ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން ކަމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ޝިމާދު އިބްރާހީމް އައްޔަން ކުރައްވައިިފިއެވެ.
ފެނަކަ ކޯފަރޭޝަންގެ ޗެއާމަން ކަމަށް ޝިމާދު އައްޔަންކުރެއްވީ އެމަޤާމުގައި ކުރިން ހުންނެވި އަހުމަދު ޝަހީރާއި އެ ކުންފުނީގެ ބޯޑުގެ އިތުރު ދެ މެންބަރަކު މަގާމުން ވަކިކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައިކަން ފާހަގަ ކުރެވެއެވެ.
ފެނަކައިގެ ޗެއާމަންގެ މަގާމާއި ޝިމާދު ޙަވާލުވެވަޑައިގެންނެވިއިރު، ޝަހީރު އަށް އެމަޤާމުގައި ހޭދަކުރެވުނީ މަދު މަސްތަކެކެވެ. ޝަހީރު އަށް ފެނަކައިގެ ޗެއާމަންކަމުގެ މަޤާމް ދިނީ މިދިޔަ ފެބްރުއަރީ މަހު އެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވައިފަ އެވެ.










