ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އދ.ގެ މުހިއްމު ބައްދަލުވުމަށް އެމެރިކާގެ ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުުގެ ތެރެއިން އދ.ގެ ޢާންމު މަޖިލީހުގެ ތެރެއިން ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކޮށްފިއެވެ.
ސައޫދީ ސަރުކާރާއެކު ދީނީ ކަންކަމުން ފެށިގެން އިޤްތިޞާދީ ތަރައްޤީއާ ހަމައަށް ގިނަ މައްސަލަތަކެއްގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ދެގައުމުގެ ޒަމާންވީ އެކުވެރިކަމުގެ މުހިންމުކަން ފާހަގަކުރައްވައި، ޢިމާރާތް ކުރުމާއި އިންސާނީ އެހީއާއި، މާލީ އެހީތެރިކަން ހިމެނޭ ގޮތަށް އެތައް ދާއިރާއަކުން ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ދެއްވާފައިވާ އެހީތެރިކަމަށް ތައުރީފު ކުރައްވާފައެވެ.
މިބައްދަލުވުމުގައި ދިވެހިންނަށް ހައްޖުގެ އަޅުކަން އަދާކުރެވޭނެ ގޮތް ހެދުމުގައި ސައުދީ އަރަބިއްޔާގެ އެއްބާރުލުން މިހާރަށް ވުރެ އިތުރަށް ދިނުމަށް ވެސް ރައީސް ޑޮކްޓަރ މުޢިއްޒު އެދިވަޑައިގެންނެވި އެވެ.
ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސައުދު ވަނީ ރާއްޖެއަށް ހައްޖު ކޯޓާ އިތުރުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރަން ސައުދީ ސަރުކާރުން ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ދެފަރާތުގެ މަސްލަހަތު އޮންނަ އެހެން ދާއިރާތަކުން، ހާއްސަކޮށް އިގްތިސާދީ އެއްބާރުލުން އިތުރުކުރުމުގައި ރާއްޖެއަށް އެހީތެރިވުމަށް ސައުދީ އަރަބިއްޔާއިން ވައުދުވެފައިވާކަން ތަކުރާރު ކުރެއްވި އެވެ.
ސިޔާސީ އަދި ޑިޕްލޮމެޓިކް ގުޅުންތައް ހަރުދަނާކޮށް، ދެ ލީޑަރުން ބައްދަލުވުން ނިންމާލީ ސަރަހައްދީ އަދި ބައިނަލްއަގްވާމީ ހަމަޖެހުން ކުރިއެރުވުމަށް އެބޭފުޅުންގެ ހިއްސާވާ ވައުދުތަކަށް އަލިއަޅުވާލައްވަމުންނެވެ.









