ސެކިއުރިޓީ ކައުންސިލްގެ ރާއްޖޭގެ ފުރަތަމަ ޚިޠާބުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ އެމެރިކާ، ޗައިނާ، ފްރާންސް އަދި ރަޝިއާ އާއި އިނގިރޭސީވިލާތަށް ލިބިފައިވާ ބާރުތައް އުވާލުމަށް ގޮވާލައްވާފަ. އެމަނިކުފާނު ސާބިތުކަމާއެކު ދެއްކެވީ އިންސާނިއްޔަތުކަން. ސާބިތުކަމާއެކު ކެރިވަޑައިގެން ދެއްކެވީ އިންސާފު. އިއްވައިދެއްވީ އަނިޔާ ލިބެމުންދާ ކުށެއް ނެތް ހުރިހާ އެންމެންގެ އިހުސާސް.
778 ދުވަސް ކުރިން - 09:28
އދ. ގެ އާންމު މަޖިލީހުގައި އެމަނިކުފާނު ވިދާޅުވީ ދިވެހީންގެ ރަށްތައް ދިވެހީން ހިމާޔަތް ކުރާނެ ކަމަށާއި އެއްވެސް ދިވެއްސެއް އަމިއްލަ ރަށް ދޫކޮށްފައި އެހެން ރަށަކަށް ބަދަލުވާން ނޭދޭކަމަށް. ކަނޑުގެ ލޮނުގަނޑު އުފުމުގެ ސަބަބުން ކުރިމަތިމާ ނޭދެވޭ އަސަރުތަކާއި ގުޅޭ ގޮތުން އެމަނިކުފާނު ވަނީ 3 ކަމެއް ފާހަގަކުރައްވާފަ.
778 ދުވަސް ކުރިން - 03:20