Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓުވުމަށް 54 ފަރާތަކުން އދ. އަށް ގޮވާލައިފި

އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓުވުމަށް 54 ފަރާތަކުން އދ. އަށް ގޮވާލައިފި

ޖަވާދު
665 ދުވަސް ކުރިން - 4 ނޮވެންބަރު 2024 07:53
އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ / ފައިލްފޮޓޯ
އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ / ފައިލްފޮޓޯ
ޚުލާސާ

އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓުވުމަށް 52 ޤައުމަކާއި ދެ ޖަމްޢިއްޔާއަކުން ސޮއިކޮށް، އދ. އަށް ސިޓީއެއް ހުށަހަޅާފައިވާއިރު ސޮއިކުރި ޤައުމުތަކުގެ ތެރޭގައި ރަޝިއާ، ތުރުކީ އަދި ޗައިނާ އާއި ސައޫދީ އަރަބިއްޔާވެސް ހިމެނޭ.

އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓުވައިދިނުމަށް އެދި 52 ޤައުމަކާއި ދެ ޖަމްޢިއްޔާއަކުން ސޮއިކޮށް، އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އދ.) އަށް ސިޓީއެއް ހުށަހަޅާފައިވާ ކަމަށް ތުރުކިއޭގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު ހާކަން ފިދާން ވިދާޅުވި ގޮތުގައި މި ސިޓީ މިމަހުގެ 1 ވަނަ ދުވަހު ވަނީ އދ. އަށް ހުށަހަޅާފައެވެ. ޖިބޫޓީގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ފިދާން ވިދާޅުވީ އިޒްރޭލަށް ހަތިޔާރު ވިއްކުމަކީ އެ ޤައުމުގެ ޖަރީމާތަކުގައި ބައިވެރިވުން ކަމަށާއި، މިކަން ކޮންމެ ފުރުޞަތެއްގައިވެސް ފާހަގަކުރަން ޖެހޭނެ ކަމަށެވެ.

މި ސިޓީގައި ސޮއިކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާ، ބްރެޒިލް، އަލްޖީރިއާ، ޗައިނާ، އީރާން އަދި ރަޝިއާ ހިމެނެއެވެ. މީގެ އިތުރުން އަރަބި ލީގާއި އިސްލާމިކް ކޯޕަރޭޝަން ޖަމްޢިއްޔާއިން ވެސް ވަނީ ސޮއިކޮށްފައެވެ.

Advertisement

Advertisement 1

ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އެރްދޮޣާން ވެސް ވަނީ މިދިޔަ މަހު އދ. ގައި އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓުވުމަށް ގޮވާލައްވާފައެވެ. މިއީ އިޒްރޭލުގެ ޖަރީމާތައް ހުއްޓުވުމަށް ނަތީޖާ ނެރެވިދާނެ ގޮތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭގޮތުން އދ. އިން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް، މިފަދަ ފުޅާ ދާއިރާއެއްގައި ބައިނަލްއަޤްވާމީ އެއްބާރުލުން ލިބުމަކީ އިޒްރޭލުގެ ޢަމަލުތަކާ ދެކޮޅަށް އަޑުއުފުލުމުގެ މުހިންމު ފިޔަވަޅެއް ކަމަށް މި ޤައުމުަކުން ބުނާއިރު، އިޒްރޭލަށް ހުޅަނގުން ދަނީ އެހީއާއި މަދަދު ފޯރުވަމުންނެވެ.

އިޒްރޭލުގެ އަސްކަރީ ހަތިޔާރުގައި އެތައް ހާސް ހަތިޔާރެއް ހިމެނޭއިރު، އެ ހަތިޔާރުތަކަށް ބާރު ލިބިފައިވަނީ ބައިނަލްއަގްވާމީ ބޮޑެތި އެހީތަކުންނެވެ. އެމެރިކާއަކީ އެންމެ ބޮޑު އެއްބާރުލުމެއް ދޭ ގައުމެވެ. އަހަރަކު ބިލިއަން ޑޮލަރުގެ އަސްކަރީ އެހީތެރިކަން އެމެރިކާއިން އިސްރާއީލަށް ފޯރުކޮށްދެއެވެ. 

އިސްރާއީލަށް އެމެރިކާއާއި ހުޅަނގުގެ ޚާއްޞަކޮށް ނޭޓޯގެ ޤައުމުތަކުން ލިބޭ އެހީގެ ތެރޭގައި ޒަމާނީ ފަޔަރ ޖެޓްތަކާއި މިސައިލް ޑިފެންސް ސިސްޓަމްތަކާއި ޕްރެސިޝަން ހަތިޔާރުތަކާއި ފައިސާ ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޖަރުމަނުން ސަބްމެރިންތަކާއި ކަނޑުގެ ސިފައިންގެ އެހެން އެސެޓްތައް ފޯރުކޮށްދޭއިރު، ފްރާންސާއި އިނގިރޭސިވިލާތް ފަދަ ޤައުމުތަކުން އިތުރު ސާމާނާއި ޖާސޫސީ އެހީތެރިކަން ފޯރުކޮށްދެ އެވެ. މި ޕާޓްނަޝިޕްތަކުގެ ސަބަބުން އިސްރާއީލުގެ ދިފާއީ ޤާބިލްކަން ވަނީ އިތުރުވެފައެވެ.

އިސްރާއީލްއދމެދުއިރުމަތި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

1 ދުވަސް ކުރިން - 11:13

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

9 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

9 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

12 ދުވަސް ކުރިން - 19:36

ހަމާސް ކުރިމަތީ އިޒުރޭލު ސަރުކާރުން ކުޑަކަކޫ ޖަހައިފި: އިޒުރޭލު މީޑިއާ

ހަމާސް ކުރިމަތީ އިޒުރޭލު ސަރުކާރުން ކުޑަކަކޫ ޖަހައިފި: އިޒުރޭލު މީޑިއާ

25 ދުވަސް ކުރިން - 23:25

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

31 ދުވަސް ކުރިން - 14:29