Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގައުމު ކުޑަޔަސް، ދުނިޔޭގެ ފެންވަރުގައި ދިވެހީންގެ އަޑު މަޑު ނޫންކަން ރައީސް ސާބިތުކޮށްދެއްވައިފި: އަބްދުއްރަހީމް

ގައުމު ކުޑަޔަސް، ދުނިޔޭގެ ފެންވަރުގައި ދިވެހީންގެ އަޑު މަޑު ނޫންކަން ރައީސް ސާބިތުކޮށްދެއްވައިފި: އަބްދުއްރަހީމް

އައިޝަތު ރުވާ ރިފްޢަތު
703 ދުވަސް ކުރިން - 25 ސެޕްޓެންބަރު 2024 17:07
ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއް ރަހީމް ފާހަގަކުރެއްވި ގޮތުގައި، ރޭ އދގެ 79 ވަނަ އާންމު މަޖިލީހުގެ ބަހުސްގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ނިސްބަތުން ގައުމު ކުޑަވެފައި މީސްކޮޅު މަދު ނަމަވެސް ދުނިޔޭގެ ފެންވަރުގައި ދިވެހީންގެ އަޑު މަޑުނޫންކަން ދުނިޔޭގެ އެންމެ އުސް ސްޓޭޖުގައި ހުންނަވައިގެން ސާބިތުކޮށްދެއްވައިފި

ގައުމު ކުޑަޔަސް، ދުނިޔޭގެ ފެންވަރުގައި ދިވެހީންގެ އަޑު މަޑު ނޫންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސާބިތުކޮށްދެއްވާފިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއް ރަހީމް ފާހަގަކުރެއްވި ގޮތުގައި، ރޭ އދ.ގެ 79 ވަނަ އާންމު މަޖިލީހުގެ ބަހުސްގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ނިސްބަތުން ގައުމު ކުޑަވެފައި މީސްކޮޅު މަދު ނަމަވެސް ދުނިޔޭގެ ފެންވަރުގައި ދިވެހީންގެ އަޑު މަޑުނޫންކަން ދުނިޔޭގެ އެންމެ އުސް ސްޓޭޖުގައި ހުންނަވައިގެން ސާބިތުކޮށްދެއްވާފި ކަމަށެވެ.

"ރައީސްގެ ހަރުދަނާ ސިޔާސަތާ މާދަމާއަށް ކުރައްވާ އުންމީދާއި ދުނިޔެ މިއަދު ކުރިމަތިލާންޖެހިފައިވާ ބޮޑެތި މައްސަލަތަކަށް އަލި އަޅުވާލެއްވީ ހުއްޖަތާއި ދަލީލުތައް ދައްކަވާ ދިވެހީން ފަޚުރުވެރިކުރުވަމުން. ތަހުނިޔާ ރައީސް،" އަބްދުއް ރަހީމް ވިދާޅުވިއެވެ.

Advertisement

Advertisement 1

ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި 2040 އަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަކީ އަމާޒެއް ކަމަށާއި، އެކަން ހާސިލް ކުރެވިދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި 2030 ގެ ނިޔަލަށް ރާއްޖޭގެ ޖީޑީޕީގެ 15% ހިއްސާކުރާނީ ޑިޖިޓަލް އިޤްތިޞާދު ކަމަށްވެސް ވިދާޅުވިއެވެ.

މިހާރު އެމެރިކާގެ ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒު ވަނީ އދ.ގެ 79 ވަނަ އާންމު މަޖިލީހުގެ ބަހުސްގައި ބައިވެރިވެވަޑައިގެން ވަރަށް ގިނަ ކަންކަމަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. މި ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީއާއި ކުރިމަގަށް އަމާޒުކޮށް ގިނަ ވާހަކަތަކެއް ދައްކަވާފައިވާކަން ފާހަގަކުރެވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުމަޖިލިސް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއދ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

6 ގަޑިއިރު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

13 ގަޑިއިރު ކުރިން - 08:31

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

2 ދުވަސް ކުރިން - 14:25

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

2 ދުވަސް ކުރިން - 14:10

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37