Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަހަށް ނަގާ ޓެރިފް އުނިކުރުމަށް އީޔޫގައި ރައީސް އެދިވަޑައިގެންފި

މަހަށް ނަގާ ޓެރިފް އުނިކުރުމަށް އީޔޫގައި ރައީސް އެދިވަޑައިގެންފި

އުސްތާޛް އަލީ އާދަމް
670 ދުވަސް ކުރިން - 24 ސެޕްޓެންބަރު 2024 09:42
ރައީސުލް ޖުމްހޫރިޔާ ޑރ މުޙައްމަދު މުުޢިއްޒު ޔޫރަޕިއަން ކޮމިޝަންގެ ރައީސް، އުރްސަލާ ވޮންޑެލެޔެންއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސުލް ޖުމްހޫރިޔާ ޑރ މުޙައްމަދު މުުޢިއްޒު ޔޫރަޕިއަން ކޮމިޝަންގެ ރައީސް، އުރްސަލާ ވޮންޑެލެޔެންއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
ޚުލާސާ

ރައީސް ޑރ.މުހައްމަދު މުއިއްޒު ގޮވާލެއްވީ ޔޫރަޕިއަން ޔޫނިއަންއަށް މަސް އެކްސްޕޯޓް ކުރުމުން ނަގާ %24 ޓެރިފް އުނިކުރުމަށް. ޔޫރަޕިއަން ކޮމިޝަނުން ވަނީ އެ މައްސަލަ މުރާޖައާ ކުރާނެ ކަމަށް ވައުދުވެ ރާއްޖޭގެ މާކެޓް ޔޫރަޕަށް ފުޅާކުރާނެ ގޮތްތަކާމެދު ވިސްނަވާފަ

ދިވެހި ކަނޑުމަހަށް ހަމަ އަގު ހޯދުމުގެ މަގުސަދުގައި، ދިވެހިރާއްޖެއިން ޔޫރަޕްގެ ގައުމުތަކަށް އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް އުނިކުރުމަށް ޔޫރަޕިއަން ޔޫނިއަންގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ އދ.ގެ 79 ވަނަ އާންމު މަޖިލީހުގެ އެއްފަރާތުގައި ބޭއްވި މަތީ ފެންވަރުގެ ބައްދަލުވުމެއްގައި ޖަރުމަނުގެ  އުރްސަލާ ވޮންޑެލެޔެންއާއި ބައްދަލުކުރައްވައި ދެއްކެވި މަޝްވަރާ ވާހަކަތުގައެވެ. އެކަމަނާއަކީ ޔޫރަޕިއަން ޔޫނިއަންގެ ރައީސެވެ.

މި މަޝްވަރާތަކުގައި ރާއްޖެއަށް އަސަރުކުރާ އިގްތިސާދީ މުހިންމު މައްސަލަތަކަށް އަލިއަޅުވާލާފައިވާއިރު، ޔޫރަޕިއަން ޔޫނިއަންއަށް ދިވެހި މަސް އެކްސްޕޯޓްކުރުމަށް މިހާރު ނަގާ %24 ޓެރިފް އަކީ ވަރަށް ބޮޑު ޢަދަދެއް ކަމަށާއި، މި ޓެރިފް މުޅިން މަޢާފްކޮށް، ޓެރިފްގެ ސަބަބުން ޔޫރަޕްގެ ބާޒާރުގައި ދިވެހި މަހުގެ އުފެއްދުންތަކުގެ ވާދަވެރިކަމަށް އެޅިފައިވާ ހުރަސް ނައްތާލުމަކީ ރާއްޖޭގެ އިގްތިސާދަށް މުހިންމު ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. 

ރައީސް މުޢިއްޒު ވަނީ އެ ޓެރިފްގެ ސަބަބުން ރާއްޖެއަށް ކުރާ އިޤްތިޞާދީ ބުރަކަމަށް އަލިއަޅުވާލައްވައި، އެ ޓެރިފް އަލުން ރިވައިސް ކުރުމަށް ޔޫރަޕިއަން ކޮމިޝަނަށް އިލްތިމާސް ކުރައްވާފައެވެ.

Advertisement

Advertisement 1

ޖަވާބުގައި ރައީސް އުރްސުލާ ވަނީ ޔޫރަޕިއަން ޔޫނިއަނުން އެކަން މުރާޖައާ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން ، ވިޔަފާރީގެ ގުޅުންތައް ދެމެހެއްޓުމަށް އީޔޫއިން ރާއްޖެއާއެކު ޔޫރަޕްގެ ބާޒާރުގައި ރާއްޖޭގެ އިގްތިސާދީ މަގާމު އިތުރުވާނެ ހައްލުތައް ހޯދުމަށް އެކަމަނާ ޝައުގުވެރިކަން ފާޅުކުރެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއދޔޫރަޕިއަން ޔޫނިއަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

14 ގަޑިއިރު ކުރިން - 20:04

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

2 ދުވަސް ކުރިން - 17:24

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

3 ދުވަސް ކުރިން - 10:08

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޑޮމިނިކަން ރިޕަބްލިކްގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްމްހޫރިއްޔާ އަށް އަރުވައިފި

3 ދުވަސް ކުރިން - 15:22

ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ކިއުބާ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

3 ދުވަސް ކުރިން - 15:12

ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޤަޠަރުގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

3 ދުވަސް ކުރިން - 15:04