރިން - 11:51

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%