ޣައްޒާގައި ރޭ ފަތިހުގެ ކުރިން 40 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު އދ ގެ މަރުކަޒަކަށް ޙަމަލާދީ އެތަނުގެ މުވައްޒަކުވެސް މަރައިލި.
555 ދުވަސް ކުރިން - 10:23
އިންޓެރިމް ރެޕިޑް ޑެމެޖް އެންޑް ނީޑްސް އެސެސްމެންޓް (އައިއާރްޑީއެންއޭ) ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ޣައްޒާ އަލުން އާރާސްތު ކުރުމަށް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 53.2 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ.
584 ދުވަސް ކުރިން - 17:16
ހަމަނުޖެހުންތައް ހިނގާފައި ވަނީ އީރާނުގެ މަތިންދާ ބޯޓެއް ލުބުނާނުގައި ޖެއްސުމުގެ ހުއްދަ ނުދިނުމުން.
587 ދުވަސް ކުރިން - 11:33
އދ. ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލާއި އަދި އުންރުވާ އާއި އެމެރިކާއިން ގުޅުން ކަނޑާލާއިރު، 2022 ވަނަ އަހަރު އެމެރިކާއިން އުންރުވާ އަށް 344 މިލިއަން ޑޮލަރު ޚަރަދު ކޮށްފައިވޭ.
599 ދުވަސް ކުރިން - 17:28
13000 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުވިއިރު، މަދުވެގެން 25,000 ކުޑަކުދިން ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި.
607 ދުވަސް ކުރިން - 13:23
ޑިސެންބަރު މަހު 11 މީހުން ހިފެހެއްޓިއިރު، މިފަހަރު ހިފެހެއްޓީ 7 މުވައްޒަފުން. އެމެރިކާ އެމްބަސީގެ 20 މުވައްޒަފުން ވެސް ހޫޘީން ވަނީ ހިފަހައްޓާފަ. ހޫޡީން ކޮންޓުރޯލްކުރާ ސަރަޙައްދުތަކުގައި އދ.އިން ފޯރުކޮށްދެމުންދިޔަ އެހީތައް މިހާރުވަނީ ހުއްޓާލާފަ.
609 ދުވަސް ކުރިން - 13:04
މި ރިޕޯޓުގެ ހޯދުންތަކުން އެނގެނީ ބައިނަލްއަޤްވާމީ އިންސާނީ އަދި އިންސާނީ ހައްޤުތަކާ ބެހޭ ޤާނޫނުތަކަށް އެއްވެސް ފަރުވާލެއް ނުބަހައްޓާކަމަށް އދގެ އިންސާނީ ހައްޤުތަކާ ބެހޭ ހައި ކޮމިޝަނަރު ވަލްކަރ ތުރުކު ވިދާޅުވި.
633 ދުވަސް ކުރިން - 15:35
ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު އެގައުމުން ފިލައިގެން ދިއުމާ ގުޅިގެން، އދ. ގެ ސަލާމަތީ ކައުންސިލުގައި މަޝްވަރާކުރުމަށް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިއްޖެ ހަނގުރާމަވެރިން ވަނީ ވެރިރަށް އަތުލައިގަނެ، އަސަދުގެ ވެރިކަން ނިމުމަކަށް ގެނެސްފަ. ރަޝިޔާއިން ވަނީ އަސަދާއި އޭނާގެ އާއިލާއަށް ހިމާޔަތް ދީފަ
656 ދުވަސް ކުރިން - 11:51
އޮސްޓްރޭލިއާ އާއެކު 156 ޤައުމަކުން ވޯޓު ދިނީ ފަލަސްޠީނުގައި ހިފާފައިވާ ސަރަޙައްދު ތަކުގައި އިސްރާއީލުން ވަޒަންވެރިވުމާއި ދެކޮޅަށް. އޮސްޓްރޭލިއާއިން ޢާންމުކޮށް މިފަދަ ކަންކަމުގައި އިސްރާއީލާއި ދެކޮޅަށް ވޯޓެއް ނުދޭ.
661 ދުވަސް ކުރިން - 12:50
ހަނގުރާމަ ހުއްޓާލުމަށް އދ. ސަލާމަތީ މަޖިލީހުގައި 14 މެންބަރުން ގަރާރަށް ތާއީދުކުރުމުންވެސް އެމެރިކާގެ ވީޓޯއާއެކު ގަރާރު ބޭކާރުވެއްޖެ. މި ގަރާރަކީ ސަލާމަތީ މަޖިލީހުގެ އިންތިޚާބީ މެންބަރުންގެ ގޮތުގައި ހިމެނޭ 9 ޤައުމަކުން ހުށަހެޅި ގަރާރެއް.
674 ދުވަސް ކުރިން - 08:07
އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓުވުމަށް 52 ޤައުމަކާއި ދެ ޖަމްޢިއްޔާއަކުން ސޮއިކޮށް، އދ. އަށް ސިޓީއެއް ހުށަހަޅާފައިވާއިރު ސޮއިކުރި ޤައުމުތަކުގެ ތެރޭގައި ރަޝިއާ، ތުރުކީ އަދި ޗައިނާ އާއި ސައޫދީ އަރަބިއްޔާވެސް ހިމެނޭ.
691 ދުވަސް ކުރިން - 07:53
އދގެ ހިއުމަން ރައިޓްސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ، އިސްރާއީލުގެ މި ނިންމުމުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކާބޯތަކެއްޗާއި ތަޢުލީމާއި ޞިއްޙީ ޚިދުމަތްތަކުގެ އިތުރުން އެހެނިހެން ޒަރޫރީ ބޭނުންތައް ފުއްދައިދިނުން އެއްކޮށް ހުއްޓިގެންދާނެ ކަމަށް.
695 ދުވަސް ކުރިން - 10:24